Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވިޔަފާރި

އިންޑިއާގައި ބުދަކަށް ޒިޔާރަތްކުރާ މީހުން ބޭނުން ކުރުމަށް މޯލްޑިވިއަންގެ ފްލައިޓެއް އިންޑިއާއަށް!

އިންޑިއާގެ އެތެރޭގެ ދަތުރުތަކުގައި ބޭނުން ކުރުމަށް އިންޑިއާގެ ސްޕައިސް ޖެޓުން މޯލްޑިވިއަންގެ ސީޕްލޭނެއް ކުއްޔަށް ހިފައިފިއެވެ.
މި މަތިންދާ ބޯޓު ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ސަބަރަމަތީ ރިވާފްރޮންޓުން އިންޑިއާގެ ކެވަޑިއާގެ ކޯރެއްގައި ހަދާފައި އޮންނަ ރަށެއްގައި ހުންނަ ބޮޑު ބުދަކަށް ޒިޔާރަތްކުރާ މީހުންގެ ބޭނުމަށެވެ. ސްޓެޓޫ އޮފް ޔުނިޓީ ގެ ނަމުން ނަން ދީފައިވާ މި ބުދަކީ ދުނިޔޭގެ އެންމެ ބޮޑު ބުދެވެ. އަދި މިބުދަކީ އިންޑިއާގެ މިނިވަންކަމަށް މަސައްކަތްކުރި ވައްލާބާއީ ޕަޓޭލްގެ ބުދެކެވެ.
އެތަނަށް ސީޕްލޭން ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ 31 އޮކްޓޯބަރުގައެވެ. އެއީ ޕަޓޭލް އުފަންވިދުވަހެވެ. ގުޖުރާތުގެ ސަރުކާރުން ވަނީ ސީޕްލޭން ދަތުރުތައް ކޮށްދިނުމަށް އިންޑިއާގެ ސްޕައިސްޖެޓާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އަދި ސްޕައިސް ޖެޓުން ވަނީ މޯލްޑިިވިއަންގް ސީޕްލޭނެއް ކުރޫ އިންނާއި އެކު ކުއްޔަށް ނަގާފައެވެ.
ކުލީގެ ގޮތުގައި މޯލްޑިވިއަންއަށް ލިބެނީ ކިހާވަރެއްކަން ސާފެއް ނޫނެވެ. އަދި އެކަމާއި ގުޅޭގޮތުން މޯލްޑިިވިއަންއިން މިހާތަނަށް އެއްވެސް މައުލޫމާތެއް ހާމަކޮށްފައިނުވެއެވެ.
މިއަދުގެ ވަގުތެއްގައި، ކުއްޔަށް ނެގި މަތިންދާބޯޓު ވަނީ އިންޑިއާއަށް ފުރާފައެވެ.
މި ލިއުމާއި ގުޅޭ