Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

އަނބުރާ ނުގެންދާ ގޮތަށް އިންޑިއާގެ އަސްކަރީ މަތިންދާބޯޓެއް ރާއްޖެ ގެނެސްފި

ދާއިމީ ގޮތެއްގައި ރާއްޖޭގައި ބޭއްވުމަށް އިންޑިއާގެ ކަނޑުގެ ސިފައިންގެ މަތިންދާ ބޯޓެއް މިއަދު ދިވެހިރާއްޖެއަށް ގެނެސްފިއެވެ.
ޑޯނިއާ-228 މަރުކާގެ މި މަތިންދާބޯޓަކީ ކުރީ ސަރުކާރުން އެދިގެން، މިހާރު އިންޑިއާއިން ހަދިޔާއެއްގެ ގޮތުގައި ދިން މަތިންދާބޯޓެއް ކަމަށް އެމްއެންޑީއެފް އިންބުނެފައިވެއެވެ. އެހެން ނަމަވެސް ކުރީ ސަރުކާރުން ޑޯނިއާ މަތިންދާބޯޓެއް ދިނުމަށް އިންޑިއާ ސަރުކާރުގައި އެދިފައިނުވެއެވެ.
އިންޑިއާ ސަރުކާރުން 2016 ވަނަ އަހަރު ދިވެހިރާއްޖޭގައި އިންޑިއާ ސިފައިންނާއި އެކު މަތިންދާބޯޓެއް އޮޕަރޭޓުކުރުމަށް ބޭނުންވެގެން އެއްބަސްވުމެއް ހަދައި އެ އެއްބަސްވުމުގައި ސޮއިކުރައްވަން އޭރުގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަށް ދެންނެވުމުން ރައީސް ޔާމީން ވަނީ އެ އެއްބަސްވުމުގައި އެގޮތަށް ސޮއި ނުކުރެވޭނެ ކަމަށް ދަންނަވާފައެވެ. އަދި އޭގެ ބަދަލުގައި، އިންޑިއާ ސިފައިންނާ ނުލާ މަތިންދާބޯޓެއް ހަދިޔާ ކުރައްވަން ރައީސް ޔާމީން އެދިވަޑައިގެންނެވިއެވެ. އަދި އެއަށްފަހު ޑޯނިއާ ފްލައިޓު ރާއްޖެ ގެނައުމުން އިންޑިއާގައި ރާއްޖެއިން އޮޕަރޭޓު ކުރަމުން ދިޔަ ހެލިކޮޕްޓަރުތައްވެސް އަނބުރާ ފޮނުވާލާގޮތަށް ރައީސް ޔާމީން ނިންމެވިއެވެ.
އެހެން ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާއި ހަވާލުވެ، އެ އެއްބަސްވުން ބަދަލުކޮށް، ސީދާ އިންޑިއާ ސިފައިން އެ މަތިންދާބޯޓު ދުއްވަން ރާއްޖޭގައި ދާއިމަށް ޤާއިމްވެ ތިބޭގޮތަށް ވަނީ ހަމަޖައްސާފައެވެ. މިގޮތުން މި މަތިންދާބޯޓާއި އެކު އިންޑިއާގެ 32 ސިފައިން ރާއްޖޭގައި ހަރަކާތްތެރިވާނެއެވެ.
ހަނިމާދޫގައި މި މަތިންދާބޯޓު ބޭއްވުމަށް ހަމަޖެހިފައިވާއިރު، އިންޑިއާ ސަރުކާރުން ވަނީ ހަނިމާދޫ އެއާޕޯޓު ތަރައްޤީކުރުމުގެ ބޮޑު މަޝްރޫއެއް ފަށަން އުޅޭކަމަށް އިއުލާންކޮށްފައެވެ. މި މަޝްރޫއު އިއުލާން ކުރީވެސް ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުންނެވެ. އޭގެ އެއްވެސް މައުލޫމާތެއްވެސް އަދި ރާއްޖޭގެ އެއްވެސް ރަސްމީ އިދާރާއަކުން ހާމަކޮށްފައިނުވެއެވެ.
ސަރުކާރުން އިންޑިއާ އާއި އެކު އަޑި ނޭގޭ ގިނަ އެއްބަސްވުންތައް ސޮއިކޮށް ރާއްޖޭގައި އިންޑިއާ ސިފައިންގެ އަދަދު އިތުރުކުރަމުންދާތީ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މި ލިއުމާއި ގުޅޭ