ސެމްސަންގް އިލެކްޓްރޯނިކްސް ގެ ޗެއާރމަން ނިޔާވެއްޖެ

މަރިޔަމް ލީނާ 25 އޮކްޓޯބަރު 2020 13:48
Flowers
ސެމްސަންގް އިލެކްޓްރޯނިކްސްގެ ޗެއަރމަން ލީ ކުންހީ

ސެމްސަންގް އިލެކްޓްރޯނިކްސްގެ ޗެއަރމަން ލީ ކުންހީ އުމުރުން 78 އަހަރުގައި ނިޔާވެއްޖެއެވެ.

އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭނާ ނިޔާވީ މިއަދުގެ ވަގުތެއްގައި ކަމަށެވެ. ބައިނަލްއަޤްވާމީގޮތުން ވަރުގަދަ ކުންފުންޏަކަށް ސެމްސަންގް ބަދަލުކޮށްލުމުގެ މޭސްތިރިއަކީ ލީއެވެ. މިގޮތުން، ލީ ގެ ބެލުމުގެ ދަށުން އެ ކުންފުނި ވަނީ ދުނިޔޭގެ އެންމެ ބޮޑު ސްމާޓްފޯނު އުފައްދާ ކުންފުންޏަށް ވެފައެވެ. އަދި އެ ކުންފުނީގެ އާމްދަނީ އަކީ ދެކުނު ކޮރެއާގެ އުފެއްދުންތެރިކަމުގެ ފަސްބައިކުޅަ އެއްބައެެވެ.

2014 ވަނަ އަހަރު ޖެހުނު ހާޓްއެޓޭކަކަށްފަހު ލީ ވަނީ އެނދުމަތިވެފައެވެ. އޭނާ ނިޔާވި ގޮތުގެ މާބޮޑު ތަފްސީލެއް ސެމްސަންގް އިން ހާމަކޮށްފައިނުވެއެވެ. ލީ އަކީ ވަރަށް މީޑިއާ އާއިވެސް ބީރަށްޓެހި ބޭފުޅެކެވެ. ލީގެ އާއިލާ އަކީ ދެކުނު ކޮރެއާގެ އެންމެ މުއްސަނދި އަދި އެންމެ ބާރުގަދަ އެއް އާއިލާއެވެ. 

ކިޔުންތެރިންގެ ހިޔާލު