Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ކުރީ ސަރުކާރުން ފަށާފައިވާ މަސައްކަތްތައް އަވަހަށް ނިންމުމުން މާލެ ކަރަންޓު މައްސަލަ ހައްލުވާނެ: ޑރ.މުޢިއްޒު

ރައީސް ޢަބްދުﷲ ޔާމީނުގެ ސަރުކާރުގައި މާލެ ކަރަންޓު މައްސަލައަށް ހައްލު ހޯދުމަށް ފަށާފައިވާ މަސައްކަތްތައް ނިންމައިލުމުން، މޭލެއަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހެއްލެއް ލިބޭނެ ކަމުގައި ކުރީގެ ހައުސިން މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބުރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ގިނަ ވަގުތަށް މާލެއިން ކަރަންޓު ކެނޑުނެވެ. އެކަމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ޑރ.މުޢިއްޒުވަނީ މާލެއަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ކުރީ ސަރުކާރުން ރާވައި ފަށާފައިވާ މަޝްރޫޢުތައް ނިންމައިލުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ.


އެގޮތުން އެއް މަޝްރޫޢެއްގެ ގޮތުގައި، މާލެ ސިޓީ މޭޔަރުކަމަށް އިދިކޮޅު އިއްތިހާދުގެ ފަރާތުން ވާދަކުރައްވާ ޑރ.މުޢިއްޒު ފާހަގަކުރެއްވީ ހުޅުމާލެ މާލެ ބުރިޖު ބޭނުންކޮށްގެން މާލޭގެ ކަރަންޓު ގުރިޑު ހުޅުމާލެއާއި ގުޅައިލުން އަވަސްކުރުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ. އެ މަޝްރޫޢަކީ ބުރުޖިގު ހުޅުވުމާއެކު ރައީސް ޔާމީނުގެ ސަރުކާރުން ފަށާފައިވާ މަޝްރޫޢެކެވެ. ނަމަވެސް މި ސަރުކާރު ވެރިކަމަށް އައުމަށްފަހު އެ މަޝްރޫޢު އޮތީ މަޑުޖެހިފައެވެ.
ހަމައެހެންމެ ޑރ.މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި މާލެ އިންޑަސްޓްރިއަލް ވިލެޖުން ކުރީ ވެރިކަމުގައި ސްޓެލްކޯއަށް އިތުރު އިންޖީނުގެއެއް ނުވަތަ ޕަވާ ހައުސްއެއް އެޅުމަށް ދޫކުރި ބިމުގައި ޕަވާ ހައުސް އެޅައި ނިންމުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ. ޑރ.މުޢިއްޒު ވިދާޅުވި ގޮތުގައި މި ދެކަންތައް ފުރިހަމައަށް ތަންފީޒުކުރުމުން މާލެއަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލު ލިބިގެންދާނެއެވެ.
މާލޭގައި ހުރި ބައެއް ގުދަންތަކާއި އިންޑަސްޓްރިއަލް މަސައްކަތްކުރާ ތަންތަން މީހުން ދިރިއުޅޭ ސަރަހައްދުން ބޭރަށް ގެންދިއުމަށް ރައީސް ޔާމީނުގެ ވެރިކަމުގައި ހިއްކައި ތަރައްޤީކޮށްފައިވާ މާލެ އިންޑަސްޓްރިއަލް ވިލެޖުގެ މަސައްކަތް މި ސަރުކާރު ވެރިކަމަށް އައުމަށްފަހު އޮތީ މަޑުޖެހިފައެވެ.
މި ލިއުމާއި ގުޅޭ