އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނަށް އިސްލާހު ގެނެސް ތަސްދީގުކޮށްފި

މަރިޔަމް ހަސަން 21 ސެޕްޓެމްބަރު 2020 19:56
Flowers
ރައީސް ސޯލިހް

މިމަހު 6 ވަނަ ދުވަހު ފާސްކުރި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނު (ގާނޫނު ނަންބަރު: 13/2008) އަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައިފިއެވެ.

މި އިސްލާހުގައި ކޮމިޝަނުގެ ރައީސާއި އަދި މެންބަރުން ވެސް މިނިވަން ކަމާއިއެކު ނުފޫޒުން އެއްކިބާވެތިބެ މަސައްކަތްކުރުމަށް ބާރުއަޅާ މާއްދާތައް ހިމަނާފައިވެއެވެ. ހަމަ އެހެންމެ، ކޮމިޝަނުގެ މެންބަރުންގެ މަގާމުގެ ވާޖިބުތައް އަދާކުރުމުގައި ކޮމިޝަނުގެ ޖަމާއީ ސުލޫކު އަދި ކޮމިޝަނުގެ މެންބަރުންގެ ހައިސިއްޔަތާއި ފަރުދީ ހައިސިއްޔަތުން މެންބަރުން ހިފަހައްޓަންޖެހޭ ޒާތީ ސުލޫކު މި އިސްލާހުގައި ބަޔާންކޮށްފައިވެއެވެ. 

މީގެ އިތުރުން، ކޮމިޝަނުގެ މެންބަރުން އިތުރު ވަޒީފާ އަދާނުކުރުމާއި، އަދި މަސްލަހަތު ފުށުއަރާ މައްސަލަތަކުން ދުރުހެލިވުމަށް ބާރުއަޅާ މާއްދާތައް ބިލުގައި ހިމަނާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީގު ކުރެއްވުމާއި ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރައްވާފައެވެ. މިއާއެކު މި ގާނޫނަށް އަމަލުކުރަން ފަށާނެއެވެ.

ކިޔުންތެރިންގެ ހިޔާލު
ޑޭންޖުރެސް
މިސަރުކާރުގައި ކޮރަޕްޝަން މިދަނީ އެކްސެލެރޭޓް ވަމުންނޭ ފޯރމިއުލާ ވަން ޓްރެކްގައި ސްޕޯރޓްސް ކާރު ރޭހުގައި އެކްސެލެރޭޓް ވަމުންދާ ސްޕީޑް ގައި ސަރުކާރުގެ މިނިސްޓްރީ ތަކުން ކޮވިޑް އައުމުން ވެންޓިލޭޓަރުން ކައްވާލީ 34 މިލިއަން ރުފިޔާއޭ ދެން އެންޑީއެމްއޭ ހަކުރު ކިލޯ އެއް ގަތީ 1500 ރުފިޔާ އަށޭ ދެން ފެނަކައިން އިންޑިއާގެ އެމްއެމްއެކްސްޕޯރޓާއި ގުޅިގެން އެތަން ދަވާލަނީއޭ އައިނޯ ތަމެން ގެ ވެރިކަން އިޒް ނޯ ޑޭމް ގުޑް ފޯރ އަވަރ ކަންޓްރީ އިޓްސް ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް ހޯއް ހޯއް ހޯއް އާއް އާއް އާއް ތަމެންގެ ވެރިކަން އިޒް ނޯ ޑޭމް ގުޑް ފޯރ އަވަރ ކަންޓްރީ ހޯއް ހޯއް ހޯއް ތަމެންގެ ވެރިކަން އިޒް ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް....