މުޅި ޤައުމު ދަނޑުވެރިކަމަށް މިސްރާބުޖަހާއިރު ދަނޑުވެރިކަމާ ބެހޭ ވުޒާރާ އޮތީ ނިދާފައި: ބޮންޑެ

ހަޔާ ޔޫސުފް 29 ސެޕްޓެމްބަރު 2020 22:14
Flowers
ރައްޔިތުން މަޖިލިހުގެ މާފަންނު މެދު ދާއިރާ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ)

މުޅި ޤައުމު ދަނޑުވެރިކަމާ ދިމާލަށް މިސްރާބުޖަހާއިރު، ދަނޑުވެރިކަމާ ބެހޭ ވުޒާރާ އޮތީ ނިދާފައި ކަމަށް ރައްޔިތުން މަޖިލިހުގެ މާފަންނު މެދު ދާއިރާ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ. 

މިފަދައިން އޭނާ ވިދާޅުވެފައިވަނީ ރާއްޖޭގެ ބައެއް ރަށްރަށުގައި މިހާރު ދަނޑުވެރިކަމުގެ މަސައްކަތް ފަށައިގެން އެ މަސައްކަތުން އެކަށީގެންވާ މިންވަރުގެ ނަފާއެއް ހޯދަމުންދާ ވާހަކަ "މިހާރު" ނޫހުގައި ރިޕޯޓުކޮށްފައިވާ ލިޔުމެއް ހިއްސާކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ. ވަރަށް ގިނަ ރަށްރަށުގައި ފަތުރުވެރިކަމުގެ މަސައްކަތް ހުއްޓުމާއެކު ދަނޑުވެރިކަމުގެ މަސައްކަތް ކުރަންވަނީ ފަށާފައެވެ. ބައެއް ރަށްރަށުގައި މި މަސައްކަތް ފަށާފައިވަނީ އެ ރަށްރަށުގެ ރަށު ކައުންސިލުތަކުގެ އިސްނެގުމާއެކުއެވެ. ބޮންޑެ ކުރެއްވި ޓުވީޓުވައި ވިދާޅުވެފައިވަނީ މިހާރު ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށް، ކިލޯމީޓަރުގެ ކުޑަ ސަރަހައްދުގައި ދަނޑުވެރިކަން ފުޅާކުރުމަށް ރައްޔިތުން މަސައްކަތްކުރަމުންދާ ކަމުގައެވެ. އަދި ދަނޑުވެރިކަމުގެ ވަށައިގެން އުފެދިފައި އޮންނަ ފަތުރުވެރިކަން ފުޅާކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމުގައި އޭނާ ވިދާޅުވިއެވެ. 

ރައްޔިތުން ދަނޑުވެރިކަމުގެ މައްޗަށް ބަރޯސާވާ މިންވަރު އިތުރުވެ، ދަނޑުވެރިކަމާއި ދަނޑުވެރިކަމުގެ މައްޗަށް ބަރޯސާވާ ފަތުރުވެރިކަން ކުރިއަރުވައި ފުޅާކުރަން މަސައްކަތްކުރަމުންދާއިރު، މުޅި ރާއްޖެދަނީ ދަނޑުވެރިކަމަށް ވަންނަމުން ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. އަދި މިހުރިހާ ކަމެއް ހިނގަމުންދާއިރު ދަނޑުވެރިކަމަށް އެގްރިކަލްޗާ މިނިސްޓްރީން ދޭންޖެހޭ ސަމާލުކަން ދީފައިނުވާ ކަމުގައި އޭނާ ވިދާޅުވިއެވެ. 

ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީގެ ވަޒީރަކީ ސަރުކާރު ކޯލިޝަން ޕާޓީތަކުގެ ތެރެއިން ރައީސް މައުމޫނުގެ މޯލްޑިވްސް ރިފޯމް މޫވްމެންޓަށް ނިސްބަތްވެވަޑައިގަންނަވާ ވަޒީރެކެވެ. މީގެ ކުރިންވެސް މިނިސްޓަރު ޒަހާއަށް ރައްޔިތުން މަޖިލިހުގެ އެމްޑީޕީ މެންބަރުންގެ ފާޑުކިޔުން އަމާޒުވެފައިވެއެވެ. އެއީ މަސްވެރިކަމާ ބެހޭ ޤާނޫނުގެ ދަށުން ހަދަންޖެހޭ ޤަވާޢިދުތަކެއް އެކަމަށް ކަނޑައެޅިފައިވާ މުއްދަތުގައި އެކުލަވައިނުލެއްވިގެންނެވެ. 

ކިޔުންތެރިންގެ ހިޔާލު