ލަންކާއަށް ދާނަމަ ނެގެޓިވް ޕީސީއާރް ޓެސްޓެއް ހުށަހަޅަން ޖެހޭނެ

މަރިޔަމް ހަސަން 17 އޮކްޓޯބަރު 2020 19:24
Flowers
ސްރީލަންކަން އެއާލައިންގެ ފްލައިޓްތަކެއް
ސްރީލަންކާއަށް ދަތުރުކުރާ ފަރާތްތަކާއި، އެގަުއމުން ބޭރުވާ ފަރާތްތަކުން 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރް ޓެސްޓެއް ހުށަހަޅަން ޖެހޭނެ ކަމަށް އެ ގައުމުން ނިންމައިފިއެވެ.

ލަންކާ ސަރުކާރުން މިހެން ނިންމާފައިވާއިރު، އެގައުމަށް އެތެރެވާ ހުރިހާ ފަރާތްތަކުން މިމަހު 15 ވަނަ ދުވަހުން ފެށިގެން ނެގެޓިވް ޕީސީއާރް ޓެސްޓު ހުށަހަޅަން ޖެހެއެވެ. އަދި އެ ގައުމުން ބޭރުވާ މީހުން މާދަމައިން ފެސިގެން ނެގެޓިވް ޕީސީއާތް ޓެސްޓެއް ހުށަހަޅަން ޖެހޭ ކަމަށް ވަނީ ނިންމާފައެވެ.

މިދިޔަ މާޗް މަހު ކޮވިޑުން ރައްކާތެރިވުމަށްޓަކައި ބޯޓަރުތައް ބަންދު ކުރުމަށްފަހު އަލުން ހުޅުވާނީ މިދިޔަ ޖުލައި މަހު 15 ވަނަ ދުވަހެވެ. އެއަށްފަހު، ރާއްޖެއާ ލަންކާއާ ދެމެދު ދަނީ އަނެއްކާވެސް ފްލައިޓުތައް ބާއްވަމުންނެވެ. އެގޮތުން ހަފްތާއަކު 3 ދުވަހު ކޮލޮމްބޯއާއި ރާއްޖެއާ ދެމެދު ފްލައިޓުތައް އޮޕަރޭޓް ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު