ހޯމް މިނިސްޓަރުގެ އަތްޕުޅުން އަތުލި ހެކީގެ ވާހަކަ: ދައްކައިލަންޖެހޭ ވާހަކައެއް!

ޖާއިޝް ތައުފީޤް 22 އޮކްޓޯބަރު 2020 10:58
Flowers
ހޯމް މިނިސްޓަރު ޢިމްރާނާއި ރައްޔިތުން މަޖިލިހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު

ހޯމް މިނިސްޓަރު އިމްރާން 2015 ވަނަ އަހަރުގެ މޭ މަހުގެ 1 ވަނަ ދުވަހު މާލެ މަގުމައްޗަށް މުޒާހަރާވެރިން އެއްކުރައްވައިގެން ނުކުމެވަޑަައިގަތީ ހައުދަހައިވާ ގިނަ ހެއްކާއި ޤަރީނާ ހިއްޕަވައިގެންނެވެ. ޑރ.އަފްރާޝީމް ޢަލީ ޝަހީދުކޮށްލި މީހުންނާއި އެއިރުގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީނާ އޮތް ގުޅުން ސާބިތުކޮށްދޭނެ ކިތާބީ ހެއްކެވެ. ގެއްލުވާލާފައިވާ ނޫސްވެރިޔާ ރިޟްވާން ޢަބްދުﷲ ގެއްލުވާލުމާ އެއިރުގެ ސަރުކާރުގެ އިސްވެރިންނާ އޮތް ގުޅުން ސާބިތުކޮށްދޭނެ ކިތާބީ ހެއްކެވެ. ހައްތާވެސް ބޮޑެތި މައްސަލަތަކުގައި ފައިސަލާކުރެވޭ ވަރުގެ ބުރަދަންހުރި ކިތާބީ ހެއްކެވެ.

އަޑަށް ބާރުލައްވާފައި، އެ ހެކިތައް ދައްކަވަމުން މިހިރީ އެ ހެކި ކަމުގައި ވިދާޅުވި އަޑު އަޅުގަނޑުވެސް އެހީމެވެ. އެތައް ލައްކަ ދިވެހިން އެ އަޑު އެހިއެވެ. އެ އަޑުގެ ނަޣުރާއިން އުފެއްދި ނަފުރަތުގައި ބަޔަކު ފުލުހަކަށް ހަމަލާދީ ބިމަށް ވައްޓައިލާ ކޮޅުފައިންވެސް ތެޅިއެވެ. އަނެއްބަޔަކު ނުކުމެ، އަނިޔާވެރިއެކޭ ޤާތިލެކޭ ގޮވަމުން ރައީސް ޔާމީނާ ދިމާކުރިއެވެ. ވާނީވެސް އެހެންނެވެ. މަދީނާގެ އިސްލާމިކް ޔުނިވަރސިޓީން ކިޔަވާވިދާޅުވެގެން ވަޑައިގެންނެވި އެންމެ ބޮޑު ޢިލްމުވެރިޔާ، އަދި ދިވެހި ފަސްގަނޑުގައި ނުއުފެދޭ ފަދަ ކުޅަދާނަ އިސްލާމީ ސިޔާސީ މުޙައްނިކަކު މިފަދަ ވަރުގަދަ ބަސްފުޅެއް ވިދާޅުވީމާ އެވާހަކަ ޤަބޫލުކުރާނެއެވެ. ޤަބޫލުކުރެވޭނެއެވެ. ދޮގުކުރާންވީ އެއްވެސް ސަބަބެއްވެސް ނޯންނާނެއެވެ. އަނެއްކާ އިމްރާނު މިފަދައިން ވިދާޅުވެއްޖެނަމަ، އެއީ ދުވާލުގެ އިރުގެ އަލި ފަދައިން ސާފުކޮށް ފެންނަ  ތެދު ޙަޤީޤަތް ކަމުގައި ވިދާޅުވާނެ ޑޮކްޓަރުންނާއި ޝައިޚުން، މުފައްސިރުންނާއި ފިޤުހުވެރިން މި ފަސްގަނޑުގައި އެބަ ތިއްބެވިއެވެ. ނަންފުޅުތައް ނުދެންނެވިޔަސް ވާނުވާ ބަލައި އުޅޭ މީހުންނަށް މިދެންނެވީ ކޮން ދެ ބޭފުޅެއްގެ ވާހަކަކަން އެނގޭނެއެވެ. 

ކޮންމެއަކަސް އިއްޔެ ރައްޔިތުން މަޖިލިހުގެ ނައިފަރު ދާއިރާ މެންބަރު އަޙްމަދު ޝިޔާމު ކުރެއްވި ސުވާލަކާ ގުޅިގެން ޢިމްރާނު ދެއްކެވި ވާހަކަފުޅާމެދު އަޅުގަނޑަށް ފެންނަ އެއްޗެއް ދަންނަވައިލުމަކީ ބޭނުންތެރި ކަމެއް ކަމުގައި ފެނިގެން މި ލިޔުން ލިޔާން ފެށީމެވެ. މަޖިލިހުގެ ތަޅުމުގައި ރާއްޖޭގެ ދާޚިލީވަޒީރު ދެއްކެވި ވާހަކަފުޅާއި، އެ ވާހަކަފުޅުގެ ނަތީޖާ ވަރަށް ގިނަ ބަޔަކަށް ލިބެންވީ މިންވަރުގެ ސަމާލުކަމެއް ނުލިބި ޚަބަރުތަކުގެ ތެރެއަށް ފޭދިގެން ހިނގައިދާނެ ކަމުގައި އަޅުގަނޑަށް ހީވާތީއެވެ. އިއްޔެ މަޖިލިހުގައި ޝިޔާމު ކުރެއްވި ސުވާލަކީ ގެއްލުވާލާފައިވާ ނޫސްވެރިޔާ ރިޟްވާނާއި ރައީސް ޔާމީނާ ގުޅުވައިގެން މޭޑޭ މުޒާހަރާގައި އިމްރާން ދެއްކެވި ވާހަކަފުޅާ ގުޅޭ ސުވާލެކެވެ. 

ގެއްލުވާލާފައިވާ ނޫސްވެރިޔާ ރިޟްވާނު ގެއްލުވައިލުމާއި އެއިރުގެ ރައީސް ޢަބްދުﷲ ޔާމީނާ ދެމެދުގައި ގުޅުމެއް އޮތްކަމުގައި ވިދާޅުވެ، އެ ގުޅުން ސާބިތުކުރައްވާނެ ހެކި އަތްޕުޅުގައި ހުރި ކަމަށް ވިދާޅުވެ ދެއްކެވި ގަޑުތަކެވެ. އެ ހެކި ކޮބައިތޯ ޝިޔާމު ކުރެއްވި ސުވާލެވެ. ޢިމްރާނު ދެއްވި ޖަވާބަކީ އޭނާ ހައްޔަރުކޮށްގެން ގެންގޮސް، ފުލުހުން ގަދަބާރުން އޭނާ އަތުގައި ހުރި ހެކިތައް އަތުލީ ކަމަށެވެ. އެ ހެކިތައް އެ އަތުލި ފުލުހުންގެ އަތުގައި ހުންނާނެ ކަމަށވެެ. މިވާހަކަފުޅު މި ދައްކަވަނީ ކޮން ބޭފުޅެއްތޯއެވެ؟ މިވަގުތު ފުލުހުންގެ މުއައްސަސާގެ ބަލަދުވެރިއަކަށް ހުންނެވި ވަޒީރެވެ. ދެން މި ހިސާބުން ޢިމްރާނަށް އަޅުގަނޑު އަމާޒުކޮށްލަން ބޭނުންވަނީ ދެތިން ސުވާލެކެވެ. 

މަނިކުފާނު މޭޑޭ މުޒާހަރާއަށް ވަޑައިގެންނެވިއިރު އެކަމުގެ ސަބަބުން ބަންދުވެދާނެ ކަމުގެ އިހުސާސު އެއްވެސް ވަރަކަށް ނުކުރެއްވޭތޯއެވެ؟ އަދި އަމުދުން އަތްޕުޅުގައި ހުރި ކަމަށް ތިޔަ ވިދާޅުވާ ހެއްކަކީ ބައެއްގެ ވަރަށް އަސާސީ ހައްގާ ގުޅިފައިވާ ހެއްކެއްކަން ހަދުމަފުޅު ނެތީތޯއެވެ؟ މިހެން މިދެންނެވީ މަނިކުފާނުގެ ވާހަކަފުޅުން ދޭހަވި ގޮތުގައި މަނިކުފާނު މުޒާހަރާއަށް ވަޑައިގަތީ އަތްޕުޅުގައި ހުރި ކިތާބީ ހުރިހާ ހެއްކަކާ އެކީގައެވެ. މިފަދަ ޚުޠޫރަތްތެެރި މައްސަލަތަކަކާ ގުޅޭ ހެކި ލިބުމުން އެ ހެކީގެ ދެތިން ކޮޕީ ހައްދަވައި، ކްލައުޑް ސާވާއަކަށް ލައްވައި ރައްކާކުރައްވަން ވިސްނާވަޑައިނުގެންނެވުނު ބޭފުޅަކު ދިވެހިރާއްޖޭގެ ދާޚިލީވަޒީރުކަމަށް އެކަށީގެންވޭތޯވެސް އަޅުގަނޑު ސުވާލުކޮށްލަން ބޭނުމެވެ. އާޓިފިޝަލް އިންޓަލިޖެންސާ ގުޅޭ ސިޔާސަތު ޖަޒީރާ މެނިފެސްޓޯގައި ހިމަނަން ހުށަހެޅި ޕާޓީގެ ރައީސަށް މުހިއްމު ޑޮކިއުމެންޓުތަކެއް ގޫގުލް ޑުރައިވުގައި ރައްކާކޮށްލަން ނޭނގުމީ ލަދުވެތިކަމެއް ނޫންތޯއެވެ؟ 

މަޖިހުގައި ޝިޔާމުގެ ސުވާލަށް ޖަވާބުދެއްވަމުން ޢިމްރާން ވިދާޅުވީ އަދި އެ ހެކި ގެންދިޔަ މައްސަލައިގެ ތަހުގީގާ ހަމައަށް ނާދެވެނީ ކަމަށެވެ. މަނިކުފާނެވެ. މަނިކުފާނު ތިޔަ ހުންނެވި މަޤާމަށް ވަޑައިގެންނެވީ ރިޟްވާނުގެ މަންމަގެ ލޮލުން އޮހޮރުނު ކަރުނައިން އުގުވިޔަފާރިކުރައްވައިގެންނެވެ. ޑރ.އަފްރާޝީމް ޢަލީގެ ޠާހިރު ލެއިން ސިޔާސީ މަންފާ ހޯއްދަވައިގެންނެވެ. އެ އާއިލާތަކަށް އިންސާފު ހޯދައިދިނުމަށްވުރެ އެހެން ތަހުގީގެއް އަވަސްކުރައްވާކަށް ނުޖެހޭނެއެވެ. އެއަށްވުރެ މުހިއްމު އިސްކަންދޭންޖެހޭ ތަހުގީގެއް ނުވެސް އޮންނާނެއެވެ. މަނިކުފާނު ތިޔަ ހުންނަވީ ފުލުހުންގެ އިދާރާގެ ބަލަދުވެރި ވުޒާރާގެ އެންމެ އިސްވެރިޔާއަށެވެ. އެ ހެކިތައް ހުރި ތަނަކުން ހޯއްދަވައި، އެ ހެކިތަކުގެ މައްޗަށް ތަހުގީގު ހިންގުމަކީ މަނިކުފާނުގެ ޒިންމާއެކެވެ. 

އަދި އެއްވާހަކަ ދައްކައިލަންޖެހިފައި އެބަ އޮތެވެ. މަނިކުފާނު ދެއްވި ޖަވާބުގެ ނަތީޖާއެވެ. އެ ޖަވާބަކީ ތެދު ކަމުގައިވާނަމަ، މަނިކުފާނަކީ ދެ ބާވަތުން ކުރެ ކޮންމެވެސް އެއް ބާވަތެއްގެ ޝަޚުޞިއްޔަތެކެވެ. އެއްގޮތަކީ އިޚުލާޞްތެރިކަމެއް ނެތް ބޭފުޅަކަށްވުމެވެ. އެއީ މަނިކުފާނަށް ތިޔަ ވިދާޅުވާ ހެކީގައި ހުރި އެއްޗެއް އެނގިވަޑައިގެންމެ އެ އެއްޗެއް މަރު ކޮމިޝަނާ ހިއްސާނުކުރައްވައި ހުންނެވުމުންނެވެ. އެ ކޮމިޝަނުގެ ތަހުގީގުގައި ރިޟްވާނު ގެއްލުވައިލުމާއި ރައީސް ޔާމީނާ ގުޅުމެއް ނުހޯދުނީ މަނިކުފާނަށް އެނގިވަޑައިގަންނަވާ ވާހަކަފުޅުތައް ވިދާޅުވެދެއްވާފައި ނެތުމުންނެވެ. ތަހުގީގެއް ހިންގަވައި އެ ހެކި ފޭރިގަތް ބަޔަކަށް އަދަބެއް ދެއްވަން ނޫޅުއްވުމަކީވެސް އިޚުލާޞްތެރިކަމެއް ނެތުމުގެ ޢަލާމާތެކެވެ. 

ދެވަނަ ގޮތަކީ މަނިކުފާނަކީ ނާޤާބިލު ކަމަށް ނޭކަށޭނެ ބޭފުޅަކަށްވުމެވެެ. މުހިއްމު މައްސަލައެއްގައި ބޮޑެތި ހެކި ލިބިވަޑައިގަތުމުން އެއިން ދެތިން ނަކަލު ހައްދަވައި އިތުބާރުކުރެއްވޭ ބޭފުޅެއްގެ އަތްޕުޅުގައި ދެތިން ނަކަލު ރައްކާތެރިކަމާއެކު އަމާނާތެއްގެ ގޮތުގައި ބޭއްވެވުމާއި، އިންޓަނެޓު މެދުވެރިކޮށް ތަކެތި ރައްކާކުރެވެން ހުރި އެތައް ގޮތެއްގެ ތެރެއިން ގޮތެއް މެދުވެރިކޮށް ތިޔަ ހެކިތައް ރައްކާކޮށްލަން މަނިކުފާނަށް ވިސްނިވަޑައިނުގަތީ ވިސްނުންފުޅު ކޮށިކަމުން ކަމުގައިވާނަމަ، ޤައުމަށްޓަކައި އެންމެ ހެޔޮ ގޮަތަކަށްވާނީ ތިޔަ ހުންނަވި މަޤާމުން އިސްތިއުފާދެއްވުމެވެެ. 

މިއަދު ޙަޤީޤަތް ދިވެހިންނަށް އެނގެއެވެ. މަނިކުފާނު ވަޑައިގަތީ ނޫސްތަކުން ޚަބަރުތަކެއް ޕުރިންޓުކުރައްވައިގެންނެވެ. މަނިކުފާނުވެސް އެފަދައިން ވިދާޅުވީމު ނޫންތޯއެވެ؟ މަނިކުފާނުގެ މައްސަލަ ތަހުގީގުކުރި ފުލުހުން މިއަދުވެސް އެބަ ތިއްބެވެ. މަނިކުފާނު އެދުވަހު ދެއްވި ޖަވާބު އެކުދިން މިހާރުވެސް ހަދާން އެބަ ހުއްޓެވެ. "އެއީ ސިޔާސީ ވާހަކައެއް" ކަމުގައި ތަހުގީގުގައި ފުލުހުން އަރިހުގައި ވިދާޅުނުވަމުތޯއެވެ؟ މަނިިކުފާނެވެ. އަޅުގަނޑުމެން ދަންނަ އިސްލާމްދީނުގައި ސިޔާސީ ވާހަކައޭ ބުނެ ހިތުހުރި ވާހަކައެއް ނުދެއްކެއެވެ. މަނިކުފާނެވެ. ޑރ.އަފްރާޝީމް ޢަލީގެ ޠާހިރު ލެއިން ސިޔާސީ އުގުވިޔަފާރިކުރައްވައިގެން، ރިޟްވާނުގެ މަންމަގެ ކަރުނައާއި އެ އާއިލާގެ އުދާހާއި ކެކުޅުމުގެ މަންފާ އޭގެ އެންމެ މަތީ ދަރަޖައަށް ހާސިލުކުރައްވައިގެން ތިޔަ ހުންނެވީ ބާރު ހޯއްދަވައިގެންނެވެ. އެކަށީގެންނުވާ މަޤާމެއްގައި، ކަމުގެ ޤާބިލުކަމެއް ނެތަސް ތިޔަ ހުންނެވުނީ އެ ދުވަހު އެކަންކުރެއްވީމައެވެ. ދެެން މިއަދު އަނެއްކާ އިތުރަށް ދިވެހިންނަށް ތިޔަ އިތުރުފުޅު ވިއްކަވަން ނޫޅުއްވާށެވެ. ތިޔަ ވާހަކަ މިއަދުވަނީ އައުޓްޑޭޓުވެ، އެކްސްޕަޔާވެފައެވެ. 

ކިޔުންތެރިންގެ ހިޔާލު
ފުރެޑިކް
އަންނިގެ ލޯޔަރު ބޮލަށް ވަޅިޖެހުމާއި އަސްވާޑަށް އައި މަރުގެ އެތިފަހަރުގެ ހަގީގަތަކީ ކޮބައިބާ ، ހަމަ އެއްގޮތަކަށް ވެސް ނޭނގެ.
އައި
ހުސް ޔަހޫދީ އެޖެންޑާ....
ޢަލީ ޒާހިރު ޢ މ
މީނައެއްނު އައްނި އާ އިދިކޮޅަކަށް ނުނުކުންނަމޭ ބުނެ ެތައް ދިގެއް މީޑިއާގައި ހެދީ. ރާއްޖޭގެ ތާރީޚުގައި އެންމެ ބޮޑު ޚާއިނު، ކާޛިބު އަދި މުނާފިޤަކީ މި ނުބައި ނުލަފާ ކޮޅުފުށީ އިމްރާނު.
ބުއްޅަބޭ
މިކަހަލަ ދުންމާރިއެއްގެ އަތަށް އެކަހަލަ ތަހުގީގީ ރެޕޯޓެއް ދިން ފަރާތެއްވެސް ހުންނާނެތާ؟!
ގައުމުދަވާލި19
ބުނާކަށް ބަހެއްނެތް އަލްއުސްތާޒާ ފަހަރިއިމްރާނާ ބެހޭގޮތުން ނޫހަކުން ފެނުނު އެމްމެ ފުރިހަމަ ހަގީގީ ވާހަކަ
ޤައުމަށް ހެޔޮއެދޭ.
މިލިއުން ކޮންމެ ދިވެއްސަކުވެސް ވިދާޅުވެލެއްވުމަށް ދަންނަވަން. އަދި މި ވާހަކަތައް އެކުވެރިންގެ މެދުގައި ދިރާސާ ކޮށލެއްވުން މުހިންމު. މީ ވަރަށްގިނަ ވާހަކަ.
ވަރަބިދުނުކޮތަރު
މިކަލޭގެއަށްގަދައަށްރުޤްޔާޖައްސަންވީ ރަގަޅަށް ރުޤްޔާކުރެވިއްޖެނަމަ ހުރިމަގާމުންއިސްތިޢުފާދޭނެ .ބުހުތާނު ދޮގު ކައިގެންއަރާއެބޭރުނުވެގެން އަދިވެސް ތެޅެނީ ، ދެކަޅިއަރާގެއްލޭއިރު އިސްލާހުވާން ހިތައްވެސް ނާރަނީ ގައުމީޔުނިވަސިޓީއަށް މާސްޓާޑްއަށް ކިޔަވަން ދާއިރު އިދެމޮޔަގޮވާވާހަކައެހެންމީހުންވެސް ދައްކާ . އޮންލައިންވެގެންއިދެ . ކިޔަޔޯ އަންހެން ވެރިން ކިޔަވާނެކަމެއް ނެތޭ .
ޑރ. މިލަގަނޑު
ޝޭޚުލްކައްޒާބު!
ދޮގު
މަހީ ކުރީ މީނަ ހަދާނީ ހުސް ތެދު ކަމަށް🙄
ރަތަފާ
ހެޔޮނުވާނޭ ހެޔޮނުވާނޭ! މިނާޔަކީ ޝައިޚެއް! މީނާޔަށް އެނގޭނެ ނަމްރޫދުވެސް! ދޮގެއްހަދައިފިއްޔާ އަސްތަޣްފާރުކުރާނެ ގޮތްވެސް އެނގޭނެ. އެހެންވީމާ އެގޮތަށް ދޫބޭނުންގޮތަކަށް އެދީލާލަނީ! އަޅެ، މިއީ ފަހެ ފަހުޒަމާނަށް އައިމަވާނެ ގޮތްކަމަށް ހުރި ބައެއްކަންތައް މިބޭކަލުންގެ ފަރާތުން މިފެންނަންފެށީ! ހީވޭ ކޮންމެވެސް ކައިރިދުވަހެއްގައި ޑާންސްފްލޯރ ފެނިދާނެހެން މިވަރުން ދާނަމަ.
Mohamed Haleem
މީގެ 1400 އަހަރުކުރިން މި އުންމަތުގެ މާތް ނަބިއްޔާ(ސ.ޢ.ވ.ސ.އ.ލ.ނ) ވަނީ ފަހުޒަމާނުގައި އިލްމްވެރިން ގޮތުގައި ޖާހިލުން ނުކުމެ މީހުން މަގުފުރައްދާނެ ކަމަށް ހަދީސް ކުރައްވާފަ.....
ޑިމޮކްރަސީ
ދައްކައިލާ ދައްކައިލާ މާލިއްޔަތުކާލީމަ ހިމާޔަތާއި އެކު ގެޔައް އިންސާފް ޤާއިމޮކޮށް ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮންފަދަ އުފާވެރި ދުވަސްތަކެއް
ޢަހުމަދު
ޢިމް ރާނަކީ މަކަ ރާ ހީލަތުން ދުނިޔޭގެ އާ ރާމާއި ލައްޒަތުގެ ފަހަތުން ދުވާ މީހެއް. މިފަދަ ދެފުއްދެގޮތް މީހެއްގެ ފަ ރާތުން ހެވެއް ނުލިބޭނެ.