ޤައުމު އަނެއްކާވެސް މިވަނީ ބޮޑުތަކުރުފާނަކަށް ބޭނުންވެފައި: މޮސްޓާ

މަރިޔަމް ލީނާ 18 އޮކްޓޯބަރު 2020 22:37
Flowers
މެމްބަރު މޮސްޓާ

ދިވެހިރާއްޖެ މިވަނީ އަނެއްކާވެސް ބޮޑުތަކުރުފާނަކަށް ބޭނުންވެފައިކަމަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ.

ޤައުމީ ދުވަހާއި ގުޅިގެން ފޭސްބުކްގައި އާންމު ކުރެއްވި ލިޔުމެއްގައި މޮސްޓާ ވިދާޅުވީ ޤައުމީ ދުވަސް މިއަދު ފާހަގަ ކުރާއިރު ޤައުމު މިއަދު އަނެއްކާވެސް މިވަނީ ބޮޑުތަކުރުފާނަކަށް ބޭނުންވެފައިކަމަށެވެ. އަދި ޤައުމު އެދި ގޮވަނީ އަޅުވެތިކަމާ ދެކޮޅަށް ނިކުންނަން ދެ ހާޖީންނާއި ދަންޑެހެލު ފަދަ ދަރިންނަށްކަމަށް މޮސްޓާ ވިދާޅުވެފައިވެއެވެ.

"ޤައުމަށް މިއަދު މަދުވަނީ ހުސެއިން އާދަމް ފަދަ ޒުވާނުން. ތިލަދުންމަތިން ޤައުމަށްޓަކާ އަނެއްކާވެސް މިފަދަ ބަޔަކު ނިކުންނަން ނުވޭބާ؟" މޮސްޓާ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން މޮސްޓާ ވަނީ ޕާޓީ ކުލަ ދޫކޮށް ޤައުމީ ކުލައިން ޖަރީވެފައި ތިބި ތިލަދުންމަތީ ޒުވާނުން ހޭލާ ޤައުމުގެ މިނިވަންކަމާ އިސްތިޤްލާލު ކޮޅަށް ޖެހުމަށް ގޮވާލާފައެވެ.

މޮސްޓާ މި މޭރުމުން ވިދާޅުވެފައިވާއިރު ދިވެހިރާއްޖޭގައި ޤާއިމްވެފައި ތިބި އިންޑިއާ ސިފައިން ޤައުމުން ބޭލުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު
އައި
ސާބަސް މޮސްޓާ...