Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ރައީސް ވަޙީދު އިސްތިއުފާނުދެއްވުމުން ވަގުތުން 50 މިލިއަން ޑޮލަރު އެސްބީއައިއަށް ދައްކަން އެންގި: ޝަރީފު

ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކު، ރައީސް ކަމުގެ މަޤާމުން އިސްތިއުފާދެއްވަން އެންގެވީ އިންޑިޔާގެ އެއިރުގެ ފޮރިން ސެކްރެޓަރީގެ މަޤާމުގައި ހުންނެވި ރާޖަން މަތާއި ކަމުގައި ސައިރެކްސް ކޮލެޖުގެ ޗެއާމަން އަދި ރައީސް ވަޙީދާ ގާތް ގުޅުމެއް އޮންނަ ބޭފުޅެއް ކަމުގައިވާ އަޙްމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
ރޭ ޕީޕީއެމްއިން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޑރ.ވަހީދު ވިދާޅުވެފައިވަނީ އެމަނިކުފާނު ވެރިކަމުގައި ހުންނެވިއިރު ބޭރު ޤައުމެއްގެ އެންމެ އިސް ޑިޕްލޮމެޓެއްގެ މަޤާމުގައި ހުންނެވި ބޭފުޅަކު، އޭނާއާއެކު ޓީވީއަށް އަރާވަޑައިގެން މަޤާމުން އިސްތިއުފާދެއްވުމަށް ހުށަހެޅުއްވި ކަމުގައެވެ.
ރައީސް ވަޙީދުގެ ވާހަކަފުޅުގައި ފާހަގަކުރެއްވީ އެމަނިކުފާނު ރައީސްކަމުން އިސްތިއުފާދެއްވުމަށް ބޭރު ޤައުމެއްގެ ވަޒީރު ފެންވަރުގެ ބޭފުޅަކު ހުށަހެޅުއްވުމަކީ ވަރަށް ދަށު ދަރަޖައިގެ ކަމެއް ކަމުގައެވެ. އަދި އެއީ އެއްވެސް ޤައުމަކުން އެހެން ޤައުމަކާމެދު ހިންގަވާފައިވާ ފަދަ ކަމެއް ނޫން ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިއަދު ކުރެއްވި ޓުވީޓެއްގައި ޝާރީފު ވިދާޅުވެފައިވަނީ ރައީސް ވަޙީދުގެ އަރިހުން އެމަނިކުފާނު ރައީސްގެ މަޤާމުން އިސްތިއުފާދެއްވުމަށް އެދިވަޑައިގަތީ އިންޑިޔާގެ ފޮރިން ސެކްރެޓަރީ ރާޖަން މަތާއި ކަމުގައެވެ. އެވާހަކަ އެއިރު ރައީސް ވަޙީދު އޭނާއާ ހިއްސާކުރެއްވި ކަމުގައިވެސް ޝަރީފު ވިދާޅުވިއެވެ. އަދި އެއީ ރާޖަން މަތާއީއާއި ރައީސް ވަޙީދުގެ މެދުގައި އޮތް ބައްދަލުވުމެއްގައި ރައީސް އަރިހުން މަތާއި އެދިވަޑައިގެންނެވި އެދިވަޑައިގަތުމެއް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
އަދި ރައީސް ވަޙީދު އިސްތުއުފާނުދެއްވުމުން އިންޑިޔާއިން ސްޓޭޓް ބޭންކު އޮފް އިންޑިޔާ މެދުވެރިކޮށް ދީފައިވާ 50 މިލިއަން ޑޮލަރުގެ ލޯނެއް ވަގުތު ދެއްކުމަށް ފިއްތުންތައް ކުރިމަތިކުރިވި ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. އަދި ސަރުކާރުން އެ ފައިސާ އެމްއެމްއޭގެ ރިޒާވުން ނަގައިގެން ވަގުތުން ދެއްކި ކަމަށާއި، އެ ކަމުގައި އުޅުއްވީ އެއިރުގެ ޓުއަރިޒަމް މިނިސްޓަރު އަދި ފަހުން ނައިބުރައީސްކަމުގައި ހުންނެވި އަޙްމަދު އަދީބާއި ޑިފެންސް މިނިސްޓަރު ރިޓަޔާޑް ކާނަލް ނާޒިމް ކަމުގައިވެސް ޝަރީފު ވިދާޅުވިއެވެ.
އަދި ސަރުކާރުން އެ ފަައިސާ ދެއްކީ 2 ބަޔަކަށް ބަހާލައިގެން ކަމުގައިވެސް ޝަރީފުވަނީ ފާހަގަކުރައްވާފައެވެ.
މި ލިއުމާއި ގުޅޭ