ގެއްލިގެން ހޯދަމުން ދިޔަ ޒުވާނަކު މަރުވެފައި އޮތްވާ ފެނިއްޖެ

މަރިޔަމް ހަސަން 21 ސެޕްޓެމްބަރު 2020 19:10
Flowers
އައިޖީއެމްއެޗް

މާލޭގެ ވެސްޓަ ޕާކް ސަރަހައްދު ކައިރިއަށް ސްނޯކްލިންއަށް ދިޔަ ފަހުން ހަބަރެއް ނުވެގެން ހޯދަމުން ދިޔަ ޒުވާނާ މަރުވެފައި އޮތްވާ ފެނިއްޖެއެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފުން ބުނީ، ގެއްލިގެން ހޯދަމުން ދިޔައީ މ. ބޮއިލިން ފިޝް، އުމުރުން 24 އަހަރުގެ ސޮފްވާން ރަޝީދު ކަމަށެވެ. އަދި އެ ސަރަހައްދަށް ސްނޯކްލިންއަށް ގޮސް ހަބަރެއް ނުވެގެން ރިޕޯޓުކޮށްފައި ވަނީ މިއަދު ހަވީރު 4:36 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ އޭނާ މިއަދު ސްނޯކްލިންއަށް ދިޔައީ ހެނދުނު 11:00 ހާއިރު ކަމަށެވެ. އަދި އޭނާ ސްނޯކްލިންއަށް ދިޔައީ އެކަނި ކަމަށާއި އޭނާ ގެއްލިގެން ރިޕޯޓު ކުރުމާ ގުޅިގެން މާލެ އޭރިއާ ކޯސްޓް ގާޑްގެ ސްކޮޑްރަންގެ ޑައިވަރުންނާއި އާންމު ޑައިވަރުން އެކުވެގެން ދަނީ ހަރަކާތްތެރި ވަމުން ކަމަށް އެމްއެންޑީއެފުން ވަނީ މައުލޫމާތުދީފައެވެ.

އޭނާގެ ހަށިގަނޑު އެ ސަރަހައްދުގެ މޫދު އަޑީގައި އޮއްވާ ޑައިވަރުންނަށް ފެނިފައިވާއިިރު، އޭނާގެ ހަށިގަނޑު ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައެވެ. އެމްއެންޑީއެފުން ބުނީ ސޮފްވާންގެ ހަށިގަނޑު ފެނިފައިވަނީ އޭނާ ހޯދަން މަސައްކަތް ކުރަމުން ދިޔަ ޑައިވަރުންގެ ތެރެއިން އާންމު ޑައިވަރުންގެ ގޮތުގައި ހަރަކާތްތެރިވަމުން ދިޔަ ޑައިވަރުންނަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު