ސިފައިންނަށް ފްރޮންޓްލައިން އެލޮވެންސް ދިންގޮތާއި މެދު ބޮޑެތި ހިތްހަމަނުޖެހުންތަކެއް

އިބްރާހިމް އާދަމް 21 ސެޕްޓެމްބަރު 2020 14:17
Flowers
ދިވެހި ސިފައިން

ސިފައިންނަށް ފްރޮންޓްލައިން އެލޮވެންސް ދިން ގޮތާއި މެދު ބޮޑެތި ހިތްހަމަނުޖެހުންތަކެއް ސިފައިންގެ ތެރޭގައި އޮތް ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

ކޮވިޑު-19 އާއި ގުޅިގެން ކުރީ ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަ އެލޮވެންސެއް ދޭން ސަރުކާރުން ނިންމުމަށްފަހު، ސިފައިންނަށް އެލޮވެންސް ދިން އިރު، ސިފައިންގެ ހުރިހާ އެންމެންނަށް އެއްވަރަކަށް ސަރުކާރުން ވަނީ އެލޮވެންސް ދީފައެވެ. މީގެ ސަބަބުން، ކުރީ ސަފުގައި ހަރަކާތްތެރި ނުވާ ސިފައިންނަށްވެސް އެލޮވެންސް ލިބުނު އިރު، ކުރީ ސަފުގައި ހަރަކާތްތެރިވި ފަރާތްތަކަށް ލިބުނު އެލޮވެންސް ވަނީ މަދުވެފައެވެ.

މިގޮތުން ހުރިހާ ސިފައިންނަށްވެސް ދީފައިވަނީ 7950 ރުފިޔާއެވެ. 

"މިހެން ހެދުމުން އަޅުގަނޑުމެންނަށް ލިބުނު ވަރު މަދުވެއްޖެ. ކަމެއް ނުކޮށް ގޭގައި ތިބި ފަރާތްތަކަށްވެސް ހަމަ މި އެލޮވެންސް ލިބުނު. އަނބިދަރިންނާއި ދުރުގަ އެތައް ދުވަހަކު މަސައްކަތް ކުރީ ޤައުމީ ވާޖިބެއް ކަމުގައި ދެކިގެން. އެކަމަކު މިހާ ދަތި ދަނޑިވަޅެއްގައި ލިބެން ހައްޤު އެއްޗެއް ނުލިބުމުން އެ ވާހަކަ ދެއްކޭނެ." ދިޔަރެސް އާއި ވާހަކަ ދެއްކި ސިފައިންގެ މީހަކު ބުންޏެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި، މިކަމާ ހިތްހަމަ ނުޖެހިގެން ވާހަކަ ދެއްކި ދެ ސިފައިންގެ މީހެއްގެ ކާޑު އަތުލުމަށްފަހު މިހާރު ތިބީ ސިފައިންގެ އެތެރޭގައި ބަންދުކޮށްފައެވެ.

ކޮވިޑު-19 އާއި ގުޅިގެން ދޭން ބުނި އެލޮވެންސްތައް ދިނުމުގައި ބޮޑެތި މައްސަލަތައް ކުރިމަތިވެފައިވާއިރު، ކުރީ ސަފުގައި ހަރަކާތްތެރިވި ބައެއް ފަރާތްތަކަށް އަދިވެސް އެއްވެސް އެލޮވެންސެއް ނުލިބޭ ކަން ފާހަގަކޮށްލެވެއެވެ. 

ކިޔުންތެރިންގެ ހިޔާލު
ސިފައިންގެ މީހެއް
އަޅުގަޑުމެން މީ ހުވައެއް ގެ މާތީ ތިބި ބައެއް އެލަވެންސް އެއް ލިބޭތީ ކީ ނޫން ފުރާނަ އަތައް ލައިގެން ކޮންމެ ފަހަރަކު ނިކުންނަނީ. ސުނާމީ ކާރިސާ ގަ ވެސް އެއްވެސް އިތުރު ފައިސާ އަކައް ސިފައިން ނުއެދި އާއިލާ އާ ދުރުގަ އެތައް މަސް ދުވަހު ބުރަ މަސައްކަތް ތަކެއް ސިފައިން ކުރި. ހިއް ހަމަ ނުޖެހޭ ބަޔަކު އުޅޭ ނަމަ އެބަޔަކު ކުރި ހުވާ އަލުން ހަދާން ކުރަން އެދެން. އަޅުގަނޑު މެން މި ތިބީ ގައުމައްޓަކައި ފާއިސާ އަކައް ނޫން.
ޙާމް
ތާއީދު. އެކަމަކު ދެރައީ ސިފައިން ގޭގައި ގިނައީ ތިޔަ އެލަވަންސް ލިބުނު ގޮތާއިނެދު ހިތްހަމަ ނުޖެހޭ މީހުން. އެއީ އެމީހުންގެ މައްސަލައެއް ނޫން. ބެރިންގެ ދޯދިޔާކަމުން ދިމާވާކަންކަން މިއީ. ތިޔަ ބުނިގޮތަށް ހިތްހަމަ ނުޖެހޭ މީހުން ހުވާމަތިން ހަނދާންކޮށްލުން ރަގަނޅުވާނެ.
ހައްވަ
ބަލަ ޑޮކްޓަރުންނާއި ނަރުހުންވެސް ތިބެނީ ހުވައެއްގެ މަތީއޭ.އެހެން ވެއްޖެޔާ އެވެރިންވެސް ނުޖެހޭނެ ދޯ ކޮވިޑް އެލަވަންސް ނުދީގެން ޝަކުވާ ކުރާކަށް.ދަރުބާރުގޭގަ އެންއީއޯސީ ހަދައިގެން އެތާ އުޅުނީވެސް ކަމެއްނެތި ގޭގަ ތިބިބައެއްނޫން.ވަޒީފާތަކުގަ އުޅޭ މީހުން ތިބީ.އެމީހުން މުސާރައިގެ އިތުރުން އޯޓީ އަދި ކޮވިޑް ފްރަންޓް އެލަވަންސް ނެގި.މަހަކު 70 ހާސްނެގި މީހުންވެސް އުޅުނު.އަދި މޮޅުކޮއްތު ކައިގެން.މުސާރަ ލިބެންޏާ ކެއުމުގެ ހަރަދު ނުޖެހޭ ދޭކަށް.އަހަރުމެންނަށް ނުދެ ކޮވިޑް އެލަވަންސްއެއް އެކަމަކު ރަށް ރަށުން ގެންނަ ޕޮޒިޓިވް ކޭސްތައް ކެރީކުރީ އަހަރުމެން.ސިފައިންނާ ފުލުހުން އަދި ސިއްހީ ދާއިރާގެ މީހުންނަށް އެލަވަންސް ދިނުން ހައްޤު އެމީހުންގެ މަސައްކަތާ އެކަށޭނަ ގޮތުގަ.ބަލަ ސަލާމަތީ ހިދުމަތްތަކުގެ މީހުންނޭ ކަލޭމެން 5ލީޓަރުގެ ފެންކޭހަށް އޯޑަރު ދިނީމަ ގޭގެގެ 7 ވަނަ ބުރިޔަށް ސިޑިން އަރާފަ ފޯރުކޮށްދިނީ.އެއީ ހާދަ ބޮޑު ގުރުބާނީއެކޭ.ކޮވިޑް ބޮލުގަ އަޅުވާފަ ދައުލަތް ދަވާލައިފި ކިނބޫ.ނުކެރުނޭ ހިލޭ މާސްކެއް ދިއްކޮށްލަން.
ފަާ
ވ. ރަގަޅު
ޙަސަން
ބްރޯ އެހެން ވީމަ ކީއްކުރަން ޕްރަމޯޝަން އަދި މުސާރަ ހޯދަން ތިއުޅެނީ.. ހިލޭ ސާބަހަށް އުޅެބަލަ
ދެބަންދިހާރަ
ކަލޭތީ އަނެއްކާ ބޮޑުމުސާރަ ކައިގެން ކަމެއް ނުކޮށް އުޅޭ އޮފިސަރެއްތަ؟ ކަލޭ އޮންނަންވީނު މުސާރަވެސް ނުނަގާ ގައުމާ ހެދި ހުސްވެގެން
ސިފައިންގެ މީހެއް
ރަނގަޅަށް ވިއްޔާ ތީ ގައުމީ ވާޖިބަށް ފިލައިގެން އުޅުނު މީހެއް،
ސިފައިންގެ މީހެއް
ބަލަ ތިޔަ ބުނާ ހުވާ ކޮށްފަ ހުރި ސިފައިންގެ ޖެނެރަލަކަށް ބޮޑު ބޭބެ ވިދާޅުވާ ބޭކަލެއްގެ ގާތު ހަމަ މި ގައުމީ ވާޖިބަށް ނިކުތުމަށް ބުނީމަ ނުނިކުންނާނަމޭ ބުނެ މިބުނާ ބޮޑުބޭބެ އަށް ގުޅީ. ދެން އެއްކަލަ ބޮޑުބެ އެންގީ އޭނަ ނުފޮނުވާ ބަހައްޓަން. މިފަދަ ސިފައިންގެ މީހާ އަށްވެސް ހަމަ އެލޮވަންސް ދޭން ޖެހޭތަ.... މީ ހަމަ ސިފަިންގެ ވެރިން ވެސް ލާރި ކާން ބޭނުން ވާތީ ހަދާލި ގޮތް
ގޮރުބެ
ކަލޭ މުސާރަ ވެސް ނުނަގަންވީނު ފުރެންޑޫ. ގައުމީ ކަމެކޭ ކިޔާފަ. މާ ހުއްބުލް ވަތަން ވެގެން ނޫޅެބެ
ާމ
ގައުމީ ކަމެއްގެ ގޮތުގައި ނުކުރެވުނީމަ ތިޔަ ޝަކުވާ ކުރެވުނީ. ހައްގު މިންވަރު ހޯދަން މަސައްކަތް ކުރުމަކީ މައްސަލައެއް ނޫން. އެކަމަކު ހުރިހާ ކޮޅަކުން މޮޅު ގޮތް ހޯދަން ނޫޅޭ!
ސިފައިންގެ މީހާ
ކަމެއްނުކޮށް ގޭގައި އެއްވެސް އެކްޓިވް ސިފައިންގެ މީހެއް ނުހުންނާނެ! އަނބިދަރިންނާއި ދުރުގަ ތިބީކީ ހަމައެކަނި ތިޔަބުނާ ސިފައިންގެ މީހާ އެކަންޏެއްނޫން! އެއްވެސް ސިފައިންގެ މީހަކަށް ގެއަކަށް ނާދެވޭ! ޤައުމީ ކަމެއްގެ ގޮތުގައި މަސައްކަތްކުރީ ހަމައެކަނި ތިޔަބުނާ ސިފައިންގެ މީހާ އެކަންޏެއްވެސް ނޫން! ދެންތިބި ސިފައިންވެސް ކުރީ ޤައުމީ މަސައްކަތް! އެލެވަންސް ސަރުކާރުން މިފަހަރު ތިދިނީ ބަރާބަރަށް ދޭންވާގޮތަށް!!!
ހައްވަ
އެލަވަންސް ސަރުކާރުން ދިންގޮތް އެއޮތީ ފެންނަން އޮޑިޓުން.އަދި އެހެން ކަންތައް ކިހިނެއް ހުންނާނީ
ކަލޭމާމޭ
ކަލޭވެސް ތީވައިވެފަ ކަމެއްނެތި އަދިވެސް އުޅޭމީހެއްވީމަ ލިބުނު މޮޅައިގެން ހައްގުނުވާ ލާރިގަނޑެއް ލިބިގެން މޮޔަގޮވެނީ
އަލިސް
އިންޑިއާ ހިލޭ އެހީިވީމާ ބަހަން ހުރީ ވަގު 2 ބުޅާވީމާ އެދެބުޅަލުގެ އަރުތެރޭވެސް ކިތަންމެ ކުޑަ އެއްޗެއްވިޔަސް ތަތްވާ ގޮތަކަށްތާ ގެންދަންވާނީ. މިނިސްޓަރާއި ޗީފް އޮފް ސްޓާފްއަށް ލިބޭ ގޮތައް ފޯއްކިބައެއް ވިޔަސް ފަޅަން ޖެހޭނީ
ހިލަބެ
މި ކޮވިޑް ނައިނަމަ މި ގައުމު ބަނޑަށް ޖެހުނީސްކަން ކަޝަވަރު، ބޭރުގެ ހިލޭ އެހީގެ ސަބަބުން މިއަދު މިހާތަނަށް މި އުޅެވުނީ، ކުރިޔަށް މި އޮތް 3 މަސް ދުވު މުސާރަ ދޭނެވަރުވެސް ނެތް.
އަހަމަދު
ފުލުހުންނަށްވެސް ހަމަ ތިގޮތައް ރާވައިގެން ހިންގާފައި ވާ ޖަރީމާއެއް. މީ ބަލަން ޖެހޭ މާއްސަލައެއް
ާާާިީަަަަަސަމާ ހަލީމް
ފާމަސީ ތަކުގައި މަސައްކަތް ކުރައްވާ މީހުން ނަށް ތިބުނާ ފުރޮންޓު ލައިން ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްް އެލޮވެންސް ނުލިބެނީ ކީއްވެ ތޯ؟ އަޅުގަނޑުމެން ކައުންޓަރުގެ ފަހަތުގައި ހިދުމަތް ފޯރުކޮށް ދެއްވާތީވެތޯ؟ 😔
ފެމެލީ
ކޮވިޑުއެލަވަންސޭ ކިޔަންޏާ އެމަސައްކަތުގާ އުޅުނުބަޔަކައްއެދޭން ވާނީ އެހެންނޫނީ އެއީ ފްރަންޓުލައިންގަ އުޅުނުމީހުންނަައްް ދިންއެއްޗެކޭނުބުނެވޭނެ
ާއަހުމަދު
ށިފައިންނާއި،ފުލުހުންނަށް ކޮވިޑާއި ގުޅިގެން ދޭންބުނި ފުރަންޓް ލައިން އެލަވަންސް ދިނުމުގައި ބޮޑެތި އޮޅުވާލުންތަކެއް ދެމުއައްސަސާގެ ވެރިން ހިންގާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނާއި، ސިފައިންގެ ފަރާތުން ޢެގިއްޖެ.އެލަވަންސް ދިނުމުގައި ބައެއް ކުދިންނަށް=/130 ރުފިޔާ އަނެއް ބައި ކުދިންނަށް =/240ރުފިޔާ ދީފައިވޭ.ހައިރިސްކުގެ ގޮތުގައި ވަޒީފާއަށް ނުނުކުމެ4މަސް ވަންދެން ގޭގައި ތިބި ބައެއް ފުލުހުންނަށް ފުރަންޓް ލައިން އެލަވަންސް ގޮތުގައި=/36000ރުފިޔާ ދީފައިވޭ.ފުލުހުންގެ ހިއުމަން ރިސޯސްޑިޕާރޓްމަންޓްގައި މަސައްކަތް ކުރާ ބައެއް ކުދިންނަށް =/8000ރުފިޔާ ދީފައިވާއިރު ފުރަންޓްލައިންގަ މަސައްކަތް ކުރަމުންގެންދާ މާފަންނު،ގަލޮޅު ޕޮލިހުގައި މަސައްކަތް ކުރަމުން ގެންދިޔަ ކުދިންނަކީ ޗުއްޓީ އެއް އޮފް ދުވަހެއް ނުނަގާ ސަލާމެއް ނުބުނެ މަހުގެ ހުރިހާ ދުވަހެއްގައި އަރާހާ އަތްވެއްގަ ވެހޭ ވާރޭތެރޭގައި މަސައްކަތް ކުރަމުން ގެންދިޔަ ހީވާގި ބައެއް އެކަމަކު އެޚިދުމަތްތެރިންނަށް ސަރުކާރުން އެއްޗެއް ދޭންޖެހުމުން އޭގެ ނާޖާއިޒް ފައިދާ ނަގަމުން ގެންދަނީ އެދެމުއައްސަސާގެ ވެރިން.ސިފަިންގެ ތެރޭގަވެސް،ފުލުހުންގެތެރޭގަވެސް އޮތީ ކޮރޮޕްޝަން .ވީމާ އެޗް.ޕީ.އޭގެ ގައިޑް ލައިނާއި އެއްގޮތަށް ފުލުހުންނާއި ސިފައިންގެ ތެެއިން މަސައްކަތް ކުރި ބޭފުޅުންނަށް އެބޭފުޅަކު ހިމެނޭ ކެޓަގަރީ ކަޑައެޅުމަށް ފަހު އެލަވަންސް ދިނުމަށް ގޮވާލަން.
ގޯނިބޭ ކުޑައަލީ
ހުވާކޮއްގެން ތިބީ ކޮންގޮތަކައް ކަން މިހާރު އޮޅިއްޖެ ކަލޭމެން ސިފައިން ހުވާމަތީގަ ދެމިތިބިނަމަ މިހާރު މިގައުމު އަޅުވެތި ކަމަކާދިމާލައް ދާއިރު ތިގޮތައް ހައްޕު ކިޔައިގެން ނުތިބެވޭނެ ދީނޭ ގައުމޭ ކިޔާފަ އަނގަފޭކުރަނީ ކަލޭމެންގެ ވާޖިބުކޮބާ އަމާގެގަޔައް އަރާއިރުވެސް ތިތިބެނީ ލަދުހަޔާތް ކޮބާ އަނގަފޭ ކުރަން.