ޔޫއޭއީ އިން ރާއްޖެއަށް ދެ ސެނިޓައިޒޭޝަން ޓްރަކް ހަދިޔާކޮށްފި

މަރިޔަމް ލީނާ 29 ސެޕްޓެމްބަރު 2020 15:51
Flowers
ސެނިޓައިޒޭޝަން ޓްރަކް

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ރާއްޖެއަށް ދެ ސެނިޓައިޒޭޝަން ޓްރަކް ހަދިޔާކޮށްފިއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވަނީ އެކަމަށްޓަކާ ޔޫއޭއީގެ ސަރުކާރަށް ޝުކުރު ދަންނަވާފައެވެ. އަދި އުޅަނދުތަކުގެ ސަބަބުން ކޮވިޑު-19 އާއި ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ފަސޭހަ ކަމެއް ލިބި މަސައްކަތް ވަރުގަދަ ކުރެވޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. 

ޔޫއޭއީ އަކީ ރާއްޖެއަށް އަބަދުވެސް ގިނަގުނަ އެހީވާ ޤައުމެކެވެ. މިގޮތުން މިދިޔަ ޖޫން މަހު ޔޫއޭއީ އިން ވަނީ ރާއްޖެއަށް 77.3 މިލިއަން ރުފިޔާގެ މެޑިކަލް އިކުއިޕްމެންޓް ހަދިޔާކޮށްފައެވެ. 

މީގެ ކުރިން ރައީސް ޔާމީންގެ ވެރިކަމުގައިވެސް ޔޫއޭއީ އިން ވަނީ ރާއްޖެއަށް އެކިކަންކަމުގައި ބޮޑެތި އެހީތައް ވެފައެވެ. 

ކިޔުންތެރިންގެ ހިޔާލު