Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ރާއްޖެއަކީ ކުރިއަރާފައިވާ ގައުމުތަކާއި އެއް ސަފެއްގައި ފައިތިލަ ސާބިތުކުރަމުންދާ ގައުމެއް: ރައީސް ސޯލިހު

ދިވެހިރާއްޖެއިން އ.ދ.ގެ މެންބަރަކަށްވިތާ 55 އަހަރު ފުރޭ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހާއްސަ މެސެޖުގައި، ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއަކީ ދުނިޔޭގެ ކުރިއަރާފައިވާ އެހެން ގައުމުތަކާއި އެއް ސަފެއްގައި ފައިތިލަ ސާބިތުކުރަމުންދާ ގައުމެއްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު ވިދާޅުވީރާއްޖެއަކީ ކުދި އަދި ޖަޒީރާ ގައުމުތަކަށް ބަލާއިރު ބައިނަލްއަގްވާމީ މައިދާނުގައި އެންމެ ހަރަކާތްތެރިކޮށް މަސައްކަތް ކުރަމުންދާ އެއް ގައުމު ކަމަށެވެ. އަދި، ރާއްޖެއަކީ މޫސުމީ ބަދަލުތަކާއި ކޮވިޑް-19 ގެ ބަލިމަޑުކަން ފަދަ ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކަށް ހައްލު ހޯދުމުގައި އެހެން ގައުމުތަކާއި ގުޅިގެން މަސައްކަތްކުރާ ގައުމެއްކަމުގައި އެމަނިކުފާނު ހާމަކުރެއްވިއެވެ.
އެމަނިކުފާނު ވިދާޅުވީ،އދގެ މެންބަރު ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެއިން ހޭދަކޮށްފައި މިވަނީ ކާމިޔާބީއިން ފުރިފައިވާ، ފަޚުރުވެރި އަހަރުތަކެއް ކަމަށް ކަމަށާއިއދގެ މެންބަރު ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ އިން ވަނީ ފާހަގަކޮށްލެވޭ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައި ކަމަށެވެ. އެގޮތުން، ފާއިތުވި އަހަރުތަކުގެ ތެރޭގައި ރާއްޖެއިން ވަނީ އިގްތިސާދީ ރޮނގުން ބޮޑެތި ކުރިއެރުންތަކެއް ހޯދައި، ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ފަދަ ފަތުރުވެރިކަމުގެ ސިނާއަތެއް ގާއިމުކޮށް ކުރިއަރުވާފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، އިންޑިއާ ކަނޑުގައި އޮތް ކުޑަ އާބާދީއެއްގެ ގައުމަކަށް، އެ ޖަމްއިއްޔާގެ މެންބަރެއްގެ ގޮތުގައި ގައުމުގެ މިނިވަންކަމާއި އިސްތިގްލާލު ރައްކާތެރިކުރެވޭނެ ކަމާއިމެދު ބައިނަލްއަގްވާމީ މުޖުތަމައުގައި އެއިރު ސުވާލުތަކެއް ހުރިކަމަށެވެ. ނަމަވެސް، އެ ޖަމްއިއްޔާގެ މެންބަރު ގައުމެއްގެ މަގާމު ރާއްޖެއަށް ލިބިގެންދިއުމަކީ ދިވެހިރާއްޖެއިން އަބަދުމެ ޝުކުރުވެރިވާނެ ނިންމުމެއް ކަމުގައި ވެސް އެމަނިކުފާނުގެ މެސެޖުގައި ވިދާޅުވިއެވެ.
މި ލިއުމާއި ގުޅޭ