ރާއްޖޭގެ މާލީ މުޝީރުކަން އެހެން ޤައުމަކާ ހަވާލުކުރީމަ ދެން އިންވެސްޓުމެންޓު ނާންނާނެ: ޝިޔާމް

އިބްރާހިމް އާދަމް 19 އޮކްޓޯބަރު 2020 11:30
Flowers
ރައްޔިތުން މަޖިލިހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް

ރާއްޖޭގެ މާލީ މުޝީރުކަން އެހެން ޤައުމެއްގެ ބަޔަކާ ހަވާލުކޮށްފައި އޮންނާތީ އެހެން ޤައުމުތަކުން ބޮޑެތި އިންވެސްޓުމެންޓު ރާއްޖެއަށް ނާންނާނެ ކަމުގައި ރައްޔިތުން މަޖިލިހުގެ ނައިފަރު ދާއިރާ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. 

ރައްޔިތުން މަޖިލިހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ޕޭމެންޓު ސިސްޓަމާ ބެހޭ ޚިދުމަތްތަކުގެ ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަދައްކަވަމުން ޝިޔާމު ވިދާޅުވީ އަވައްޓެރި ބޮޑު ޤައުމަކާ ރާއްޖޭގެ މާލީ މުޝިރުކަން ދެއްވާފައިވާ ކަމުގައެވެ. އަދި މި ސަރުކާރުންވަނީ ރާއްޖޭގެ ފައިނޭންޝަލް އިޓަލިޖެންސް ނުވަތަ މާލީ މުޢާމަލާތްތަކާ ގުޅޭ މައުލޫމާތު ގެލުމުގެ މަސައްކަތް އިންޑިޔާއާ މަތިކޮށްފައި ކަމުގައިވެސް ޝިޔާމު ވިދާޅުވިއެވެ. 

އަދި މިގޮތަށް މާލީ ބާރުވެރިކަން އިންޑިޔާއަށް ދޫކޮށްފައި އޮތުމުގެ ސަބަބުން ރާއްޖެއަށް އެހެން ޤައުމުތަކުން އިންވެސްޓުމެންޓު ނުގެނެވޭނެ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ. 

"މިތަނަކަށް އިތުރު އެހެން ގައުމެއްގެ އިންވެސްޓްމެންޓެއް. ރަނގަޅު ހެޔޮވަރު އިންވެސްޓްމެންޓެއް އަންނާނެ ކަމަކަށް ދެން އަޅުގަނޑުމެން އުންމީދު ކަނޑާލައިގެން މިތިބީ. އެއީ ދިވެހިރާއްޖޭގެ މާލީ މުޝީރުކަން އެހެން ގައުމަކާ ހަވާލު ކުރީމަ." ޝިޔާމު ވިދާޅުވިއެވެ. 

ޝިޔާމު އިތުރަށް ވިދާޅުވީ މާލީ އިންޓެލިޖެންސް އިންޑިޔާގެ އަތްމައްޗަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ދޫކުރައްވާފައިވަނީ ދިވެހިންގެ ކުރިމަގު މަރާލުމަށް ކަމަށެވެ. އަދި އެއީ ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމެއް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. 

ޝިޔާމުގެ ވާހަކަފުޅުތަކާ ގުޅިިގެން ރައްޔިތުން މަޖިލިހުގެ ހެންވެއިރު ދެކުނު ދާއިރާ މެންބަރު ޙުސައިން ޝަހީމް (އަނދުން) ވިދާޅުވީ ޝިޔާމު ދައްކަވަނީ ދޮގު ވާހަކައެއް ކަމުގައެވެ. އަދި ރާއްޖޭގެ މާލީ ކަންކަން ބޭރު ޤައުމަކަށް ދޫކޮށްލާފައި ނުވާނެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. 

އެ ވާހަކަފުޅުތަކާ ގުޅިގެން ރައްޔިތުން މަޖިލިހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ ކޮންމެ ކަމެއްގެ ވާހަކަވެސް އެކަމެއް އޮތް މިންވަރަކަށް ދެއްކުން ރަނގަޅުވާނެ ކަމުގައެވެ. 

ޝިޔާމު އިތުރަށް ވިދާޅުވެފައިވަނީ ސަރުކާރުން ކަންކަންކުރަނީ މާލިއްޔަތު ޤާނޫނާ ޚިލާފަށް ކަމުގައެވެ. އަދި ބަޖެޓު މުރާޖަޢާކުރަން ފޮނުވާނެ ކަމުގައި ސަރުކާރުން ބުނި ނަމަވެސް އަދި މިހާތަނަށްވެސް ބަޖެޓު ދިރާސާކުރަން ފޮނުވާފައިނުވާ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު
އައުޓް
އިންޑިއާ އައުޓް މަޖްލީހުގެ ރައީސް ކަމުން ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މަޖްލީހުގެ ރައީސް ކަމުން ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މަޖްލީހުގެ ރައީސް ކަމުން ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މަޖްލީހުގެ ރައީސް ކަމުން ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މަޖްލީހުގެ ރައީސް ކަމުން ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މަޖްލީހުގެ ރައީސް ކަމުން ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މަޖްލީހުގެ ރައީސް ކަމުން ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މަޖްލީހުގެ ރައީސް ކަމުން ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މަޖްލީހުގެ ރައީސް ކަމުން ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މަޖްލީހުގެ ރައީސް ކަމުން ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މަޖްލީހުގެ ރައީސް ކަމުން ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މަޖްލީހުގެ ރައީސް ކަމުން ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މަޖްލީހުގެ ރައީސް ކަމުން ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މަޖްލީހުގެ ރައީސް ކަމުން ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މަޖްލީހުގެ ރައީސް ކަމުން ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މަޖްލީހުގެ ރައީސް ކަމުން ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މަޖްލީހުގެ ރައީސް ކަމުން ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މަޖްލީހުގެ ރައީސް ކަމުން ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މަޖްލީހުގެ ރައީސް ކަމުން ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މަޖްލީހުގެ ރައީސް ކަމުން ކެނެރީގެ ނަޝީދު އައުޓް