ބްރިޓިޝް އެއާވޭސްގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފި

މަރިޔަމް ހަސަން 17 އޮކްޓޯބަރު 2020 19:44
Flowers
ބްރިޓިޝް އެއާވޭސްގެ ފްލައިޓެއް

އިނގިރޭސި ވިލާތުގެ ބޮޑު އެއާލައިނެއް ކަމަށްވާ ބްރިޓިޝް އެއާވޭސްގެ ދަތުރުތައް ރާއްޖެއަށް މެދުކަނޑާލާފައި އޮތުމަށްފަހު އަލުން ފަށައިފިއެވެ.

މެދު ކެނޑުމަކަށްފަހު ބްރިޓިޝް އެއާވޭސްގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށާފައިވަނީ މިއަދެވެ. އެމްއޭސީއެލުން މައުލޫމާތު ދީފައިވާ ގޮތުގައި، ބްރިޓިޝް އެއާވޭސްގެ ދަތުރުތައް ފެށުމާ އެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ލަންޑަންގެ ހީތްރޯ އެއާޕޯޓާ ދެމެދު ހަފްތާއަކު ތިން ފްލައިޓު ބާއްވާން ވަނީ ޝެޑިއުލްކޮށްފައެވެ. 

ބްރިޓިޝް އެއާވޭސް އަކީ، އިނގިރޭސި ވިލާތުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ އެއާލައިނެވެ. 

މިދިޔަ މާޗް މަހު ކޮވިޑުން ރައްކާތެރިވުމަށްޓަކައި ބޯޓަރުތައް ބަންދު ކުރުމަށްފަހު އަލުން ހުޅުވާނީ މިދިޔަ ޖުލައި މަހު 15 ވަނަ ދުވަހެވެ. އެއަށްފަހު، ދަތުރުތައް މެދުކަނޑާލާފައިވާ ގިނަ އެއާލައިންތަކުން ވަނީ ރާއްޖެއަށް ދަތުރުކުރަން ފަށަފައެވެ. 

ކިޔުންތެރިންގެ ހިޔާލު