ޝާހިދު ދުބާއީއަށް ވަޑައިގެންނެވީ ގިނަ އަދަދެއްގެ ނަގުދު ފައިސާ ބަލާ

އަހްމަދު އަޒާން 22 ސެޕްޓެމްބަރު 2020 12:46
Flowers
ފޮރެން މިނިސްޓަރު އަބްދުﷲ ޝާހިދު

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދުބާއީއަށް ވަޑައިގެންނެވީ، ދުބާއީގެ ނުފޫޒުގަދަ ފަރާތަކުން ޝާހިދަށް ދެއްވި ގިނަ އަދަދެއްގެ ފައިސާ ބަލާ ކަމަށް "ދިޔަރެސް" އަށް އިތުބާރުހުރި ގޮތަކަށް މައުލޫމާތު ލިބިއްޖެއެވެ.

މި ދަތުރުފުޅުގައި ޝާހިދު ރާއްޖެ ވަޑައިގެންނެވިއިރު، އެ ފައިސާއިން ބައެއް ރާއްޖެ މިހާރު ވަނީ ގެންނަވާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޝާހިދު މި ފައިސާ ބޭނުން ކުރައްވަން ހަމަޖެހިފައިވަނީ އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަމުގެ ކެމްޕެއިންގައެވެ. ޝާހިދު ދަނީ މިހާރުވެސް އެ މަޤާމަށް ކެމްޕެއިން ކުރެއްވުމުގައި ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. 

އދ. ގެ އާންމު މަޖިލީހުގެ ރައީސް ހޮވަނީ މެމްބަރު ޤައުމުތަކުގެ ވޯޓަކުންނެވެ. އަދި އެ މަޤާމުގެ މުއްދަތަކީ 1 އަހަރެވެ. ކޮންމެ އަހަރަކުވެސް އެ މަޤާމަށް ކުރިމަތިލާން ލިބެނީ ކޮންމެވެސް އެއް ބައްރެއްގެ ޤައުމުތަކަށެވެ. މިގޮތުން މިހާރު ހިނގާ 74 ވަނަ ސެޝަނުގެ ރައީސް ޓިޖިއަނީ މުހައްމަދު ބަންޑެ އެ މަޤާމަށް ހޮވިފައިވަނީ އެފްރިކާގެ ޤައުމުތަކަށް ލިބުނު ފުރުސަތުގައެވެ.

އެއަށްފަހު ދެން ރައީސްކަން ކުރަން ފުރުސަތު ލިބޭނީ ދެކުނު ޔޫރަޕާއި، އޯޝޭނިއާ، އަދި އުތުރު އެމެރިކާގެ ޤައުމުތަކުގެ ތެރެއިން ޤައުމެއްގެ ފަރާތަކަށެވެ. އެއަށްފަހު ދެން ފުރުސަތު ލިބޭނީ އޭޝިޔާ ޕެސިފިކް ޤައުމުތަކުގެ ތެރެއިން ޤައުމެއްގެ ފަރާތަކެވެ. އެހެން ކަމުން މިނިސްޓަރު ޝާހިދު ކުރިމަތިލައްވާނީ އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސްއަކަށެވެ.

ދުބާއީ އަށް ކުރެއްވި ދަތުރުފުޅާ ގުޅޭގޮތުން "ދިޔަރެސް" އިން މިނިސްޓަރު ޝާހިދާއި ސުވާލު ކުރެއްވުމުން ޝާހިދު ވިދާޅުވީ އެމަނިކުފާނު ދުބާއީ އަށް ވަޑައިގެންނެވީ، އެމަނިކުފާނުގެ ދަރިކަނބަލުން އިނގިރޭސިވިލާތަށް ވަޑައިގަންނަވަން ވިސާއަށް އެޕްލައި ކުރައްވަން ކަމަށެވެ. 

އެހެން ވިދާޅުވި ނަމަވެސް ފައިސާ އާއި ގުޅޭގޮތުން ކުރި ސުވާލު މިނިސްޓަރު ދޮގު ކުރައްވާފައި ނުވެއެވެ. 

ކިޔުންތެރިންގެ ހިޔާލު
ޕްރިޕެއިޑް
ޒީރޯ ޓޮލަރެންސްގެ ދަށުން ގެންނަ ފައިސާއޭ ކަލޭމެން ހޭބަލިވެފަތަ ތިތިބީ ގެވެސް ހަދާފަ އެހެރީ ބައްޕަ ސޮލަވައިފުޅު ކިޔަވައިގެން ލިބުނު ލާރިންނޭ.
އަކަރަން
ވަގުންނަށް ހީވާނީ ދެންވެސް ތިބީ ހުސްވަގުންނޭ.