ވީ.އައި.އޭއަށް އެއަރޕޯޓް އިންޝުއަރެންސްގެ ޚިދުމަތްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފި

ހިންދު ތައުފީޤް 17 އޮކްޓޯބަރު 2020 20:47
Flowers

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ހިންގަމުން އަންނަ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) އަށް، 2021 ވަނަ އަހަރަށް އެއަރޕޯޓް އިންޝުއަރެންސްގެ ޚިދުމަތްދޭނެ ފަރާތެއް ހޯދަން އެ ކުންފުނިން އިޢުލާންކޮށްފިއެވެ.



15 އޮކްޓޯބަރ 2020 ވަނަ ދުވަހު އެ ކުންފުނިން ގެޒެޓްކޮށްފައިވާ ބީލަން ހުށަހެޅުމުގެ ދަޢުވަތުގައި، އެއަރޕޯޓް އިންޝުއަރެންސްގެ ގޮތުގައި 'އޯލްރިސްކް އެންޑް ބިޒްނަސް އިންޓަރަޕްޝަން' އިންޝުއަރެންސް، 'އެއަރޕޯޓް އެވިއޭޝަން ލަޔަބިލިޓީ' އިންޝުއަރެންސް އަދި 'ޓެރަރިޒަމް' އިންޝުއަރެންސް ގެ ޚިދުމަތް ފޯރުކޮށްދޭންޖެހޭ ކަމުގައި ބަޔާންކޮށްފައިވެއެވެ.



ޝައުގުވެރިވާ ފަރާތްތަކުން 22 އޮކްޓޯބަރ 2020 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:15 ގެ ކުރިން ސިޓީ، ފެކްސް ނުވަތަ އީމެއިލް މެދުވެރިކޮށް ޝައުގުވެރިކަން ނުވަތަ އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފާޅުކޮށް، ރެޖިސްޓްރީ ވާން، އެފަރާތެއްގެ ފުރިހަމަ ނަމާއި އެޑްރެސް، އީމެއިލް އަދި ގުޅޭނެ ނަންބަރުތައް އެ ކުންފުންޏަށް ފޯރުކޮއްދޭން ވާނެ ކަމުގައި އިޢުލާނުގައިވެއެވެ. ތައްޔާރު ކުރެވިފައިވާ ބީލަންފޮތް އީމެއިލް ކުރެވޭނީ އެގޮތަށް ރަޖިސްޓްރީ ކުރެވޭ ފަރާތްތަކަށް ކަމުގައިވެސް އެމް.އޭ.ސީ.އެލް އިން ބަޔާންކޮށްފައިވެއެވެ.





ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2020 ނޮވެންބަރު 09 ވާ ހޯމަދުވަހުގެ ހެނދުނު 10:15 އެވެ.

ކިޔުންތެރިންގެ ހިޔާލު