ނަޝީދަށް ނުސީދާ ފާޑުކިޔުންތަކާއި އެކު ޝަރީފުގެ ތާރީފު ފައްޔާޒާއި އަމީރަށް!

އިބްރާހިމް އާދަމް 27 ސެޕްޓެމްބަރު 2020 21:51
Flowers
މެމްބަރު ޝަރީފު

ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ނުސީދާކޮށް ފާޑުވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓުވީޓެއްގައި ޝަރީފު ވިދާޅުވީ، ބަލިމަޑުކަމުގެ ސަބަބުން އުފެދިފައިވާ އިޤްތިސާ ކާރިސާގައި ސިޔާސީ ގޮތުން ކުރިއަށްދާން ބޭނުންވާ ބައެއް ސިޔާސީ ފަރާތްތަކުން ކުރަން ބޭނުންވާ ކަންކަން މުހިންމު ނޫން ކަމަށެވެ. އަދި މިހާރު ބޭނުންވަނީ ފިނޭންސް އަދި އިކޮނޮމިކް މިނިސްޓްރީގައި ހަރުދަނާ ފަރާތްތަކެއް ތިބުން ކަމަށާއި ފިނޭންސް މިނިސްޓަރު އަމީރު އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ކުރައްވަމުން ގެންދަވަނީ ތާރީފު ހައްޤު މަސައްކަތްތަކެއް ކަމަށެވެ.

އަދި މީހުންގެ ފުރާނަ ސަލާމަތް ކުރުމާއި ދިރިއުޅުން ހިމާޔަތް ކުރުމަށްފަހު އެންމެ މުހިންމު ކަމަކީ އިޤްތިސާދި ހަމަޖެހުން ކަމަށާއި އެހެން ކަމުން އިޤްތިސާދީ ތަރައްޤީއަށް ހާއްސަ އިސްކަމެއް ދޭން ޖެހޭ ކަމަށް ޝަރީފު ވިދާޅުވިއެވެ.

ޝަރީފު މިހެން ވިދާޅުވީ ރައީސް ނަޝީދު، މިނިސްޓަރު ފައްޔާޒު މަޤާމުން ވަކިކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ. ރައީސް ނަޝީދު މީގެ ކުރިން ފައްޔާޒު ވަކިކުރައްވަން ކުރެއްވި މަސައްކަތަށް އެމްޑީޕީ ތެރެއިން ތާއީދެއް ނުލިބުނެވެ. ނަމަވެސް އިނގިރޭސިވިލާތުން ވަޑައިގަތުމަށްފަހު އާ ހިތްވަރަކާއި އެކު ރައީސް ނަޝީދު އެ މަސައްކަތުގައި އުޅުއްވާ ކަމުގެ މައުލޫމާތު ލިބެއެވެ. 

ކިޔުންތެރިންގެ ހިޔާލު
ބޮޑު ދެލޯ
ޝަރީފަށް ދަންނަވަންއޮތީ "ތިޔަ ޖައްލާދު ޕައިޘޯނުގެ ނުރައްކާތެރިކަމަށް ސަމާލުވެ ހުންނަވައްޗޭ" ހަމަ ސީދާ ބަތާ ހަރާމީއެއް!