އިންޑިޔާއިން 250 މިލިއަން ޑޮލަރުގެ ލޯނު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފި

އައިޝަތު ހަނާ 20 ސެޕްޓެމްބަރު 2020 12:35
Flowers
އިންޑިޔާ ލޯނު ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ބަޖެޓުގެ އާމްދަނީ ފޫބެއްދުމުގެ ގޮތުން އިންޑިޔާއިން ދިވެހިރާއްޖެއަށް ދިން 250 މިލިއަން ޑޮލަރުގެ ލޯނު ރާއްޖެއާ ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. 

މި ރަސްމިއްޔާތުގައި ރާއްޖޭގެ ޚާރިޖީވަޒީރު ޢަބްދުﷲ ޝާހިދާއި މާލީވަޒީރު އިބްރާހީމް އަމީރާއި އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދިރު ބައިވެރިވެވަޑައިގަތެވެ. އިންޑިޔާ ސަރުކާރުން ސޮވެރައިން ގެރެންޓީ ދިނުމުން އިންޑިޔާއިން ފޯރުކޮށްދޭ 250 މިލިއަން ޑޮލަރުގެ ލޯނު ރާއްޖެއަށް ދެނީ ސްޓޭޓް ބޭންކް އޮފް އިންޑިޔާއިންނެވެ. މި ރަސްމިއްޔާތުގައި އެ ބޭންކުގެ ސީއީއޯވެސް ބައިވެރިވެވަޑައިގަތެވެ. 

އިންޑިޔާ ސަފީރު ސަންޖޭ ސުދިރު ވިދާޅުވި ގޮތުގައި މި ލޯނަކީ ވަރަށް ކުޑަ އިންޓަރެސްޓެއްގައި 10 އަހަރުގެ ޓެނިއަރއެއް އޮންނަ ގޮތަށް ދޫކުރާ ލޯނެކެވެ. 10 އަހަރު ތެރޭގައި ފައިސާގެ ޕްރިންސިޕަލް އެމައުންޓު ނުވަތަ ނެގި ލޯނުގެ މިންވަރު ދައްކަން ނުޖެހޭނެ ކަމުގައާއި ދައްކަންޖެހޭނީ ހަމައެކަނި އަހަރީ އިންޓަރެެސްޓު ކަމުގައިވެސް ސަފީރު ވިދާޅުވިއެވެ. 

މި ރަސްމިއްޔަތުގައި ވާހަކަދައްކަވަމުން ޚާރިޖީވަޒީރު ޝާހިދު ވިދާޅުވީ މިއަދު މުޅި ދުނިޔެ ކުރިމަތިލާންޖެހިފައިވަނީ މިއިން ޒަމާނެއްގައި ދުނިޔެ ދެކެފައިނުވާ ފަދަ ގޮންޖެހުމަކާ ކަމުގައެވެ. ދުނިޔޭގެ ވައިގެ ދަތުރުފަތުރު ހުއްޓުވައިލި ވައިރަހަކާ ކަމުގައެވެ. އަޅައިނުލާ ނުތިބެވޭ ފަދަ ނުރައްކަލަކާ ކަމުގައިވެސް ޝާހިދު ވިދާޅުވިއެވެ. އަދި މި ވައިރަހުގެ ސަބަބުން މީގެ ކުރިން ސަރުކާރުތަކުން ނިންމަން ނުޖެހޭ ފަދަ ނިންމުންތަކެއް ނިންމަން ޖެހޭ ވައިރަހަކާ ކަމުގައި ވިދާޅުވިއެވެ. 

އަދި އެކުވެރި ޤައުމުތަކުން މިފަދަ ދަތި ދަނޑިވަޅެއްގައި ވަރަށް އަހުރި މިސާލުތަކެއް ދައްކައިދީފައިވާ ކަމުގައިވާ ޢަބްދުﷲ ޝަހީދު ވިދާޅުވިއެވެ. އެގޮތުން އެ ޤައުމުތަކުގެ ދޮރާށިތައް ބަންދުކުރިނަމަވެސް ދިވެހިރާއްޖެއާއި ދިވެހިންނަށް ހުޅުވާފައިވާ ލޯބީގެ ދޮރުތައް ބަންދުނުކުރާނެކަން އެ ޤައުމުތަކުން ދެއްކި ކަމުގައި ޚާރިޖީވަޒީރު ވިދާޅުވިއެވެ. އެގޮތުން ޗައިނާއަކީ ދިވެހިރާއްޖެއަށް އެންމެ ބޮޑަށް އެހީވާ ރާއްޖޭގެ އެންމެ ގާތް އެކުވެރިޔާ ކަމުގައިވެސް ޝާހިދު ފާހަގަކުރެއްވިއެވެ. 

އިންޑިޔާއިން ކޮވިޑް-19 ހާލަތުގައި ވަރަށް ބޮޑެތި އެހީތެރިކަން ފޯރުކޮށްދިން ކަމުގައި ޝާހިދު ފާހަގަކުރެއްވިއެވެ. މި ވައިރަހުން އެއް ކަމެއް އެނގުނުނަމަ އެނގުނީ ދުނިޔެއަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވަނީ ދުނިޔޭގެ ޤައުމުތައް ގުޅިގެން މަސައްކަތް ކުރުން ކަމުގައެވެ. 

އިންޑިޔާއިން ވެދީފައިވާ އެހީގެ ތެރޭގައި، ދިވެހިން ވޫހާނުން ބޭރުކޮށްދިނުމާއި، ބޭސް އިންޑިޔާ ސިޓީތަކުން ބޭރުކުރުމާއި، މަނަވަރެއްގައި އިންޑިޔާއިން ގެންނަންޖެހޭ ކާބޯތަކެތި ގެނެސްދިނުމާއި، އިންޑިޔާއިން ބޭރުކުރުން މަނާކޮށްފައިވާ ބައެއް ތަކެތި ބޭރުކުރުމުގައި އިސްތިސްނާތަކެއް ރާއްޖެއަށް ދިނުން ހިމެނޭ ކަމުގައި ޝާހިދު ވިދާޅުވިއެވެ. 

އަދި އިންޑިޔާއާއި ރާއްޖޭގެ މެދުގައި އޮތް ގުޅުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވެރިކަމަށް ވަޑައިގަތުމާއެކު އިތުރަށް ފުޅާވެ، ބަދަހިވެފައިވާ ކަމުގައާއި، އަދި މި ސަރުކާރުން އެގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެ ކަމުގައިވެސް ޝާހިދު ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު
ތަމެންދޯ
އިންޑިއާ އިން ބަޖެޓް ސަޕޯރޓަށް ދިން 250 މިލިއަން ޑޮލަރުގެ ލޯން ދިނީ އެެއީ ކިހާ އަދަދެއްގެ އިންޓަރެސްޓް ރޭޓް ގައިތޭ ކެނެރީގެ ނަޝީދު ވެރިކަމުގައި ތިޔާ ގޮތަށް އިންޑިއާ އިން ބަޖެޓް ސަޕޯރޓަށް ދިން 50 މިލިއަން ޑޮލަރު ރައީސް ވަހީދުގެ ވެރިކަމުގައި އެމެން އެންގީ އެއް މަސްދުވަހުގެ ތެރޭގައި އެފައިސާ އަނބުރާ ދައްކަން އިންޑިއާ އިން ނަގާ ލޯން ތަކަކީ އެއީ ވަރަށް ރިސްކް ބޮޑު އަދި ބޮޑު އިދާރީފީއެއް ދައްކަން ޖެހޭ ލޯން ތަކެކޭ އިންޓަރެސްޓް ދަށީ އިދާރީ ބޮޑު އިންޓަރެސްޓަށްވުރެން ބޮޑޭ އިންޑިއާ އިން މިހާރު ރައީސް އިބޫގެ ވެރިކަމުގައި ނެގި 250 މިލިއަން ޑޮލަރުގެ ބަޖެޓް ސަޕޯރޓް ލޯންގެ ސަބަބުން ރާއްޖޭގެ މިނިވަން ކަން ގެއްލޭނެ ކަން އެއީ މަމެންނަށް ޔަގީން ކަމެކޭ ސަބަބަކީ މިހާރު އިންޑިއާ އާއި ސަރުކާރުން އެބަހަދާ ކަޅު ޑީލެއް އެއީ ހަނިމާދޫ އާއި ހޯރަފުއްޓާއި އަދި ކުޅުދުއްފުށި އެއާރޕޯރޓްސް ތައް އިންޑިއާ އަށް ވިއްކާލަން 1000 އަހަރަށް އެންމެ 10 މިލިއަން ޑޮލަރަށް ޖީއެމްއާރަށް 100 ފަޅު ރަށްތަކާއި ދައްޕަރާއި އެކު..
ވިއުސް
މަމެން ހައިރާންވެ އަންތަރީސް ވަނީ އިންޑިއާ އޮތީ ބަނޑަށް ޖެހިފައި އިންޑިއާ ގެ ބަޖެޓް އޮތީ ކުރިއަށް އޮތް 100 އަހަރު ވެސް ދަރަނިން ސަލާމަތް ނުވާވަރު ވެފައި އިންޑިއާގެ މިލިޓަރީ އޮފިސަރުންނަށް މުސާރަ ދޭނެ ފައިސާ އެއްވެސް ނެތް އިންޑިއާ އަތުގައި ދެން އިންޑިއާގެ ފަގީރު ކަން ދަނީ އިންތިހާ އަށް މަތިވަމުން ދެން އިންޑިއާގެ އަމިއްލަ ރައްޔިތުންނަށް ލޯން ދީގެން ނަމަވެސް އެމެން ސަލާމަތް ކުރުމުގެ ބަދަލުގައި މިރާއްޖެއަށް ބޮޑު އިންޓަރެސްޓްގައި އިންޑިއާ އިން ލޯން ދެނީ އެއީ ހަމަ ޔަގީނުންވެސް ރާއްޖޭގެ މިނިވަން ކަން ފޭރިގަންނަން ވެގެން އިންޑިއާގެ މަކަރާއި ހީލަތުގެ ދަށުން އެމެން ކުރާ ކަމެކޭ ބަލާބަލަ މޮރިޝަސް އަދި ސީޝެލްސް މި ގައުމު ތައް ވަނީ އިންޑިއާ އަތް ދަށުލާފައޭ އޭގެ ސަބަބުން އެދެގައުމު ފަގީރު ކަމުން އަރައިނުގަނެގެން އުޅެނީ އިންޑިއާއިން 250 މިލިއަން ޑޮލަރުގެ ލޯން ހޯދަން މިސަރުކާރުން ހުށައެޅީ މިސަރުކާރުން ޖަޕާން އަދި ޗައިނާ އިން އެއްވެސް އެހީއެއް ހޯދަން ނޭދެއޭ މަމެން ލިޔެ ސޮއިކޮށްފައި ދޭނަމޭ ޔަގީން ކަން އިންޑިއާ އިން ދޭ ލޯން ލިބޭނީ ވެސް 10 އަހަރު ތެރޭގައި އެއަށް ދައްކަން ޖެހޭނެއޭ %20 އިންޓަރެސްޓް ތިޔާއީ ރާއްޖޭގެ މިނިވަން ކަން ފޭރިގަންނަން ވެގެން އިންޑިއާގެ ބޮޑު ވަޒީރު މޮދީ އާއި އިންޑިއާ އެމްބެސެޑަރު ކޮރަޕްޓް ސޫރަޖް އާއި ރައީސް އިބޫ ގުޅިގެން ދިވެހި ގައުމަށްވާ ގައްދާރު ވުމެއް ކަމަށޭ މަމެން މިދެކެނީ...
ކަޓްކަނީދޯ
އިންޑިއާ އިން ދިން 250 މިލިއަން ޑޮލަރުގެ ލޯންގެ ފުރަގަހަތުގައި ވަނީ ހަނިމާދޫ އެއާރޕޯރޓާއި ހޯރަފުށި އެއާރޕޯރޓާއި އަދި ކުޅުދުއްފުށީ އެއާރޕޯރޓް އެމެންނަށް 1000 އަހަރަށް ހިލޭ ދޭ ގޮތަށޭ އަދި އިތުރަށް 10 ފަޅު ރަށް އެއަތޮޅު ތަކުން އެމެންނަށް ދެއޭ މީވަރަށް ނުރައްކާތެރި ވައްތަރުގެ ލޯން ރައީސް އިބޫ އާއި މޮދީ އާއި ދެމީހުން ޑީލް ހަދައިގެން މިކުރަނީ މީގައި މޮދީގެ އަމިއްލަ އިންޓަރެސްޓެއް އެބައޮތް އޭނާ އަށް ބައިއަޅާ ވިޔަފާރިވެރިންނަށް ރާއްޖެ ވިއްކާލަން ވެގެން އޭނާ އުޅެނީ ދޯ..