ރާއީ ވިދާޅުވީ ކޮޗިން ފެރީއިން ފަނާ، ކާއްޓާ، ބޮޮލި އެކްސްޕޯޓު ކުރެވޭނެ ކަމަށް!

އިބްރާހިމް އާދަމް 21 ސެޕްޓެމްބަރު 2020 18:20
Flowers
މެމްބަރު ރާއީ

އިންޑިއާގެ ކޮޗިން އިން ރާއްޖެއަށް ފެށުމަށް ހަމަޖެހިފައިވާ ކާގޯ ފެރީގެ އަކީ އެކްސްޕޯޓަށް ހުޅުވުނު އާ ދޮރެއް ކަމަށް މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ. 

މިގޮތުން ރާއީ ވިދާޅުވީ ކާށި، ރޯނު، ފަން، ބޮލި، ލޮނުމަސް، ހިކިމަސް، ރަށުގައި އުފައްދާ ކާތަކެތި، (ކާޖާ) ޕެކެޓްކޮށްފައި އަދި ބާދަގަނޑު ފަދަ ތަކެތި އެކްސްޕޯޓު ކުރެވޭނެ ކަމަށެވެ. އަދި މިއީ މުޅި ރާއްޖޭގެ ރައްޔިތުންނަށް ފަހިވެގެންދާ ފުރުސަތެއް ކަމަށް ރާއީ ވިދާޅުވިއެވެ. 

އެކްސްޕޯޓު ކުރެވޭނެ ކަމަށް ރާއީ ވިދާޅުވި ގިނަ ތަކެއްޗަކީ ރާއްޖެއިން އެއްވެސް ވަރަކަށް އެކްސްޕޯޓު ކުރާތަކެއްޗެއް ނޫނެެވެ. މިސާލަކަށް ކާށިފަދަ ތަކެއްޗަކީ ރާއްޖެއިން މިހާރުވެސް އިމްޕޯޓު ކުރާ އެއްޗެއްކަން ފާހަގަކޮށްލެވެއެވެ. 

ކޮޗިން ފެރީ އިން ގިނަ ގުނަ ފައިދާ ލިބޭނެ ކަމަށް ސަރުކާރަށް ތާއީދު ކުރާ މަޖިލިސް މެމްބަރުންނާއި އެމްޑީޕީ އެކްޓިވިސްޓުން ދަނީ ބުނަމުންނެވެ. އެ ފެރީގެ މިއަދު އިންޑިއާ އިން ރާއްޖެ އަންނަން ފުރާފައިވާއިރު ކުޅުދުއްފުއްޓަށް އަންނާނެ ކަމަށް ވަނީ 26 ސެޕްޓެމްބަރުގައިކަމަށްވެއެވެ. 

އެންމެ ފުރަތަމަ ކޮޗިން އާއި ރާއްޖެއާއި ދެމެދު ބާއްވަން ނިންމީ ޕަސެންޖާ ފެރީއެކެވެ. ނަމަވެސް ފަހުން އެ ފެރީ ވަނީ ކާގޯ ފެރީއަކަށް ބަދަލުކޮށްފައެވެ. 

ކިޔުންތެރިންގެ ހިޔާލު
ފުރަބަންދު.
ދަޑަނޑުބޭރު ކުރެވިދާނެ. އިންޑިޔާ އަށް ރާއްޖެއިން ގެންދެވޭނެ އެއްޗެއް ނޯންނާނެ.ސަބަބު:ދަޑަނޑު ފިޔަވައި ދެންހުރި ހުރިހާ އެއްޗެހިން ރާއްޖެއިން މާރަގަޅު އަގުލިބޭނެ...
ހާކިމާ
ދެންފަބުން އެފެރީ ވަނީ ހުސް ފެރީއަކަށް. ސަލާމުން ސަލާމް
މޫނާޒު
ކާށި، ރޯނު، ބޮލި، ފަން، ކާޖާ އަދި ހިކިމަސް ފަދަ ތަކެ އްޗަކީ އިންޑި އާއއ އަށް ގެެންގޮސް ނުވި އްކޭނެ. ތިބުނާ މުދާތަ އް އިންޑި އާ އިން ރާ އްޖެ ގެނެސް ވި އްކާނީ. ބާދަގަނޑު މިހާރުވެސް އިންޑި އާ އަށްގެންދޭ. ތިދަތުރު ތަކުން ހުރިހާމަންފާ އެ އް ލިބޭނީ އިންޑި އާ އަށް.
މަމޮޅު
މީ އަޅެ ބުރާންޗެއްތަ؟
ފުރަބަންދު.
މިއީދުރު ރާސްތާ ޕުލޭނެއް ދިވެހިންއިންޑިޔާއިން ދިނިއްޔާ ދިންއެއްޗެއް ކައިބޮއި ހަދާނެދުވަސް ކައިރިވެއްޖެ ދިވެހިންނޭ ހޭއަރާ ބޮޑެތިމަގާމް ތައްލިބުނީމަ ތިތިބެނީ އަމިއްލަ އެދުމުންފޯވެފަ ސުކުރިއްޔާ.
ދޮޅުމޮޔަ
މިކަލޭގެ މަޖިލީހަކުވެސް ނުކިޔާ ރަނގަޅުއެއްޗެއް ރާއްޖެ ދަރުވާލާނެ ގޮތެއް ނެތިގެން އެއުޅެނީ