ދެކުނު އޭޝިއާއިން އިންޑިއާ އާއި އެކު މިހާރު އޮތް ހަމައެކަނި ޤައުމަކީ ރާއްޖެ: ޕްރޮފެސަރ އަޝޯކް

ނާހިލް އަހްމަދު 28 ސެޕްޓެމްބަރު 2020 13:37
Flowers

ދެކުނު އޭޝިއާގެ ޤައުމުތަކުގެ ތެރެއިން އިންޑިއާ އާއި އެކު މިހާރު އޮތް ހަމައެކަނި ޤައުމަކީ ދިވެހިރާއްޖެ ކަމަށް، ސްވިޑެންގެ އުޕްސަލަ ޔުނިވަސިޓީގެ ޕްރޮފެސަރެއްކަމަށް ވާ އަޝޯކް ސްވައިން ވިދާޅުވެއްޖެއެވެ.

އިންޑިއާ އަށް ނިސްބަތްވާ އަޝޯކް އަކީ އިންޑިއާގެ ސިޔާސީ މަސްރަހާއި ގުޅޭ ގޮތުން ވަރަށް ގިނައިން ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރައްވާ ބޭފުޅެކެވެ. މިގޮތުން މިއަދު އަޝޯކް ވިދާޅުވީ ދެކުނު އޭޝިއާގެ ޤައުމުތަކުގެ ތެރެއިން އިންޑިއާ އާއި އެކު އޮތީ ރާއްޖެ އެކަނި ކަމަށެވެ.

އަޝޯކް ވަނީ ދާދި ފަހު އެމެރިކާ އާއި ރާއްޖެއާއި ދެމެދު ސޮއި ކުރެވުނު އަސްކަރީ އެއްބަސްވުމާއި މެދު އިންޑިއާ އިން އެއްބަސްވީ ކީއްވެތޯ ސުވާލުކުރައްވާފައެވެ. އަދި އިންޑިއާ އިން ރާއްޖެފަދަ ކުޑަ ޤައުމަކަށް ސަލާމަތްތެރިކަން ޔަގީންކޮށް ނުދެވޭނަމަ، ދެކުނު އޭޝިއާގެ ބޮޑެތި ޤައުމުތަކުން އިންޑިއާ އާއި އެކު ތިބޭނެ ކަމަށް އުންމީދުކޮށްގެން ނުވާނެ ކަމަށް އަޝޯކް ވިދާޅުވިއެވެ.



ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން ވަނީ އިންޑިއާ އާއި އެކު ވަރަށް ބޮޑަށް ގުޅުން ބަދަހިކޮށްފައެވެ. އަދި ރާއްޖޭގެ ޚާރޖީ ސިޔާސަތު މިހާރު ތަންފީޒު ކުރެވެމުން ދަނީ އިންޑިއާ އިން ބޭނުންވާ ގޮތަށްކަން ވަރަށް ގިނަ ފަރާތްތަކުން ދަނީ ފާހަގަކުރަމުންނެވެ.

އަދި ރައީސް ސޯލިހް ވަނީ އިންޑިއާ އާއި އެކު ގިނަގުނަ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ. މިގޮތުން ރާއްޖޭގައި އިންޑިއާގެ އަސްކަރީ މަތިންދާބޯޓެއް ބޭއްވުމަށާއި، ރާއްޖޭގެ ކަނޑުގެ ސަރަހައްދު އެއްކޮށް މެޕްކުރުމުގެ ހުއްދަވެސް ވަނީ އިންޑިއާއަށް ދީފައެވެ. 

މީގެ އިތުރުން ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދުވެސް ވަނީ ރައީސް ސޯލިހް ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު އިތުރުކޮށްފައެވެ. މިދުވަސްކޮޅު އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގިނަ އަދަދެއްގެ ބަޔަކު ގޮވާލަމުންދާކަން ފާހަގަކުރެވެއެވެ.  

ކިޔުންތެރިންގެ ހިޔާލު
ވިލްދާން
އިންޑިއާ އާ ކިތަންމެ ގުޅުން ރަގަޅު ވާހަކަ ދެއްކިއަސް ދިވެހިންނަށް މެޑިކަލް ވިސާވެސް ނުދީ ހިފައްޓާ ތަޅުވަނީ! އެކަމަކު އިންޑިއާ މީހުން ރާއްޖެއަށް އަންނާކަށް އެއްވެސް ހުރަހެއް ނެތް! ކަރަންޓީނުވެސް ވާކަށް ނުޖެހޭ! އަޅުވެތިވިޔަސް މީ ބޮޑުވަރު! ހިންނަވަރު ބަކަރި އަތުޖެހި ތެއްލާން ހުއްޓާ ރައީސްކަން ލިބުނީމަ ވާނެ ގޮތް މިވަނީ! ރައީސް ޔާމިނު ހުރިއިރު އިންޑިއާ ބޭނުންހާގޮތެއް ނުހެދުނު! ރައީސް ޔާމިނު އަލުން ވެރިކަމަށް ގެންނަންޖެހޭ!!
އިންޑިއާ އައުޓް
އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް
ޏަމްޏަމްބެ
އިންޑިޔާ ފައިބުޑަށް ވެއްޓުނީ އަންނިއާ އިބޫ ސޯލިހު...އަހަރުމެއްނެއް ނުވެއްޓޭނެ...އިންޑިޔާ އައުޓް