އިންޑިޔާއިން ލޯނާއި އެހީ ހޯދަނީ ދެފުށް ފެންނަ ގޮތެއްގައި: ރައީސް ނަޝީދު

އިބްރާހިމް އާދަމް 7 އޮކްޓޯބަރު 2020 21:28
Flowers
ރައްޔިތުން މަޖިލިހުގެ ރައީސް މުޙައްމަދު ނަޝީދު

އިންޑިޔާއިން ދިވެހިރާއްޖެއަށް ދެމުންދާ ލޯނާއި އެހީތައް ދެނީ ދެފުށް ފެންނަ ގޮތަށް އެކަމަށް އިތުރު ހުރަހެއް މެދުވެރިނުވާ ގޮތަށް ކަމުގައި ރައްޔިތުން މަޖިލިހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ މިރޭ ރައްޔިތުން މަޖިލިހުގެ އިދާރާގައި އޮތް ނޫސްވެރިން ބައްދަލުވުމުގައި "ދިޔަރެސް"ގެ ފަރާތުން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ޗައިނާއިން ނެގި ލޯނުތަކަކީ ދަންތުރަތައް ކަމުގައިވެފައި ކުރީ ސަރުކާރުން 5 އަހަރުގެ މުއްދަތުގައި ޗައިނާއިން ނެގި ލޯނުތަކަށްވުރެ ގިނަ ލޯނު މި ސަރުކާރުން 2 އަހަރު ތެރޭ އިންޑިޔާއިން ނެގުމުން އެއީ ދަރަނި ދަންތުރަ ކަމުގައި ނުވާނެތޯ "ދިޔަރެސް"އިން ރައީސް ނަޝީދާ ސުވާލުކުރުމުން، އެމަނިކުފާނުވަނީ އިންޑިޔާ ލޯނުތަކަށް ވަރަށް ބޮޑަށް ތާރީފުކުރައްވާފައެވެ. 

ދަރަނީގެ ދަންތުރައަށްވަނީ ނަގާ ދަރަންޏާއި އެ ދަރަނިން އުފައްދާ ހަރުމުދަލާ އެއްވަރުނުވުމުން ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ދަރަނީގެ ދަންތުރައަކަށްވަނީ ދަރަންޏަށް ނަގާ ފައިސާއިން ކުރާ ކަންތަކުން ދަރަންޏަށް ނަގާ ފައިސާ އަނބުރާ ދެއްކުމަށް ބޭނުންވާ ފައިސާ ނެރެވޭ ވަރުގެ އިޤުތިޞާދީ ހަރަކާތެއް ނުއުފެއްދުމުން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

އިންޑިޔާ ލޯނާއި ޗައިނާ ލޯނުގެ ވަރަށް ބޮޑު ތަފާތެއް އެބަ އޮތް ކަމަށާއި، އިންޑިޔާ ލޯނުތަކުން ހިންގާ މަޝްރޫޢުތައް ޓެންޑާ ކުރަނީ ރާއްޖޭގެ ޓެންޑާ ބޯޑުން ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. ޓެންޑާ ހިންގަނީ ހުޅުވާލެވިފައިވާ ގޮތެއްގައި ކަމުގައެވެ. އަދި ޗައިނާއަށް އިޝާރާތްކުރައްވައި ވިދާޅުވީ އެ ޤައުމުގެ މަޝްރޫޢުތަކުގައި ކުންފުނި އައިސް މަސައްކަތްކުރުމަށްފަހު ރާއްޖެއަށް ފޮނުވަނީ ބިލެއް ކަމުގައެވެ. 

"އިންޑިޔާއިން ސަރުކާރުން ނަގަމުން އެގެންދާ ލޯނާއި އަދި އެހެންވެސް އެހީތައް، އެކަންކަން ކުރަމުން އެގެންދަނީ ދެފުށް ފެންނަ ގޮތަށް. އިތުރު ހުރަހެއް އެކަމަށް ނާންނަ ގޮތަށް." ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު މިފަދައިން ވިދާޅުވި ނަމަވެސް އިންޑިޔާއިން އެންމެ ފަހުން ބަޖެޓު ސަޕޯޓުގެ ގޮތުގައި 250 މިލިއަން ޑޮލަރު ދިނުމަށް އެސްބީއައި މެދުވެރިކޮށް ދިވެހިރާއްޖޭގެ ޓްރެޝަރީ ބޮންޑު ގަތުމަށް ހެދި އެއްބަސްވުން ހާމަކުރުމަށް ސަރުކާރުންވަނީ ދެކޮޅުހަދާފައެވެ. 

ކިޔުންތެރިންގެ ހިޔާލު
ކިނބޫ
ދެފުށެއް ނޫނޭ އެތެރެއޭ ނޭނގިގެން މިއުޅެނީ މޮޔަޔާ.
ބުނަނީ
އިންޑިޔާއިން ލޯނާއި އެހީ ހޯދަނީ ކެނެރީގެ ނަޝީދު އާއި އޭނާގެ އެކެބަނޑެ ބެއްޔާ މެންގެ ކުންފުނި ތަކަށް ކަޓް ލިބޭގޮތަށް އެއްގޮތަކަށް ވެސް އެއްވެސް ފުށެއް ފެންނަ ގޮތަށް ނޫނޭ ކެނެރީގެ ނަޝީދަށް މަހަކު 1 މިލިއަން ޑޮލަރު އެސްބީއައި އިން ދެނީ އެއީ އިންޑިއާ އިން އެކަނި ލޯން ނަގާތީވެ އިންޑިއާ އިން ލޯން ނަގައިގެން މިހާތަނަށް ކޮށްފައިވާ އެއްވެސް މަސައްކަތަކީ އެއްވެސް ކޮލިޓީ އެއް ހުރި މަސައްކަތެއް ނޫނޭ އައިޖީއެމްއެޗް ވެސް އެހެރީ ތަޅާ ފުނޑާލަން ވެފައި ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އިމާރާތް އެހެރީ ފުނޑިފައި ކެނެރީގެ ނަޝީދަށާއި އޭނާގެ އެކެބަނޑެ ބެއްޔާ މެންގެ ކުންފުނި ތަކަށް ބައި އިންޑިއާ ލޯން އިން އަޅާތީވެ އިންޑިއާ ލޯން ރަނގަޅޭ އެކޮރަޕްޓް ބަދަވި އެބުނަނީ..