ހަމަސް ފަހުން ތާޖު މަޖަލް ހުޅުވަނީ

މަރިޔަމް ލީނާ 21 ސެޕްޓެމްބަރު 2020 17:17
Flowers
ތާޖު މަހަލް

ކޮވިޑު-19 އާއި ގުޅިގެން ތާޖު މަހަލް ބަންދުކޮށްފައި ހުންނަތާ 6 މަސް ފަހުން، އަލުން ހުޅުވަން އިންޑިއާގެ ސަރުކާރުން ނިންމައިފިއެވެ.

ތާޖު މަހަލް އަލުން ހުޅުވަން އިންޑިއާ އިން ނިންމިއިރު ކޮވިޑު-19 ދަނީ ވަރަށް ބާރަށް އެ ޤައުމުގައި ފެތުރެމުންނެވެ. މިގޮތުން 5 މިލިއަނަށްވުރެ ގިނަ މީހުންނަށް ބަލި ޖެހިފައިވާއިރު ދުވާލަކު ލައްކަ އަކާއި ގާތަށް މީހުން ދަނީ ޕޮޒިޓިވް ވަމުންނެވެ.

އެހެން ނަމަވެސް އިންޑިއާގެ އިޤްތިސާދަށް ބޮޑެތި ގެއްލުން ވަމުންދާތީ އެ ޤައުމުގެ ސަރުކާރުން ދަނީ އިޤްތިސާދީ ބައެއް މަސައްކަތްތައް ފެށޭތޯ މަސައްކަތް ކުރަމުންނެވެ. މިގޮތުން ބައެއް ރެސްޓޯރެންޓުތައް ހުޅުވުމާއި، ރޭލު ދަތުރުތައް އަލުން ފެށުން ފަދަ ކަންކަން ދަނީ ކުރެވެމުންނެވެ.

ތާޖު މަހަލް އަކީ އިންޑިއާގެ އެންމެ މަޤުބޫލު މަންޒިލެވެ. އެތަން ހުންނަނީ ވެރިރަށް ދިއްލީ އާއި 200 ކިލޯމީޓަރު ދުރުގައި ހުންނަ އާގަރާ ގައެވެ. ކޮންމެ އަހަރަކުވެސް އެތައް މިލިއަން ބަޔަކު ތާޖު މަހަލް އަށް ޒިޔާރަތް ކުރެއެވެ. 

ކިޔުންތެރިންގެ ހިޔާލު