އިންޑިޔާއިން ނެގި 250 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުން ހާމަކުރަން ސަރުކާރުން ދެކޮޅުހަދައިފި

މަރިޔަމް ލީނާ 28 ސެޕްޓެމްބަރު 2020 18:31
Flowers
ފައިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު

ބަޖެޓު ސަޕޯޓުގެ ގޮތުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާއަށް ދިވެހި ސަރުކާރުން ވިއްކި 250 މިލިއަން ޑޮލަރުގެ ބޮންޑާ ގުޅޭ އެއްވެސް މައުލޫމާތެއް ހާމަކުރަން ސަރުކާރުން ދެކޮޅު ހަދައިފިއެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްޤުގެ ޤާނޫނުގެ ދަށުން، "ދިޔަރެސް" ނޫހުން ވަނީ އެ ބޮންޑު ވިއްކުމަށް އިންޑިއާ އާއި އެކު ވެވުނު އެއްބަސްވުމާއި، އެ ބޮންޑުގެ އިންޓަރެސްޓު ރޭޓު ހޯދުމަށް އެދި ފިނޭންސް މިނިސްޓްރީއަށް ހުށަހަޅާފައެވެ. ފިނޭންސް މިނިސްޓްރީން މިއަދުވަނީ އެ މައުލޫމާތު ހާމަ ނުކުރެވޭނެ ކަމަށް ބުނެފައެވެ.

އަދި އެ މައުލޫމާތު ހާމަ ނުކުރެވޭނީ އެ މައުލޫމާތަކީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ޤާނޫނުގެ 25 ވަނަ މާއްދާއަށް ރިއާޔަތްކޮށް ކަމުގައިވެސް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ. އެ މާއްދާގައި ބުނެފައިވަނީ އެ މައުލޫމާތެއް ހާމަކުރުމުގެ ސަބަބުން ފޫނުބެއްދޭ މިންވަރުގެ ގެއްލުމެއް ލިބިދާނެ ފަދަ މައުލޫމާތު ހާމަނުކުރުމުގެ އިޚުތިޔާރު ދައުލަތަށް ލިބިގެންވާ ކަމުގައެވެ. 

އެ މާއްދާގެ (ހ)ގައި ބުނެފައިވަނީ އެ މައުލޫމާތަކީ ހާމަނުކުރާނެ ކަމުގައި އެއްބަސްވެގެން ހޯދާ މައުލޫމާތެއް ކަމުގައިވެފައި އެ މައުލޫމާތަކީ ވިޔަފާރީގެ ސިއްރެއް ހިމެނޭ މައުލޫމާތެއް ކަމުގައިވުމާއި، އެ މައުލޫމާތު ހާމަކޮށްފިނަމަ، ތިންވަނަ ފަރާތެއްގެ ވިޔަފާރީގެ މަސްލަހަތަށް ގެއްލުން ލިބިދާނެ ކަމުގައި ބެލެވޭ މައުލޫމާތަކީ ހާމަނުކުރުމުގެ އިޚުތިޔާރު ދައުލަތަށް ލިބިގެންވެއެވެ. 

އަދި އެ މާއްދާގެ (ށ)ގައި ބުނެފައިވަނީ ބޭރު ދައުލަތަކާއެކު ހިންގާ މުއާމަލާތެއްގެ ތެރެއިން ނުވަތަ އެފަދަ ޤައުމަކާއެކު ހެދޭ އެއްބަސްވުމެއްގެ ތެރެއިން ލިބޭ މައުލޫމާތު ހާމަކުރުމުން އެ ޤައުމާއި ރާއްޖެއާމެދު އޮތް ގުޅުމަށް އަސަރުކޮށްފާނެ ކަމުގައި ބެލެވޭ މައުލޫމާތު ހާމަނުކުރުމުގެ އިޚުތިޔާރު ލިބިފައިވާ ކަމުގައެވެ. 

ފިނޭންސް މިނިސްޓްރީން މި އެއްބަސްވުން ހާމަަކުރުމާ ދެކޮޅު ހެދުމާ ގުޅިގެން، އެ މައްސަލަ އެ މިނިސްޓްރީގައި އޮންނަ އިސްތިއުނާފު ކޮމިޓީގައި އިސްތިއުނާފުކުރުމަށް ދިޔަރެސް ނޫހުންވަނީ ނިންމާފައެވެ. މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގުގެ ބައިނަލްއަޤުވާމީ ދުވަހުގެ މުނާސަބަތުގައި ރައީސް ސޯލިހުވަނީ މައުލޫމާތު ހާމަކުރުމަކީ ކޮރަޕްޝަން ހުއްޓުވުމަށް މުހިއްމު ކަމެއް ކަމުގައި ވިދާޅުވެފައެވެ. 

ކިޔުންތެރިންގެ ހިޔާލު
އައުޓް
އިންޑިއާ ވަގު ލޯން އިންޑިއާ އައުޓް އިންޑިއާ ވަގު ލޯން އިންޑިއާ އައުޓް އިންޑިއާ ވަގު ލޯން އިންޑިއާ އައުޓް އިންޑިއާ ވަގު ލޯން އިންޑިއާ އައުޓް އިންޑިއާ ވަގު ލޯން އިންޑިއާ އައުޓް އިންޑިއާ ވަގު ލޯން އިންޑިއާ އައުޓް އިންޑިއާ ވަގު ލޯން އިންޑިއާ އައުޓް އިންޑިއާ ވަގު ލޯން އިންޑިއާ އައުޓް އިންޑިއާ ވަގު ލޯން އިންޑިއާ އައުޓް އިންޑިއާ ވަގު ލޯން އިންޑިއާ އައުޓް އިންޑިއާ ވަގު ލޯން އިންޑިއާ އައުޓް އިންޑިއާ ވަގު ލޯން އިންޑިއާ އައުޓް އިންޑިއާ ވަގު ލޯން އިންޑިއާ އައުޓް އިންޑިއާ ވަގު ލޯން އިންޑިއާ އައުޓް އިންޑިއާ ވަގު ލޯން އިންޑިއާ އައުޓް އިންޑިއާ ވަގު ލޯން އިންޑިއާ އައުޓް އިންޑިއާ ވަގު ލޯން އިންޑިއާ އައުޓް އިންޑިއާ ވަގު ލޯން އިންޑިއާ އައުޓް އިންޑިއާ ވަގު ލޯން އިންޑިއާ އައުޓް އިންޑިއާ ވަގު ލޯން އިންޑިއާ އައުޓް އިންޑިއާ ވަގު ލޯން އިންޑިއާ އައުޓް އިންޑިއާ ވަގު ލޯން އިންޑިއާ އައުޓް އިންޑިއާ ވަގު ލޯން އިންޑިއާ އައުޓް އިންޑިއާ ވަގު ލޯން އިންޑިއާ އައުޓް އިންޑިއާ ވަގު ލޯން އިންޑިއާ އައުޓް އިންޑިއާ ވަގު ލޯން އިންޑިއާ އައުޓް އިންޑިއާ ވަގު ލޯން އިންޑިއާ އައުޓް އިންޑިއާ ވަގު ލޯން އިންޑިއާ އައުޓް އިންޑިއާ ވަގު ލޯން އިންޑިއާ އައުޓް އިންޑިއާ ވަގު ލޯން އިންޑިއާ އައުޓް އިންޑިއާ ވަގު ލޯން އިންޑިއާ އައުޓް އިންޑިއާ ވަގު ލޯން އިންޑިއާ އައުޓް އިންޑިއާ ވަގު ލޯން އިންޑިއާ އައުޓް އިންޑިއާ ވަގު ލޯން އިންޑިއާ އައުޓް އިންޑިއާ ވަގު ލޯން އިންޑިއާ އައުޓް
އައުޓް
އިންޑިއާ އިން ސިވިލް ސާރވިސް މުވައްޒަފުން ތަމްރީން ކޮށްފިނަމަ އެމެން ބަދަލުވާނީ ބޮޑު ވަގުންނަށޭ ހެޔޮނުވާނެ އިންޑިއާ އިން ސިވިލް ސާރވިސް މުވައްޒަފުން ތަމްރީން ކުރަން އިނގޭތޭ އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް
މމ މުނާޒު
ސްޕާރ މެޖޯރިޓީ ދީގެން ތިބޭ. ގައު މު އަޅުވެތި ކުރަން ބޭނުންވި މީހުނަށް ވޯރޓްދިން މީހުނަށް ސަލާ މް. ފަހުން ނުރޯތި. ކެނެރީ އާއި ސިއްކަ ފަހަރުގަ ތިބޭ؟