"ނަރުދަމާ ނިމުނުހާ އަވަހަކަށް ނައިފަރު މަގުތައް ހަދަން ރައީސް ޔާމީންގެ ސަރުކާރުން އޮތީ ޕްލޭންކޮށްފަ"

މަރިޔަމް ލީނާ 17 އޮކްޓޯބަރު 2020 15:42
Flowers
ޑރ.މުއިއްޒު

ޅ.ނައިފަރުގެ މަގުތަށް ހެދުމަށް ރައީސް ޔާމީންގެ ސަރުކާރުން އޮތީ ޕްލޭންކޮށްފައި ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުއިއްޒު ވިދާޅުވެއްޖެއެވެ. 

ނައިފަރުގެ މަގުތަކުގެ ހާލަތު ގޯސްވެގެން އެރަށު ރައްޔިތުން ކުރި މުޒާހަރާއަކާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި މުއިއްޒު ވިދާޅުވީ ކުރީ ސަރުކާރުގައި ނައިފަރު މަގުތައް ޑިޒައިންކޮށް، ސާވޭކޮށް ބަޖެޓު ކުރެވިފައިވާ ކަމަށެވެ. އަދި ފެނާއި ނަރުދަމާގެ މަސައްކަތް ނިމުނުހާ އަވަހަކަށް ފަށަން ތައްޔާރުކޮށްފައި އޮތް ކަމަށް މުއިއްޒު ވިދާޅުވެއެވެ.

"އެކަން ނުވެ ލަސްވުމަކީ ނައިފަރު ރައްޔިތުންނަށް ދެވޭ އަނިޔާއެއް" މުއިއްޒު ވިދާޅުވިއެވެ.

އެރަށުގައި ކުރީ ސަރުކާރުން ފެށި ފެނާއި ނަރުދަމާގެ މަސައްކަތް މި ސަރުކާރު އައިފަހުން ވަނީ ހުއްޓުވާފައެވެ.

ނައިފަރު މަގުތަކުގައި ވާރޭވެހިއްޖެނަމަ ފެންބޮޑުވެ އާންމުންނަށް ޒަރޫރީ ހިދުމަތްތަށް ހޯދަންވެސް ދަތިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު
މައުރޫފް
އެމަސައްކަތް ހުއްޓުނީ އެމަސައްކަތް ކުރަމުން ދިޔަ އިންޑިއާ ކުންފުންޏަށް ބޮޑު ބަދަލެއް ދޭންކަމަށް ބެލެވޭ