Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ސަރުކާރުގެ ނިންމުންތަކުގައި އެމްޑީޕީގެ މަޝްވަރާ ހޯދާ މިންވަރު ކުޑަ: ޙަސަން ލަޠީފު

އެމްޑީޕީ އިސްވެ އުފެއްދި ކޯލިޝަނުގެ ސަރުކާރުގައި ބޮޑެތި ނިންމުންތައް ނިންމުމުގައި އެ ޕާޓީގެ މަޝްވަރާ ހޯދާ މިންވަރު ކުޑަ ކަމުގެ ޝަކުވާ އެ ޕާޓީގެ ޗެއާޕާސަން ޙަސަން ލަޠީފު ކުރައްވައިފިއެވެ.
ޙަސަން ލަޠީފު މި ޝަކުވާ ކުރައްވާފައިވަނީ "ރާއްޖެއެމްވީ" ނޫހަށް ދެއްވި ބަސްދީގަތުމެއްގައެެވެ. އޭނާ ވިދާޅުވެފައިވަނީ މި ސަރުކާރު ހިމާޔަތްކޮށްދެނީވެސް އެމްޑީޕީން ކަމުގައެވެ. އަދި މި ސަރުކާރު ޕްރޮމޯޓުކޮށް ސަރުކާރުން ހިންގާ މަޝްރޫޢުތަކާއި މަސައްކަތްތައް ކިޔައިދެނީވެސް އެމްޑީޕީން ކަމުގައެވެ.
އެމްޑީޕީ އަކީ ސަރުކާރު ކޯލިޝަންގެ މައިޕާޓީ ކަމުގައިވީ ނަމަވެސް، ސަރުކާރުން ނިންމާ ނިންމުންތަކުގައި އެމްޑީޕީގެ މަޝްވަރާ ހޯދާ މިންވަރު ކުޑަ ކަމަށް އެ ޕާޓީގެ ޗެއާޕަރސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ. އެހެންނަމަވެސް އޭނާ ވިދާޅުވެފައިވަނީ ސަރުކާރުގެ ޕާފޯމޭންސާމެދު އެއްވެސް މިންވަރަކަށް ޝައްކުނުކުރައްވާ ކަމުގައެވެ. އަދި ރައީސް ޞާލިޙުގެ ރިޔާސީ ވަޢުދުތައް ބަރާރަށް ސަރުކާރުން ފުއްދަމުންދާ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
އޭގެ އިތުުރަށް ޙަސަން ލަޠީފު ވިދާޅުވެފައިވަނީ ސަރުކާރުން ބޮޑެތި ނިންމުންތައް ނިންމުމުގެ ކުރިން ޕާޓީގެ އެތެރޭގައި އެކަންކަމާމެދު މަޝްވަރާކުރެވުމުން، ޝަކުވާތައް މަދުވާނެއެވެ. އަދި ސަރުކާރާމެދު ރައްޔިތުންގެ ހިތްތަކުގައި އޮންނަ އިތުބާރުވެސް ބޮޑުވާނެ ކަމުަގއި އޭނާ ވިދާޅުވިއެވެ.
ސަރުކާރުން އެކަށީގެންވާ މިންވަރަށް ސަރުކާރު ހިންގާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީގެ މަޝްވަރާ ނުހޯދާ ކަމުގައި އެ ޕާޓީގެ ޗެއާޕާސަން ވިދާޅުވިއިރު މަޝްވަރާ ހޯދާފައިނުވަނީ ކޮން ކަންތައްތަކަކާ ގުޅިގެން ކަން އޭނާ ބަޔާންކުރައްވާފައިނުވެއެވެ.
ސަރުކާރުން އެކަށީގެންވާ ގޮތެއްގައި އެމްޑީޕީއާ މަޝްވަރާނުކުރާ ކަމުގައި އެ ޕާޓީގެ ޗެއާޕާސަން ވިދާޅުވިއިރު، އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލިހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވައި މި ސަރުކާރުގެ އެންމެ ނުފޫޒުގަދަ ވަޒީރު ކަމުގައިވާ އިޤުތިޞާދީ ވަޒީރު ފައްޔާޒް އިސްމާޢީލު މަޤާމުން ވަކިކުރުމުގެ މަސައްކަތްވަނީ ޕާޓީ ތެރެއިން ފަށާފައެވެ.
މި ލިއުމާއި ގުޅޭ