Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވިޔަފާރި

ސްރީލަންކާ އިން އާ އެއާލައިނެއް ފަށަނީ

އަވަށްޓެރި ސްރީލަންކާ އިން އާ އެއާލައިނެއް ފެށުމަށް ނިންމައިފިއެވެ.
ސްރީލަންކަން އެއަރލައިންސް އާއި އެހެން ބައެއް އެއާލައިންތަކުގައި ކުރިން މަސައްކަތްކުރި ކެޕްޓަނުންތަކެއް ގުޅިގެން އުފައްދާ މި އެއާލައިނަށް ކިޔަނީ ސްޕާކްސް އެއާއެވެ.
އިންޓަނޭޝަނަލް ދަތުރުތައް ކުރަން ހަމަޖެހިފައިވާ ސްޕާކްސް އެއާ އޮޕަރޭޓުކުރާނީ މައްޓަލަ ރާޖަޕަކްސަ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އަދި މި އެއާލައިންގެ ހިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 2021 އިން ފެށިގެންނެވެ.
އެންމެ ފުރަތަމަ ސްޕާކްސް އެއާ އިން ގެނައުމަށް ހަމަޖެހިފައިވަނީ އެއާބަސް އޭ330 މަރުކާގެ ދެ މަތިންދާބޯޓެވެ. ކޮވިޑު-19 އާއި ގުޅިގެން ފުރަތަމަ އެ އެއާލައިނުން ދޭން ހަމަޖެހިފައިވަނީ ކާގޯ ހިދުމަތްތައް އެކަންޏެވެ. ނަމަވެސް ފަހުން ޕަސިންޖަރުންވެސް އުފުލާނެ ކަމަށް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.
ސްރީލަންކާގައި ދެން އޮޕަރޭޓު ކުރަނީ އެ ޤައުމުގެ ޤައުމީ އެއާލައިންކަމަށްވާ ސްރީލަންކަން އެއަރލައިންސްއެވެ.
މި ލިއުމާއި ގުޅޭ