Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ނައިފަރުގެ ނަރުދަމާ ހުއްޓާލާފައި ކޮންޓްރެކްޓަރު ފޭބީ ނުފައިބަން ރައްޔިތުން އާދޭސްކުރަނިކޮށް: ޝިޔާމް

ޅ.ނައިފަރުގެ ފެނާއި ނަރުދަމާގެ މަޝްރޫޢުގެ މަސައްކަތް ފައްޓާފައިވަނިކޮށް، މަގުމަތީގައި ހުރި ވަޅުގަނޑުތަކާއެކު މަގުތައް ދޫކޮށްފައިވާ ކޮންޓްރެކްޓަރު މަސައްކަތް ހުއްޓައިލުމަށްފަހު ފައިބައިގެން ދިޔައީ އެހެން ނުހެދުމަށް އެ ރަށުގެ ރައްޔިތުން އާދޭސްކުރަނިކޮށް ކަމުގައި ރައްޔިތުން މަޖިލިހުގެ ނައިފަރު ދާއިރާ މެންބަރު އަދި ޕީޕީއެމްގެ ނައިބުރައީސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިއަދު ރައްޔިތުން މަޖިލިހުގައި ކުރިއަށްދިޔަ ބިނާވެށީގެ ޤާނޫނާ ގުޅޭ ގޮތުން ބަހުސްކުރައްވަމުން ޝިޔާމު ވިދާޅުވެފައިވަނީ ނައިފަރު ރައްޔިތުން މިވަގުތު ތިބީ ނައިފަރުގެ ބިމުގައި ކުރެވިފައިވާ ކަންކަމާމެދު ވަރަށް ކަންބޮޑުވާ ކަމުގައެވެ. "ފެނާއި ނަރުދަމާގެ މަޝްރޫޢު މިއަހަރުގެ ތޭވީހުގައި ހުއްޓައިލި ގޮތަށް ކޮނެފައި ހުރި ވަޅުގަނޑުތަކާއެކު ކޮންޓްރެކްޓަރު ފައިބައިގެން ދިޔައީ އެގޮތަށް އެކަން ނުކުރުމަށް ނައިފަރު ރައްޔިތުން އާދޭސްކޮށްކޮށް ތިއްބާ." ޝިޔާމު ވިދާޅުވިއެވެ.
ވަޅުގަނޑުތައް ހެދި މަގުތައް ބޭނުންނުކުރެވޭ ހިސާބަށް ކަންކަން ގޮސްފައިވާ ކަމުގައިވެސް ޝިޔާމު ފާހަގަކުރެއްވިއެވެ. އެކަމާ ގުޅިގެން މިނިސްޓަރަށް ސިޓީން ދެ ފަހަރެއްގައި ދަންނަވާފައިވާނެ ކަމަށާއި، އަދި ރައްޔިތުންގެ މަޖިލިހަށްވެސް މިނިސްޓަރު ހާޒިރުކުރައްވާފައިވާނެ ކަމުގައި ޝިޔާމު ވިދާޅުވިއެވެ.
އޭގެ އިތުރަށް ޝިޔާމު ވިދާޅުވީ މިނިސްޓަރަށް ފޮނުއްވި ސިޓީތަކުގައިވެސް ނައިފަރުގެ ބައެއް ފަރާތްތަކަށް ފެނާއި ނަރުދަމާ މަޝްރޫޢު ހިންގަން ދިޔަ ކޮންޓުރެކްޓަރުގެ އަތުން ލިބެންޖެހޭ ފައިސާ ނުލިބިހުރިކަންވެސް ފާހަގަކުރައްވާފައިވާނެ ކަމަށެވެ. މިކަމަށްވެސް އެއްވެސް ހައްލެއް ލިބިފައިނުވާ ކަމުގައި ޝިޔާމް ވިދާޅުވިއެވެ.
އަދި މި މައްސަލަތައް ހައްލުކުރައްވާނެ ކަމުގައި ވިދާޅުވެ ދެ ފަހަރެއްގެ މަތިން މިނިސްޓަރު ތާރީޚެއް ދެއްވާފައިވާ ކަމަށާއި، ނަމަވެސް އެ މައްސަލަތައް މިހާތަނަށް ހައްލުވެފައިނުވާ ކަމަށާއި، ތާރީޚަކަށްފަހު ތާރީޚެއް ފަހަނައަޅައި ގޮސްފައިވާ ކަމުގައި ޝިޔާމު ފާހަގަކުރެއްވިއެވެ. އަދި އެ މައްސަލަތައް ހައްލުނުވެ ދިގުލައިގެން ދިއުމުގެ ސަބަބުން ނައިފަރު ދާއިރާގެ ރައްޔިތުން ނިހާޔަތަށް ކަންބޮޑުވާ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
މި ލިއުމާއި ގުޅޭ