Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު ފަރާތްތައް ހޯދޭނެކަމަށް މިހާރު ޤަބޫލުނުކުރަން: އާދަމް ޝަރީފު

އެމްއެމްޕީއާރުސީ ޚިޔާނާތުގެ ފައިސާ ލިބުނު ފަރާތްތައް ހޯދޭނެ ކަމަށް މިހާރު ދެކެވަޑައިނުގަންނަވާ ކަމުގައި ރައްޔިތުން މަޖިލިހުގެ މަޑުއްވަރ ދާއިރާ މެންބަރު އަދި ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފު މިފަދައިން ވިދާޅުވީ ކުރީގެ ނައިބުރައީސް އަޙްމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި 7 ދައުވާއަށް އޭނާ އިއުތިރާފުވެވަޑައިގަތުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. އިއްޔެ ކުރިމިނަލް ކޯޓުގައި ބޭއްވި ޝަރީޢަތުގެ އަޑުއެހުމުގައި އަދީބުވަނީ މި 7 ދައުވާއަށްވެސް އިއުތިރާފުވެވަޑައިގެންފައެވެ. އަދި އެމްއެމްޕީއާރުސީ ފައިސާ ނުލިބޭ އެއްވެސް ޕާޓީއެއް ނެތް ކަމަށާއި، ކުރީގެ ރައީސުންނާއި، މަޖިލިސް މެންބަރުންނާއި ކޯޓުތަކުގެ ފަނޑިޔާރުންނަށްވެސް އެ ފައިސާއިން ނަފާ ލިބުނު ކަމުގައި އޭނާ ވަނީ ވިދާޅުވެފައެވެ.


އަދީބުގެ މިވާހަކަފުޅާ ގުޅިގެން އާދަމް ޝަރީފު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ އަދީބުގެ އިއުތިރާފަކީ ކޮރަޕްޝަނުގެ ފައިސާ ލިބުނު ފަރާތްތަކުގެ ނަންތައް ޑިލީޓުކުރުމަށް ކޮށިގެން އައި މަގެއް ކަމުގައި ވެގެންނުވާނެ ކަމަށެވެ. އެމްއެމްޕީއާރުސީ ޚިޔާނާތުގެ ފައިސާ ލިބުނު ޕާޓީތަކާއި މީހުންނަކީ ކޮބައިކަން ހޯދޭނެ ކަމުގައި އޭނާ ޤަބޫލުނުކުރައްވާ ކަމުގައިވެސް އާދަމް ޝަރީފު ވިދާޅުވިއެވެ.
އާދަމް ޝަރީފު އިތުރަށް ވިދާޅުވެފައިވަނީ މި ސަރުކާރަށް ކޮރަޕްޝަނުގެ ފައިސާ ލިބުނު ޕާޓީތަކާއި މީހުންގެ ނަންތައް ނުހޯދޭނެ ސަބަބަކީ މި ސަރުކާރުގެ ކޮރަޕްޝަން އެއަށްވުރެ މާ ބޮޑަށް އިތުރުވެފައިވުމެވެ.
އަދީބު އިއްޔެ ޝަރީޢަތުގެ އަޑުއެހުމުގައި ކޮރަޕްޝަންގެ ފައިސާ ނުލިބޭ އެއްވެސް ޕާޓީއެއް ނޯންނާނެ ކަމުގައި ވިދާޅުވުމާ ގުޅިގެން ޢަދާލަތު ޕާޓީން ބުނެފައިވަނީ އެ ޕާޓީއަށް އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ފައިސާއެއް ލިބިފައިނުވާ ކަމުގައެވެ. އަދި ކުރީގެ ރައީސުންނަށްވެސް އެ ފައިސާއިން ފައިދާވި ކަމުގައި އަދީބު ވިދާޅުވުމާ ގުޅިގެން ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލިހުގެ މިހާރުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވަނީ އެމަނިކުފާނަށް ކޮރަޕްޝަނުގެ ފައިސާއެއް ލިބިވަޑައިގެންފައިނުވާ ކަމުގައެވެ.
ކުރީގެ ރައީސުންނާ ގުޅޭ ގޮތުން އަދީބު އިއްޔެގެ އަޑުއެހުމުގައި ވިދާޅުވެފައިވަނީ ކުރީގެ ރައީސުންނާއި މަޖިލިސް މެންބަރުންނަށްވެސް މި ޚިޔާނާތުގެ ފައިސާއިން ފައިދާވެފައިވާ ކަމުގައެވެ. ކުރީގެ ރައީސް، މުޙައްމަދު ނަޝީދު ޖަލުގައި ހުންނަވަނިކޮށް ގެއަށް ބަދަލުކޮށްފައިވަނީ ނައިބުރައީސް ކަމަށް އަދީބު ގެނައުމަށް އެމްޑީޕީން ރުހުންދިނުމަށް ޝަރުޠުކޮށް އެމްޑީޕީއާއެކު ހެދުނު އެއްބަސްވުމެއްގެ ދަށުން ކަމަށާއި، އެ އެއްބަސްވުމުގެ ދަށުން އެމްޑީޕީއަށް ގިނަ ޢަދަދެއްގެ ފައިސާ އަދީބު ދެއްވި ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ.
މި ލިއުމާއި ގުޅޭ