Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ގައްދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެ

ގދ.ގައްދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެކަން އެ ރަށުގެ ކައުންސިލުން ރޭ ހާމަކޮށްފިއެވެ.
ގައްދޫއިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ މާލެއިން އެ ރަށަށް ގޮސް ހޯމް ކަރަންޓީނުގައި ހުރި މީހެއް ކަމުގައި އެ ރަށު ކައުންސިލުން ބުނެފައިވެއެވެ. ޕޮޒިޓިވްވި މީހާއަކީ ބިދޭސީއެއް ކަމުގައިވެސް ރަށު ކައުންސިލުން ހާމަކުރިއެވެ. އަދި އެ ރަށު ކައުންސިލުން ނެރެފައިވާ ބަޔާނުގައި ބުނެފައިވާ ގޮތުން މިކަމާ ގުޅިގެން މިހާރު އެ ރަށުގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްވަނީ ފަށާފައެވެ.
ހަމައެހެންމެ ޕޮޒިޓިވްވި މީހާ ބައްދަލުވި ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ނިމެންދެން މީހުން ތަންތަނަށް އެއްވެ އުޅުން މަނާކުރަން އެ ރަށުގެ ކޮވިޑް-19 ޓާސްކް ފޯހުން ނިންމާފައިވެއެވެ. އަދި ފިހާރައަށް އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަ މީހުން ވަނުން މަނާކޮށް، އެންމެންވެސް ހުރިހާ ވަގުތެއްގައިވެސް ރަށު ތެރޭގައި އުޅޭއިރު މާސްކު އެޅުން ލާޒިމުކުރަން ނިންމާފައިވެއެވެ.
އޭގެ އިތުރަށް ޓާސްކު ފޯހުން ނިންމާފައިވަނީ ގައްދޫގައި ބާއްވާ ކުޅިވަރު ހަރަކާތްތަކާއި މުބާރާތްތައް މެދުކަނޑައިލުމަށެވެ. ކުޅިވަރުކުޅޭ ހުރިހާ ދަނޑެއް ބަންދުކުރުމަށްވެސް ނިންމާފައިވެއެވެ.ހަމައެހެންމެ އެޗްޕީއޭއިން އާންމުކޮށްފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ވިޔަފާރިތަކާއި ޢާންމުން އަމަލުކުރުމަށްވެސް އެ ރަށުގެ ޓާސްކު ފޯހުން ނިންމާފައިވެއެވެ.
އެ ރަށު ކައުންސިލުން ނެރެފައިވާ ބަޔާނުގައި އެދިފައިވަނީ ޓާސްކް ފޯސްގެ އެންގުންތަކަށް ހުރިހާ ރައްޔިތުންވެސް ބޯލެނބުމަށެވެ. އަދި އޭގެ އިތުރުން ހޮޓާ ކެފޭ ފަދަ ތަންތަނުގައި ތިބޭއިރުވެސް ގައިދުރުކޮށްގެން ތިބުމަށް އެދިފައިވެއެވެ. އަދި އެފަދަ ތަންތަނުގަައި ތިބޭއިރުވެސް މާސްކު އެޅުމަށް އިލްތިމާސްކޮށްފައިވެއެވެ.
މި ލިއުމާއި ގުޅޭ