ނައިފަރުގެ މަގުތަކުގެ ހާލަތާމެދު އަޑުއުފުލަން އެ ރަށު ޒުވާނުން ސައިކަލު ބުރެއް ބާއްވައިފި

އިބްރާހިމް އާދަމް 16 އޮކްޓޯބަރު 2020 12:14
Flowers

ނައިފަރުގެ މަގުތަކުގެ ޙާލަތާމެދު އަޑުއުފުލައި، އެ މަގުތައް ބޭނުންކުރުމުގައި ހުރި ދަތިތަކުގެ އަޑު ސަރުކާރަށާއި ކަމާ ބެހޭ ފަރާތްތަކަށް އިއްވުމުގެ ގޮތުން ނައިފަރު ޒުވާނުން އިސްނަގައިގެން "މަގުތައް އޯކޭތަ؟" މި ނަމުގައި ސައިކަލު ބުރެއް ބާއްވައިފިއެވެ. 

މި ސައިކަލު ބުރު އިންތިޒާމުކުރި ނައިފަރު ޒުވާނުން "ދިޔަރެސް"އަށް މައުލޫމާތު ދެމުން ބުނެފައިވަނީ މި ސައިކަލު ބުރުގެ މަޤުޞަދަކީ ނައިފަރުގެ މަގުތައް ހަލާކުވެފައިވުމާއި، ވަޅުގަނޑު ހެދުމުގެ ސަބަބުން ދުއްވާ ތަކެއްޗަށް ބޮޑެތި ގެއްލުންތެއް ލިބެމުންދިއުމާއި، ވޭރޭ ވެހިއްޖެނަމަ މަގުތައް ބޭނުންކުރަން ދަތިވެ، ބޮޑެތި ގެއްލުންތައް ލިބެމުން އަންނާތީ އެކަންކަމުގެ އަޑު ސަރުކާރަށާއި ކަމާ ބެހޭ ފަރާތްތަކަށް ވާސިލުކޮށްދިނުން ކަމުގައެވެ. 

ޒުވާނުން ފާހަގަކުރި ގޮތުގައި މަގުތަކުގައި ވަޅުހެދިފައިވުމުގެ ސަބަބުން ދުއްވާ ތަކެއްޗަށް އަދި އެ މަގުތައް ބޭނުންކުރާ މީހުންނަށްވެސް ބޮޑެތި ގެއްލުންދަނީ ލިބެމުންނެވެ. އެ ޒުވާނުން ފާހަގަކުރި ގޮތުގައި މަގުތަކުގައި ހުންނަ ވަޅުގަނޑުތަކުގެ ސަބަބުން މީހުންނަށް އަނިޔާވެފައިވެސް އެބަހުއްޓެވެ. އެގޮތުން ކިސަނޑު ހެދިފައި ހުންނަ ހިސާބުތަކުން ކަހަލައިގެން ވެއްޓި އަތް ބިންދައިގެން ގޮސް ނުވަތަ ހަން މަށައިގެން ދިއުން ފަދަ އަނިޔާތައް މީހުންނަށް ލިބިފައިވާކަން އެ ޒުވާނުން ފާހަގަކުރިއެވެ. 

އަދި ވާރޭ ފޮދެއް ވެހިއްޖެނަމަ، ދުއްވާ ތަކެތީގައި އުޅުމާއި، ހިނގާބިނގާވެ އުޅުންވެސް ދަތިވާ ކަމަށާއި، މުޅި ރަށުގެ މަގުތައް ކިސަނޑުވެ މަގުތައް ބޭނުންކުރަން ވަރަށް ބޮޑަށް ދަތިވާ ކަމުގައިވެސް ޒުވާނުން ފާހަގަކުރިއެވެ. އަދި މަގުތަކުގައި ވަޅުގަނޑު ހެދުމާއި، ވާރޭވެހި ފެންބޮޑުވުމުންނާއި މަގުތަކުގައި ކިސަނޑު ހެދުމުގެ ސަބަބުން ދުއްވާތަކެއްޗަށް ބޮޑެތި ގެއްލުންތައް ލިބި އެ ތަކެތި މަރާމާތުކޮށް ބެލެހެއްޓުމަށް ބޮޑެތި ޚަރަދުކުރަންޖެހޭ ކަމުގައި ނައިފަރުން ވާހަކަދެއްކި ޒުވާނުން ފާހަގަކުރިއެވެ. 

ނައިފަރުގައި ހިންގަމުން ދިޔަ ނަރުދަމާގެ މަސައްކަތް ހުއްޓުމާއެކު، މަގުތައް ހެދުމުގެ މަސައްކަތްވެސް މަޑުޖެހި ހުއްޓިފައި އޮތުމަކީ ޒުވާނުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމުގައި އެ ޒުވާނުން ފާހަގަކުރިއެވެ. އަދި ނަރުދަމާ ނިންމައިނުލެވި ލަސްވުމުގެ ސަބަބުން ވިއްސާރަ މޫސުމުގައި ޖަންގުޝަންތައް ބެދި، ބިމުގެ މަތީ ފަށަލައަށް ނަޖިސް އަރައި، ރަށު ތެރޭގައި ނަޖިސް ފެން ފެތުރުމުގެ ސަބަބުން ރޯގާއި ބަލިމަޑުކަން އާންމުވުމުގެ ބިރު އޮންން ކަމުގައިވެސް ޒުވާނުން ފާހަގަކުރިއެވެ. 

ނައިފަރަކީ ރަނގަޅު ފެންވަރުގެ ހޮސްޕިޓަލަކާއި ސުކޫލެއް ހުންނަ ރަށަކަށްވާއިރު، ހޮސްޕިޓަލުގެ ޚިދުމަތް ހޯދަން އެ ރަށަށް އަންނަ މީހުންނަށްވެސް މަގުތައް ހަލާކުވެ ފެންބޮޑުވެފައި ހުރުމުގެ ސަބަބުން ބޮޑެތި ދަތިތައް ކުރިމަތިވާ ކަމަށާއި، ސުކޫލަށްދާ ދަރިވަރުންނަށާއި ބެލެނިވެރިންނަށްވެސް ބޮޑެތި ދަތިތަކެއް ތަހައްމަލުކުރަން ޖެހިފައިވާ ކަމުގައި ނައިފަރު ޒުވާނުން ފާހަގަކުރެއެވެ. 

މިހާތަނަށް މި މައްސަލަ ހައްލުކުރުމަށް ކުރެވިފައިވާ ހަމައެކަނި މަސައްކަތަކީ 2017 ވަނަ އަހަރުގައި އެމްޓީސީސީގެ ވެހިކަލެއް ގެނެސް ރަށުގައި ހުރި ބޮޑެތި ވަޅުގަނޑުތަކަށް އަޑިގުޑަން ބޮޑެތި ސަރަހައްދުތަކަށް ވެލިއަޅަައި ބިން އެއްވަރުކުރުމުގެ މަސައްކަތްކުރުން ކަމުގައިވެސް ނައިފަރު ޒުވާނުން ފާހަގަކުރިއެވެ. 

މިހާތަނަށް މިކަމުގައި ޒުވާނުން މީސް މީޑިޔާގައި އަޑުއުފުލި ނަމަވެސް އެކަށީގެންވާ މިންވަރުގެ އިޖާބައެއް ކަމާ ބެހޭ ފަރާތްތަކުން ލިބިފައިނުވާ ކަމުގައި ނައިފަރު ޒުވާނުން ފާހަގަކުރިއެވެ. އެގޮތުން މަގުތަކުގެ މައްސަލަ ހައްލުނުވަނީ ކީއްވެ ކަން ނުވަތަ ހައްލުވާނީ ކޮން ދުވަހެއްގައި ކަންވެސް މިހާތަނަށް އެއްވެސް ފަރާތަކުން ބުނެދެވިފައިނުވާ ކަމުގައި އެ ޒުވާނުން ފާހަގަކުރިއެވެ. 

މި ހަަރަކާތް އިންތިޒާމުކޮށް ކުރިއަށް ގެންދިޔަ ޒުވާނުންނާއި މި ހަރަކާތުގައި ބައިވެރިވި ޒުވާނުން ބުނި ގޮތުގައި އެ ޒުވާނުންގެ އުންމީދަކީ ޒުވާނުންގެ އަޑު ސަރުކާރުން އަހައި، ވީހާވެއް އަވަސް މުސްތަޤުބަލެއްގައި ނައިފަރުގެ މަގުތައް ހެދި، އަމާންކަމާއެކު ބިރެއް ނެތި މަގުތަކުގައި ހިނގާބިނގާވެ އުޅެވޭނެ ގޮތްވުމެވެ. 

އަދި އެ ޒުވާނުން އުންމީދުކުރަނީ މިހާރު މެދުކެނޑި ހުއްޓިފައި އޮތް ނައިފަރުގެ ފެނާއި ނަރުދަމާގެ މަޝްރޫޢު އަލުން ފެށި އެ މަޝްރޫޢު ނިންމާލައި، ފެނާއި ނަރުދަމާގެ ޚިދުމަތް އެ ރަށުގެ ރައްޔިތުންނަށް ލިބުމެވެ. 

ކިޔުންތެރިންގެ ހިޔާލު
މޭކްއިޓް
ރާއްޖެ އަކީ އައިޓީސީ އިންޑަސްޓްރީގައި އަދި އެހާބޮޑަށް ކުރިއަރާފައިވާ ގައުމެއް ނޫނޭ އަދި ކުރިއެރިނަމަވެސް ލަވަފޮށީގައި ސިމްބޮލިކް އަލީ ރަމީޒުގެ ލަވަތައް ސާރޕާސް ކޮށް ސިމްބޮލިކް ކުރި ހޯދުން އެއީ ވެދާނެ ކަމެކޭ ސަބަބަކީ އަލީ ރަމީޒު ލަވަކިޔުން ހުއްޓާލިތާ 20 އަހަރު ދުވަސް ފަހުން އަލީ ރަމީޒުގެ ލަވަތައް ފަހަނައަޅާ ދާނެ ލަވަކިޔުން ތެރިން ރާއްޖެ އަށް އަންނާނެއޭ އެއީ ގުދުރަތީ ގޮތުން އެނިޒާމް ހަމަޖެހިފައި އޮންނަ ގޮތަކީ އެލްވިސް އަށް ފަހު ދެން ދުނިޔެ ދެކުނީ މައިކަލް ޖެކްސަންއޭ ދެން މައިކަލް ޖެކްސަން އަށް ފަހު ދުނިޔެ ދެކޭ ހޮލީވުޑް އާރޓިސްޓް ވާނީ މައިކަލް ޖެކްސަންގެ ރިކޯރޑްސް ތައް މުގުރާލާ މީހަކަށޭ އެއީ އެކަން ހަމަޖެހިފައި އޮންނަ ގޮތަކީ ސިމްބޮލިކް އަށް ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީން ފުރިހަމަ އަށް އިހްތިރާމާއި ލޯތްބާއި ގަދަރު ލިބެން ޖެހޭނެ ކަމަށޭ މަމެން މިދެކެނީ މޭކް އަ ލިޓިލް ސްޕޭސް ޓު މޭކް އިޓް އަ ބެޓަރ ޕްލޭސް ފޯރ ޔޫ އެން ފޯރ މީ އެން ދި އެންޓަޔަރ ހިއުމެން ރޭސް...