އިންޑިޔާ މުދާ ފެރީ ރާއްޖެއަށް ދަތުރުކުރަން ފަށައިފި: ކުޅުދުއްފުއްޓަށް ފޯރާނީ 26 ވަނަ ދުވަހު

އައިޝަތު ހަނާ 21 ސެޕްޓެމްބަރު 2020 18:46
Flowers
ފެރީ ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

އިންޑިޔާގެ ކޮޗިނުން ކުޅުދުއްފުށި ސިޓީއާ ދެމެދު ދަތުރުކުރަން ފަށާ މުދާ ފެރީ މިއަދު ފުރަތަމަ ދަތުރުގައި ކޮޗިން ބަނދަރުން ފުރައިފިއެވެ.  މި ފެރީއަށް ކުޅުދުއްފުއްޓަށް ވާސިލުވެވޭނެ ކަމުގައި ސަރުކާރުން ބުނެފައިވަނީ މި މަހުގެ 26 ވަނަ ދުވަހުއެވެ. 

ޓްރާންސްޕޯޓު މިނިސްޓްރީން ބުނެފައިވަނީ އިންޑިޔާއާއި ރާއްޖެއާ ދެމެދު މުދާ ފެރީގެ ޚިދުމަތް މިއަދު ރަސްމީކޮށް ފަށާފައިވާ ކަމުގައެވެ. އަދި ރާއްޖެއަށް އައުމަށްޓަކައި ފުރަތަމަ ދަތުރުގައި ފެރީ ފުރާފައިވާ ކަމުގައެވެ. ކޮޗިނުން މުދާ ބަރާކޮށްގެން އަންނަ ފެރީ ފުރަތަމަ ބަނދަރުކުރާނީ ކުޅުދުއްފުށީގައެވެ. ކުޅުދުއްފުއްޓަށް މުދާ ބޭލުމަށްފަހު މާލެއަށްވެސް އެ ފެރީ ދަތުރުކުރާނެއެވެ. 

ފެރީ ދަތުރުތައް ފެށުމަށް އިންޓަނެޓު މެދުވެރިކޮށް ދުރުން ޚާއްޞަ ރަސްމިއްޔާތެއް މިއަދު ބޭއްވިއެވެ. މި ރަސްމިއްޔާތުގައި ރާއްޖޭގެ ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު ޢާއިޝަތު ނަހުލާއާއި އިންޑިޔާގެ މިނިސްޓްރީ އޮފް ސްޓޭޓް ފޯ ޝިޕިންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. 

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވެފައިވަނީ މިއަދު ފެށިގެން ދިޔައީ ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ތެރެއިން މުހިއްމު މަސައްކަތެއް ކަމުގައެވެ. އެގޮތުން މި ޚިދުމަތުގެ ސަބަބުން މާލޭގެ މައްޗަށް ބަރޯސާވުން ކުޑަވާނެ ކަމުގައިވެސް މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ. 

ނަހުލާ ވިދާޅުވި ގޮތުގައި މި ފެރީގެ ސަބަބުން ދިވެހިރާއްޖޭގެ އިޤުތިޞާދު މުޅިން އެހެން މަރުހަލާއަކަށް އަދި އައު ހަރުފަތަކަށް އުފުލިގެންދާނެއެވެ. އަދި މިއީ އިންޑިޔާއާއި ދިވެހިރާއްޖޭގެ ގުޅުން އިތުރަށް ބަދަހިވެ މެރިޓައިމް ދާއިރާގެ އެއްބާރުލުން ފުޅާކުރުމަށް ހުޅުވިގެން ދިޔަ ދޮރެއް ކަމުގައިވެސް މިނިސްޓަރު ވިދާޅުވިއެވެ. 

26 ވަނަ ދުވަހު ކުޅުދުއްފުށީގައި ބަނދަރުކުރަން ހަމަޖެހިފައިވާ ފެރީއަކީ 3،000 މެޓްރިކް ޓަނުގެ މުދާ އުފުލޭނެ އުޅަނދެއް ކަމުގައިވެސް ސަރުކާރުން މައުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު
ޞދީއު
ތިޔަފެރީހެޔޮ ނަޔަސް. ދިވެހިންގެ ވިޔަފާރި ބިދޭސީންގެ އަތްމައްޗަށް. ކޮންޓްރޯލް ކެނެރީގެއަށް
ޑޭންޖުރެސް
އިންޑިއާ ކާރގޯ ފެރީގެ ސަބަބުން ދިވެހި މެދު ފަންތި އާއި އަދި މަތީ ފަންތީގެ ވިޔަފާރި ވެރިން ފުނޑިގެން ދާނެއޭ ދެން ރާއްޖޭގެ ވިޔަފާރިވެރިންނަށް އެމެން އަމިއްލަ އަށް ގޮސް އިންޑިއާ އިން ފިޔާ އާއި އަލުވި އަދި ބިސް ނުގަނެވޭނެއޭ އެމެން ބުނާނެއޭ އިންޑިއާ ފެރީ އިން އެތަކެތި އިންޑިއާ ވިޔަފާރިވެރިން ގެންދާނެއޭ އިންޑިއާ އިން ރާއްޖޭގެ އިގްތިސާދު ކޮންޓްރޯލް ކުރަން ވެގެން ކުރާ ކަމެކޭ މީ ޔަގީނޭ ރައީސް އިބޫ އަށް މިއިން ބޮޑު ބައެއް އަޅާނެއޭ އިންޑިއާ އިން އިންޑިއާ އަކީ ދުނިޔޭގައި އޮތް އެންމެ ކޮރަޕްޓް ގައުމޭ އިންޑިއާ ނޯ ޑޭމް ގުޑް ފޯރ އަވަރ ކަންޓްރީ އިިންޑިއާ އިޒް ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް ހޯއް ހޯއް ހޯއް ހޯއް ހޯއް އައި ކެނޮޓް ޓޮލެރޭޓް ބްލަޑީ އިންޑިއަން ފްރޯޑް ސިސްޓަމް އިޓްސް ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް އާއްހާއް ާހާއް ހާއްހާއް ހާއްހާއް ހާއްހާއް ހޯއް ހޯއް ހޯއް ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް...
ޑޭންޖުރެސް
އިންޑިއާ އާއި ރާއްޖެ އާއި ދެމެދު އޮންނާނީ ފެރީ ދަތުރު ތައް ކަމަށް ދެ ގައުމުގެ ދެމެދުގައި އެއްބަސްވެ ސޮއި ކޮށް ހަދާ އެންމެ ފަހުން ފެެރީ މިބަދަލުކޮށްލީ ބޮޑު ކާރގޯ ބޯޓަކަށޭ އެބޯޓް އިންޑިއާ އިން ފުރައިގެން ފުރަތަމަ މާލެ ސަރަހައްދަށް ނުވަދެ ސީދާ އުތުރަށް ދާނަމަ މަމެންނަށް ޔަގީނޭ ރާއްޖެ އާއި ވަކި މިނެއް ދުރުމިނުން ކަންނެލި އޮޑި ތަކަށް އެމެން މުދާ ހުސްކުރާނެއޭ އޭގެ ތެރޭގައި ޑްރަގް ވެސް ހިމެނޭނެއޭ މީވަރަށް ނުރައްކާތެރި ކޮށް އިންޑިއާ އިން ކުރާ ކަމެކޭ ނުރައްކަލޭ ކުދިންނޭ އިންޑިއާ އިޒް ބޭޑް އިންޑިއާ އިޒް ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް ޑޯންޓް ޔޫ ނޯ ދިސް ޑޯންޓް ޔޫ ޑޯންޓް ޔޫ އިންޑިއާ އިޒް ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް ޓޭކް އަވޭ އިންޑިއަން މިލިޓަރީ އައުޓް އޮފް އަވަރ ކަންޓްރީ ދޭއާރ ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް ހޯއް ހޯއް ހޯއް ހޯއް ހޯއް އިންޑިއާ މިލިޓަރީ އިންޑިއާ ފެރީ ނޯ ޑޭމް ގުޑް ފޯރ އަވަރ ކަންޓްރީ އިޓްސް ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް...
ޑޭންޖުރެސް
ކުދިންނޭ ކުރިން މާލެ އާއި ހުޅުލެ އާއި ދެމެދު ދަތުރު ކުރާ ފެރީއެކޭ އިންޑިއާ އާއި ރާއްޖެ އާއި ދެމެދު ބާއްވާނީ ކިޔާ އޮޅުވާލާ މަކަރާއި ހީލަތުގެ ދަށުން ރައްޔިތުންނަށް ވާނުވާވެސް ނާންގާ މިސަރުކާރުން އިންޑިއާ އާއި އެކު ސޮއި ކުރީ އެއީ ކަސްޓަމްސް ޑިއުޓީ ނުދައްކާ އަދި އެމްޕީއެލް އަށް ކާރގޯ ކްލިއަރެންސް ނުދައްކާ ވަގާއި މަކަރާއި ހީލަތް ހަދައިގެން ރާއްޖެއަށް ފަޑުއްކަ ތަރުކާރީ އެތެރެ ކުރަންވެގެންނޭ މީ ނުރައްކާތެރި ފެރީ ނިޒާމެކޭ ނުރައްކަލޭ ކުދިންނޭ ނުރައްކަލޭ ނުރައްކަލޭ ނުރައްކަލޭ ނުރައްކަލޭ ޑޯންޓް ޔޫ ނޯ ޑްރަގް އިޒް ކަމިންގް ފްރޮމް ދިސް ފެރީ އިޓްސް ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް...