ކާފިއުގެ ފަހުން އުޅަނދު ދުއްވާ މީހާގެ އިތުރަށް އުޅަނދުގެ ވެރިފަރާތްވެސް ޖޫރިމަނާކުރަނީ

ޙުސައިން އަފްޝަން 24 އޮކްޓޯބަރު 2020 11:50
Flowers
ފުލުހުން މަގުތަކުގައި ހަރަކާތްތެރިވަނީ

ކޮރޯނާ ވައިރަސް ފެތުރުން މަދުކުރުމުގެ ގޮތުން ސަރުކާރުން އިއުލާނުކޮށްފައިވާ ކާފިއު ވަގުތަށް ފަހުގައި މާލެ ސަރަހައްދުގެ މަގުމަތީގައި އުޅަނދު ދުއްވާ ފަރާތްތައް ޖޫރިމަނާކުރުމުގެ އިތުރުން އުޅަނދުގެ ވެރި ފަރާތް ވަކިން ޖޫރިމަނާކުރާކަމުގެ ޝަކުވާ ފެންމަތިވެއްޖެއެވެ. 

"ދިޔަރެސް"އަށް އިތުބާރުހުރި ގޮތެއްގައި އެނގިފައިވާ ގޮތުން ކާފިއު ވަގުތުގައި މަގުމަތީ ހަރަކާތްތެރިވާ އުޅަނދު ހުއްޓުވައި ޖޫރިމަނާކުރުމަށްފަހު އެކަން އަންގަން ފޮނުވާ މެސެޖު އުޅަނދު ދުއްވަން ހުރި މީހާގެ އިތުރަށް އުޅަނދުގެ ވެރިފަރާތަށް ވަކިން ފޮނުވައެވެ. އަދި އުޅަނދު ދުއްވާ މީހާ ޖޫރިމަނާކުރުމާއެކު، އުޅަނދުގެ ވެރިފަރާތަކީ އުޅަނދު ދުއްވި މީހާ ކަމުގައިނުވާ ޙާލަތުގައި ދެ މީހުން ވަކިން، ކޮންމެ މީހަކު 1،000 ރުފިޔާގެ މަގުން ޖޫރިމަނާކުރެއެވެ. 

މިކަމާ ގުޅިގެން އުޅަނދުގެ ވެރިފަރާތް ޖޫރިމަނާކުރަނީ ކޮން އުސޫލެއްގެ ދަށުންތޯ އޮޅުންފިލުވަން ފުލުހުން އަރިހުގައި ސުވާލު ދަންނަވައިގެން މިހާތަނަށް އެ އިދާރާއިން އެއްވެސް ޖަވާބެއް ލިބިފައިނުވެއެވެ. އަދި އުޅަނދު ދުއްވާ ފަރާތުގެ އިތުރަށް އުޅަނދުގެ ވެރިފަރާތް ޖޫރިމަނާކުރެވޭ ގޮތަށް އުސޫލެއް އޮތްތޯ އޮޅުންފިިލުވަން ހެލްތު ޕްރޮޓެކްޝަން އެޖެންސީގައި ސުވާލުކުރުމުން އެ އިދާރާއިންވެސް މިހާތަނަށް އެ ސުވާލަށް ޖަވާބެއް ނުދެއެވެ. 

ކޮވިޑް-19 ބަލިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން އެޗްޕީއޭއިން ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ އެއްވެސް އުސޫލެއްގައި މިހާތަނަށް ކާފިއުއާ ޚިލާފުވާ ފަރާތްތައް ދުއްވާ އުޅަނދުގެ ވެރިފަރާތްތައް ޖޫރިމަނާވާނެ ކަމުގައި ބުނެފައިނުވެއެވެ. 

މިފަދައިން ޖޫރިމަނާކުރި އުޅަނދެއްގެ ވެރިފަރާތެއް "ދިޔަރެސް"އަށް މައުލޫމާތުދެމުން ބުނީ ކުރިން އެފަދައިން ޖޫރިމަނާވާ ކަން އެނގިފައިނުވާ ކަމަށެވެ. އަދި ގުޅާފައި އެހެން މީހަކު ކުރި ކަމަކާ ގުޅިގެން، ހަމައެކަނި އުޅަނދުގެ ވެރިފަރާތް ކަމުގައިވާތީ ޖޫރިމަނާ ކީއްވެތޯ ފުލުހުން ކުރެ ސުވާލުކުރި ކަމަށާއި، އަދި އެފަދައިން ޖޫރިމަނާކުރަނީ ކޮން އުޞޫލެއްގެ ދަށުންތޯވެސް ސުވާލުކުރި ކަމަށެވެ. ނަމަވެސް ފުލުހުން ކިބައިން އެކަށީގެންވާ ޖަވާބެއް ލިބިފައިނުވާ ކަމަށެވެ. 

ނަންނުޖެހުން ޝަރުޠުކުރައްވައި "ދިޔަރެސް" ނޫހަށް މައުލޫމާތުދެއްވި ޤާނޫނީ ވަކީލަކު ވިދާޅުވީ، ރައްޔިތުން ޖޫރިމަނާކޮށް ރައްޔިތުން އަތުން ފައިސާއެއް ދައުލަތަށް ނެގޭނީ ލިޔެވި ޢާންމުކުރެވިފައިވާ އުޞޫލެއް، ނުވަތަ ޤަވާޢިދެއް ނުވަތަ ޤާނޫނެއް އޮވެގެން ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު
އިންޑިއާ އައުޓް
އުޅަަނދުގެ ވެރިފަރާތް ދިރިއުޅޭތަނާ ކާރީގަ ދިރިއުޅޭ ބަޔަކުވެސް ޖޫރިމަނާ ކުރޭ އެރުން ލިބޭ ލާރިކޮޅު އިތުރުވާނެ
ތަމެންދޯ
ފަސްޓްލޭޑީއާ ބެހޭގޮތުން ފަތުރަނީ ދޮގުު ޚަބަރެއް، ފިޔަވަޅު އަޅާނަން ކަމަށް ފަސްޓް ލޭޑީގެ ވަކީލުން ބުނުން އެއީ މަމެން އުފާ ކުރާ ކަމެކޭ ފަސްޓް ލޭޑީގެ ވަކީލުން ފިޔަވަޅު އަޅާނެ ކަމަށް ބުނުން އެއިން މަމެންނަށް އެގިގެންދަނީ އެހެން ކަމެކޭ އެއިން އެގިގެންދަނީ އެބުނަނީ ތަމެން ކޮރަޕްޝަންގެ އުސޫލުން ކޮންމެ ކަމެއް ކުރި ނަމަވެސް އެވާހަކަ ނުދައްކާށޭ ފަސްޓްލޭޑީ ހިއްސާ އޮންނަ ކުންފުނި ހޯދާނީ ކިހިނެއްތޭ ރާއްޖޭގައި އިންޑިއާ ސިފައިން ތިބި އަދަދާއި އަދި އެމެންނަށް ދައުލަތުގެ ބަޖެޓުން ކުރާ ޚަރަދު ނޫސްވެރިން އެދުމުން ވެސް ލޭޑީ ގާގާ ނުދިނޭ އެމައުލޫމާތު ވެސް ދެން ތަމެން ފަސްޓް ލޭޑީން ދައުލަތުގެ ޚަޒާނާއިން ކުރާ ވައްކަން ކިހިނެއްތޭ ނޫސްވެރިން ހޯދާނީ ނޫސްވެރިން ލިޔާނީ ހީއަށް ބިނާ ކޮށްފައި ތަމެން ބުނި ދޯ ވެންޓިލޭޓަރުން ވައްކަން ނުކުރަމޭ ނުކުރޭތޭ ނޫން ކުރިން ދޯ ވައްކަން މަމެން ގަބޫލުކުރާނީ ފަސްޓް ލޭޑީ އަށް ހެދުން ފަހާދޭ އަންހެން މީހާ އަށް ކަޓެއް ދޭން ވެގެން ޖެއްސި ބޮޑު ކަޓެއް ކަމަށް ތިޔާއީ...
ނެތީމޭ
ފުރަތަމަ ކަމަކީ ފަސްޓް ލޭޑީ މާލެ ސިޓީ ކައުންސިލުން ކުރަމުން އަންނަ ކަމެއްގެ ތެރެއަށް ބޭނިވަޑައިގަންނަން ޖެހޭ އެއްވެސް ސަބަބެއް މަމެންނަށް ނޭގެއޭ ރައީސް ޔާމީންގެ ވެރިކަން ވެސް ގޯހުން ގޯހަށް ދާން ފެށީ މެޑަމް މެޑަމް މެޑަމް މި އަޑު ގަދަވެގެންނޭ ފަސްޓް ލޭޑީ ނުޖެހޭނެ ސަރުކާރުގެ ހިންގުމުގެ ތެރެއަށް ބޭނިވަޑައިގަންނަން އަދި ނުޖެހޭނެ އެއްވެސް ރަސްމިއްޔާތެއްގައި ޗީފް ގެސްޓެއްގެ ހައިސިއްޔަތުން ވެސް ބައިވެރިވާން ސަބަބަކީ ފަސްޓް ލޭޑީ ނަގަން ޖެހޭނެ ގާނޫނީ ޒިންމާ އެއް ނެތޭ ނެތޭ ނެތޭ ނެތޭ ފަސްޓް ލޭޑީ މަޝްހޫރުވާން ބޭނުން ނަމަ އެހެން ކަމެއްގެ ތެރެއަށް ބޭނިގަނެގެން އުޅުނިއްޔާ މާތާހިރުވާނެއޭ ފަސްޓް ލޭޑީ އެއީ ރައްޔިތުން ވޯޓުން ހޮވާފައިވާ މީހެއް ނޫނޭ ތަމެން ތިޔާ އުޅެނީ ކުޑާ ކޮށް ސައިޒު އޮޅިގެންނޭ މަމެން ބުނަން ނެތީމޭ...
އަބްދޫ
ގާނޫނުއަސަސީގަ ބުނަނީ ގަވައިދެއްހެދެނީ ގާނޫނަކުން ބާރު ލިބިގެންކަމަށް ގާނޫނަކުން މަނާކޮށްފައިނުވާ ހުރިހާކަމަކީ ހުއްދަކަންކަން ކަމަށް. ވީއިރު ގާނޫނެއްގަ މަނަކޮށް ފައިސާ ނެގުމަށް ކަނދައަޅާ ފުލުހުންނަށް އެބާރު ދެވިފައިނުވާ އެއްވެސް ކަމެއްގަ ފުލުހުންނަށް ރައްޔިތުން ޖުރިމަނަކޮށް ފިޔަވަލެްނެޅޭނެ.
އަބްދޫ
ކޮބާ ނަސިދު ގެ ވެރިކަމުގަ ފެންފޯއް ރުއް އިންދަންނެގި 3،600،000 ރުފިޔާ. ފީވަކުންގެނައީ ރުކަކަށް 1000 ރ ރުކެއް މަގުން 100 ރުށް 2 ކޮންޓެއިނާގަ ބަރު ކޮށްގެން ބާކީ ކޮބާ؟
އައިސާ
ހުކުރުދުވަހު ރޭ އިރާކޮޅު މާގިރި ކުރިމަތީ ތިބި ކޮވިޑްޓެސްޓް ކުރާ ބައިގަނޑު 17 އަހަރު އަންހެން ކުއްޖަކު މަޑު ނުކޮއް ދާން އުޅުމުން ކުރިމައްޗާ އަރާ އަތުގައި ހިފާ މަޑުކުރުވާ ޗެކުކޮއްފައިވޭ