Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ޕާކު ހެދުމުގައި ކޮރަޕްޝަން އެކުލެވޭތީ ޝިފާގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

މާލޭ މޭޔަރު ޝިފާގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފިއެވެ.
މާލޭ ބްރިޖު ސަރަހައްދުގައި މާލެ ސިޓީ ކައުންސިލުން ތަރައްޤީކޮށްފައިވާ ޕާކްގެ މައްސަލާގައި މާލޭގެ މޭޔަރު ޝިފާ މުހައްމަދުގެ މައްޗަށް ދައުވާ ކުރަން އެންޓިކޮރަޕްޝަން ކޮމިޝަނުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
އޭސީސީ އިން މި މައްސަލާގައި ޝިފާގެ މައްޗަށް ދައުވާކުރުމަށް ފޮނުވާފައިވަނީ، ޤާނޫނުލްއުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާކަމުގެ ދައުވާ ކަމަށެވެ.
އޭސީސީގެ ތަހުގީގުން މި މައްސަލާގައި ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، އެ ޕާކު ތަރައްޤީކުރުމަށް މާލެ ސިޓީ ކައުންސިލުން ހިންގާފައިވާ މަޝްރޫއުގައި ހިމެނޭ ދެ ފާހާނާ ބަރިއާއި،ތިން ހަޓާއި، ތިން އެންޓްރަންސް ކެނޮޕީއާއި، ލައިފްގާޑް ޓަވަރެއް ރެނޮވޭޓްކުރުމާއި، އެއް ގާޑަން ބްރިޖް ހަދައި އިންސްޓޯލްކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ދެ ފާޚާނާބަރީގެ މަސައްކަތް އަމިން ކޮންސްޓްރަކްޝަން ޕވޓ. ލޓޑ. އިން ކޮށް ނިންމާފައިވާކަމާއި، އިޢުލާނުކޮށްގެން ވާދަވެރި ބީލަމެއްގެ ތެރެއިން މި މަސައްކަތް ހަވާލުކުރެވެން އޮތްކަން ތަޙުޤީޤަށް ފާހަގަކުރެވިފައިވާއިރު، އަމީން ކޮންސްޓްރަކްޝަން ޕވޓ. ލޓޑ. އާ މި މަސައްކަތް ހަވާލުކޮށްފައިވަނީ ލިޔެކިޔުމެއް ނެތި ވާދަވެރި ދެފުށްފެންނަ އުޞޫލަކުން ނޫންކަން ވަނީ ހާމަކޮށްފައެވެ.
މީގެ އިތުރުންވެސް ގިނަ ކަންތައްތަކެއް އޭސީސީގެ ތަހުގީގުން ވަނީ ފާހަގަކޮށްފައެވެ.
އަދި މުޅި މިކަމުގައި ޝިފާ އަމަލުކޮށްފައިވަނީއަމިން ކޮންސްޓްރަކްޝަން ޕވޓ. ލޓޑ. އަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ ނިޔަތުގައިކަން ތަޙުޤީޤަށް ލިބިފައިހުރި ހެކިތަކުން އެނގެން އޮންނާތީ އޭނާގެ މައްޗަށް ދައުވާކުރަން ފޮނުވީ ކަމަށް އޭސީސީން ބުނެފައިވެއެވެ.
މި ލިއުމާއި ގުޅޭ