Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ފުލުހުން ބަދުނާމުކޮށް ރެކިގަންނަން އިމްރާނު ދޮގުހެއްދެވީ ހަމަހޭގައި ހުންނަވައިގެންތޯ: ސަޢުދީ

ޑރ.އަފްރާޝީމު އަލީ ޝަހީދުކޮށްލި މައްސަލައާއި ނޫސްވެރިޔާ ރިޟްވާން ގެއްލުވައިލި މައްސަލާގައި ފުލުހުން ބަދުނާމުކޮށް ރެކިގަތުމަށް ހޯމް މިނިސްޓަރު އިމްރާނު އިތުރުފުޅުހެއްދެވީ ހަމަހޭގައި ހުންނަވައިގެންތޯ ކުރީގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު ސަޢުދީ ސުވާލު އުފައްދަވައިފިއެވެ.
ސަޢުދީ މިފަދައިން ސުވާލު އުފައްދަވާފައިވަނީ އިއްޔެ ރައްޔިތުން މަޖިލިހުގެ ޖަލްސާގައި ރައްޔިތުން މަޖިލިހުގެ ނައިފަރު ދާއިރާ މެންބަރު އަޙްމަދު ޝިޔާމު ކުރެއްވި ސުވާލެއްގެ ޖަވާބުގައި އިމްރާނު ދެއްކެވި ވާހަކަފުޅަށް އިޝާރާތްކުރައްވައެވެ. ރިޟްވާނު ގެއްލުވައިލުމާ ކުރީގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީނާ ދެމެދުގައި ގުޅުން އޮތް ކަމުގެ ހެކި އެބަހުރި ކަމަށް މޭޑޭގައި ވިދާޅުވިއިރު، މިހާރު އެ ހެކިތައް ކޮބައިތޯ ޝިޔާމު ސުވާލުކުރެއްވުމުން، އިމްރާނު ވިދާޅުވެފައިވަނީ އޭނާ ހައްޔަރުކޮށް އެއިރު ފުލުހުން އޭނާ އަތްޕުޅުގައި ހުރި ހެކިތައް ގެންގޮސްފައިވާ ކަމުގައެވެ.
މޭޑޭ މުޒާހަރާގެ ގޮތުގައި މަޝްހޫރުވެފައިވާ މުޒާހަރާގައި ރައީސް ޔާމީނާ ރިޟްވާނު ގެއްލުވައިލި މައްސަލައާ ގުޅުވައިގެން ހެކި އެބަހުރި ކަމުގައި ވިދާޅުވުމުގެ އިތުރަށް ޑރ.އަފްރާޝީމް ޝަހީދުކޮށްލީ ކޮން ބައެއްކަން ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާނެ ކަމުގެ ހެކިތައް އަތްޕުޅުގައި އެބަހުރި ކަމުގައި އިމްރާން ވިދާޅުވިއެވެ.
މަޖިލިހުގައި އިމްރާން ދެއްވި ޖަވާބާ ގުޅިގެން ސައުދީ ވިދާޅުވެފައިވަނީ ދިވެހި ފުލުހުން ވަރަށް ޚާއްޞަ ސަމާލުކަމެއް ދީގެން ބަލަމުންދިޔަ ދެ މައްސަލައެއްގައި ހެކި އެބަހުރި ކަމުގައި ވިދާޅުވެ އިމްރާނު ހެއްދެވީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށެވެ. އަދި ސިޔާސީ ބޭނުމެއްގައި މިކަންކަން އޮޅުވާލައި، ފުލުހުން ބަދުނާމުކޮށް ރެކިގަތުމަށް އިމްރާނު މަސައްކަތްކުރެއްވީ ހަމަހޭގައި ހުންނަވައިގެންތޯ ސައުދީ ސުވާލުއުފައްދަވާފައިވެއެވެ.
ފުލުހުން އިމްރާނުގެ އަތްޕުޅުގައި ހުރި ހެކި ގެންގޮސް ފޮރުވިކަމުގައި ދޭހަވާ ގޮތަށް އިމްރާން ދެއްކެވި ވާހަކަފުޅާ ގުޅިގެން ފުލުހުން ބަދުނާމުވާ ގޮތަށް އިމްރާނު ފުލުހުންގެ ބޮލުގައި ބޮޑު އިލްޒާމެއް އެޅުވި މައްސަލަ ތަހުގީގުކުރަން، އޭނާއާ ސުވާލުކުރެއްވި މަޖިލިސް މެންބަރު އަދި ޕީޕީއެމްގެ ނައިބުރައީސް އަޙްމަދު ޝިޔާމުވަނީ މިއަދު ގޮވައިލައްވާފައެވެ.
މި ލިއުމާއި ގުޅޭ