ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިންނާ ގޭންގަކާ ދެމެދު މާރާމާރީ ހިނގިކަން ހާމަވެއްޖެ

ހަޔާ ޔޫސުފް 29 ސެޕްޓެމްބަރު 2020 17:09
Flowers
ވިލިގިލީގައި ހުންނަ ކުޑަކުދިންގެ ހިޔާ/ ފޮޓޯ: މިހާރު

ވިލިގިލީގެ ގޭންގަކާއި ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ބައެއް ކުދިންނާއި ދެމެދުގައި ހަމަނުޖެހުންތަކެއް ހިނގައި ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ބައެއް ކުދިންނަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެއެވެ.

މި ހަމަނުޖެހުންތައް ހިނގަމުންދާތާ ދުވަސްކޮޅެއް ވެފައިވާ ކަމަށާއި އެހެން ނަމަވެސް ދާދިފަހުން މިހަމަނުޖެހުންތައް އިތުރަށް ސީރިއަސްވެ، ކުޑަކުދިންގެ ހިޔާގެ ބައެއް ކުދިން ހޮސްޕިޓަލުން ފަރުވާ ހޯދާފައިވާ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ. މި މައްސަލައިގެ ސަބަބުން ކުޑަކުދިންގެ ހިޔާ ސަރަޙައްދުގައި ފުލުހުން ޙަރަކާތްތެރިވުމުގެ އިތުރުން ފުލުހުން މި މައްސަލަ ތަޙްޤީޤުކުރަމުންދާކަމުގެ މަޢުލޫމާތު ލިބެއެވެ.

ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ އެހެން ކުދިންނަށްވެސް މި ފަހަކަށްއައިސް އެކިއެކި އެހެން އަނިޔާތައް ލިބިފައިވެއެވެ. އަދި މި ހަފްތާގެ ތެރޭގައި އޭގެތެރެއިން އެއްކުއްޖެއްގެ ބޯ ފަޅައިގެން ދިއުމުގެ ސަބަބުން ހޮސްޕިޓަލަށް ގެންގޮސް ފަހަންޖެހުނެވެ. އަދި އެ އަނިޔާގެ ފޮޓޯތައް އެކުދިން ވަނީ ސޯޝަލް މީޑިއާގައި ޚިއްޞާ ކޮށްފައެވެ.

ދަޢުލަތުގެ ބެލުމުގެ ދަށަށް ކުދިން ނެގެނީ ކުޑަކުދިންނަށް ކުރާ އަނިޔާއާއި އިޙްމާލްފަދަ ކަންކަމުން އެކުދިން ރައްކާތެރިކުރުމަށެވެ. މިހެންވެ، ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިންނަށް ލިބޭ އަނިޔާއިން އެކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ ސޯޝަލް ސާރވިސަސް ފެއިލްވުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މިފަދަ ކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ދަޢުލަތުގެ ޒިންމާއެކެވެ. 

އެހެން ނަމަވެސް ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިންނަށް ލިބޭ މިފަދަ އަނިޔާތަކުން ދައްކައިދެނީ އެ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޤާބިލްކަން ނެތްކަމެވެ.

ކިޔުންތެރިންގެ ހިޔާލު
އަހްމަދު ޝަރީފް
އަހުމާލުވަނީއޭ ކިޔާ މައިންބަފައިން އަތުން ދަރިން ފޭރިގެން ގެންގޮސް މުޅި ހަޔާތް ބަރުބާދުވާތަން ބަލަން މިނުބައި ސަރުކާރުގެ ވެރިން ތިބެނީ.
Ahmed Niyax Ibrahim
ގުރޭޓް