Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ތަހުގީގުތައް ހިންގަނީ ދައުވާކުރެވޭ ގޮތަށްތޯ ބެލުމަކީ ޕީޖީގެ ޒިންމާއެއް: ޣައްސާން

ދައުލަތުގެ ތަހުގީގީ އިދާރާތަކުން ހިންގާ ތަހުގީގުތައް ހިންގަނީ އެ ތަހުގީގުތަކުގެ މައްޗަށް ބިނާކޮށް ދައުވާކުރެވޭ ގޮތަށްކަން ޔަޤީންކުރުމަކީ ޕްރޮސެކިއުޓާ ޖެނެރަލްގެ ޤާނޫނީ ޒިންމާއެއް ކަމުގައި ރައްޔިތުން މަޖިލިހުގެ ގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ނައިބުރައީސް ޣައްސާން މިފަދައިން ވިދާޅުވެފައިވަނީ 75 ވެންޓިލޭޓަރު ގެނައުމުގެ މަސައްކަތް، ދުބާއީ ކުންފުންޏެއް ކަމުގައިވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކުންފުންޏާ ހަވާލުކުރުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކުރި ކަމުގެ ތުހުމަތުގައި 11 ފަރާތަކަށް ދައުވާކުރަން އޭސީސީން ފޮނުވުމުން އެފަރާތްތަކުގެ މައްޗަށް ދައުވާނުކުރަން ޕީޖީ ނިންމެވި ނިންމެވުމަށް ފާޑުވިދާޅުވެ ކުރެއްވި ޓުވީޓެއްގައެވެ.
ޣައްސާން މި ޓުވީޓުގައި ވިދާޅުވެފައިވަނީ ތަހުގީގުތައް ހިނގަނީ ޤާނުނާ އެއްގޮތަށް ކަމާއި، އެ ތަހުގީގުތައް ހިންގަނީ ތަހުގީގުތަކުގެ މައްޗަށް ބިނާކޮށް ދައުވާކުރެވޭނެ ގޮތަށްކަން ޔަޤީންކުރެއްވުމަކީ ޕީޖީގެ ޒިންމާއެއް ކަމުގައެވެ. އަދީ އޭގެ އިތުރަށް އަދި މައްސަލައެއްގައި ދައުވާކުރުމުން ހެކި ނެތި ދައުވާކުރި ކަމަށް ސުޕްރީމް ކޯޓުން ނިންމެވުމުން، "ކޯޓަށް ގޮސް ދައްކާނީ ކޮން ވާހަކައެއްތޯ" ވިދާޅުވެ، ވެންޓިލޭޓަރު ގެނައުމުގައި ކޮރަޕްޝަން ހިންގާފައިވާ މައްސަލާގައި ދައުވާނުކުރެއްވުމުން ޕީޖީއަށް ޒިންމާއިން ބަރީއަވެވަޑައިގެންނެވޭނެތޯވެސް ޣައްސާނު ސުވާލުކުރެއްވިއެވެ.
މިއަދު އޮތް ނޫސްވެރިން ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީޖީ ވިދާޅުވެފައިވަނީ އެ މައްސަލާގައި ދައުވާނުކުރަން ނިންމެވީ ކޯޓުގައި ޖިނާއީ ކުށެއް ސާބިތުވާ މިންވަރަށް ހެކި ނެތުމުން ކަމުގައެވެ. އެގޮތުން ޕީޖީ ވިދާޅުވެފައިވަނީ ގިނަ ދައުވާތަކުގެ އަސާސަކީ މުވައްޒަފުން ޤަވާޢިދުގެ އިމުގެ ތެރެއިން ކުރި ކަންތައްތަކެއް ކަމުގައެވެ.
މި މައްސަލައާ ގުޅިގެން މިނިސްޓަރު އަމީނުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ހުށަހެޅުމާ ގުޅޭ ގޮތުން އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން ގޮތެއް ނިންމަން ބޭއްވި ބައްދަލުވުމުގައި އެ މައްސަލަ ހުށަހަޅަން ފާސްނުވިއެވެ. ނަމަވެސް އެމްޑީޕީގެ 24 މެންބަރަކު ސޮއިކުރައްވައި އަމީނުގެ އިތުބާރު ނެތްކަމުގެ މައްސަލަވަނީ މަޖިލިހަށް ވައްދާފައެވެ.
އެމްޑީޕީގެ ޕާޓީ ވިޕްލައިނާ ޚިލާފަށްވެސް އަމީނު މަޤާމުން ދުރުކުރުމަށް ކުރާ މަސައްކަތަށް ތާއީދުކުރައްވާނެ ކަމުގައި އެ ޕާޓީގެ ރައީސް އަދި ރައްޔިތުން މަޖިލިހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުވަނީ ވިދާޅުވެފައެވެ.
މި ލިއުމާއި ގުޅޭ