200 އަށް ވުރެ ގިނަ ޤާނޫނީ ވަކީލުން، ވަކީލު ކަމުގެ ހުވާ ކޮށްފި

ހިންދު ތައުފީޤް 17 އޮކްޓޯބަރު 2020 20:18
Flowers

ގާނޫނީ ފަންނުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އެއް މަސް ދުވަހުގެ ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ 277 ޤާނޫނީ ވަކީލުން، މިއަދު ވަކީލުކަމުގެ ހުވާކޮށްފިއެވެ.

މިއަދު ހުވާކޮށްފައިވަނީ ގާނޫނީ ވަކީލުކަމުގެ ދާއިރާއިން ކިޔެވުމަށްފަހު ހުވާނުކުރެވި ތިބި ވަކީލުން، ބާ ކައުންސިލުން އެކުލަވާލާ އެއް މަސް ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމުން ވަކީލު ކަމުގަ ހުއްދަ ދެވޭ ގޮތަށް ގާނޫނީ ފަންނުގެ ގާނޫނަށް ގެނައި އިސްލާހު ތަސްދީގު ކުރެވުމަށްފަހު، އެ ޕްރޮގްރާމު ފުރަތަމަ ފަހަރަށް ފުރިހަމަ ކޮށްފައިވާ ވަކީލުންނެވެ.

މައިގަނޑު ފަސް ބައެއް ހިމެނޭ ހެން ބާ ކައުންސިލުން ކުރިއަށް ގެންދާ މި ތަމްރީނު ޕްރޮގްރާމުގެ ދަށުން ކިޔަވައިދެނީ މޯލްޑިވިއަން ލީގަލް ސިސްޓަމް، ކްރިމިނަލް ޕްރޮސީޖާ، ސިވިލް ޕްރޮސީޖާ، ޕްރޮފެޝަނަލް އެތިކްސް އަދި ޑްރާފްޓިންގެ އިތުރުން ދިވެހި ބަސް ބޭނުންކުރުމާ ބެހޭގޮތުންނެވެ.









މިއަދު ހުވާކޮށްފައިވާ ވަކީލުންނަށް، ވަކީލުކަމުގެ ހުވާ ލައިދެއްވީ ޒޫމް މެދުވެރިކޮށް ބޭއްވި އޮންލައިން ބައްދަލުވުމެއްގައި ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ނިޔާޒެވެ.

ކިޔުންތެރިންގެ ހިޔާލު
ޑޭންޖުރެެސް
ރާއްޖޭން އެދުނީ މޮރިޝަސްގެ އިމުގެ މައްސަލަ ޓްރައިބިއުނަލް އިން ނުބެލޭނެ ކަމަށް ކަނޑައަޅަން ކަމަށް ވިނަމަވެސް ތިޔާ މައްސަލަ އުފަންވެގެން އައީ ކޮން ކަމެއް ތަމެން އަޑީގައި ބާއްވައިގެންތޭ މޮރިޝަސް މައްސަލައިގައި ރާއްޖޭން އެދެނީ ޓްރައިބިއުނަލް އިން އެކަން ނުބެލޭނެ ކަަމަށް ޕްރޮޕެގެންޑާ ފަތުރާލާ އަދި މޮރިޝަސް ގައި ތިބި ކޮރަޕްޓް ކާރޓެލްސް ތަކާއި ގުޅިގެން ކޯޓުން ބޭރުން ބަދަލުދޭން ނަމުގައި 200 މިލިއަން ޑޮލަރުގެ ކަޓެއް ޖައްސަން އުޅޭ ހެން މަމެންނަށް ހާދަހީވެއޭ ކަޓް ޖައްސަންވެގެންނޭ ރައީސް އޮފީހުގެ ބޮޑުންނާއި އޭޖީ ގުޅިގެން މިހާރު އެއުޅެނީ މޮރިޝަސް އޭ ކިޔައިގެން ނުބައި އާލާތް ގަނޑެކޭ އެމްޑީޕީ އާލާތުންނަކީ ދޯ ރައްޔިތުންގެ ޚަޒާނާ ދަވާލުން ނޫން ކަމެއް އެއާލާތް ގަނޑު ނުކުރެއޭ ނުރައްކާ އާލާތް ގަނޑެކޭ ނުރައްކަލޭ ރައީސް އިބޫގެ ވެރިކަން ނުރައްކަލޭ ނުރައްކަލޭ ނުރައްކަލޭ އެމްޑީޕީ ވެރިކަން ނޯ ޑޭމް ގުޑް ފޯރ އަވަރ ކަންޓްރީ ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް....