ކަނޑުގެ ސަރަހައްދުގެ ޖޫރިސްޑިކްޝަނާ ގުޅޭ އެއްބަސްވުމެއް ހެދުމަށް ތުރުކީން މިސްރަށް ހުށަހަޅައިފި

އައިޝަތު ހަނާ 18 ސެޕްޓެމްބަރު 2020 15:42
Flowers
ތުރުކީގެ ޚާރިޖީވަޒީރު

ކަނޑުގެ ސަރަހައްދުގެ އިން ކަނޑައެޅުމާ ގުޅޭ ގޮތުން އެއްބަސްވުމެއް އެކުލަވައިލުމަށް ތުރުކީން މިޞްރަށް ހުށަހަޅައިފިއެވެ. 

ކަނޑުގެ ސަރަހައްދުގެ އިން ކަނޑައެޅުމާ ގުޅޭ ގޮތުން އެއްބަސްވުމެއް އެކުލަވައިލަން ތުރުކީން މިޞްރަށް ހުށަހަޅާފައިވާ ކަމުގައި ބުދަ ދުވަހު ތުރުކީގެ ޚާރިޖީވަޒީރު މެވްލުތު ކަވުސޮގްލު ވިދާޅުވެފައިވަނީ އޭނާ ސީއެންއެންގެ ތުރުކީ ޗެނަލަށް ދެއްވި ބަސްދީ ގަތުމެއްގައި ކަމަށް އެ ޗެނަލުން ރިޕޯޓުކޮށްފައިވެއެވެ. 

އެގޮތުން އޭނާ ވިދާޅުވެފައިވަނީ ލީބިޔާއާއެކު ކަނޑުގެ ސަރަހައްދުގެ އިންތައް ކަނޑައެޅުމާ ގުޅޭ ގޮތުން އެއްބަސްވުމެއް އެކުލަވައިލި ފަދައިން މިޞްރާއެކު އެއްބަސްވުމެއް އެކުލަވައިލުމަށް މިޞްރުގެ ޚާރިޖީވުޒާރާއަށް ހުށަހަޅާފައިވާ ކަމުގައެވެ. ތުރުކީއާއި ލީބިޔާއިން ވަނީ ދެ ޤައުމުގެ މެދުގައި ކަނޑުގެ ސަރަހައްދުގެ އިން ކަނޑައެޅުމާ ގުޅޭ ތާރީޚީ އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ. 

އިރުމަތީ މެޑިޓޭރިން ކަނޑުގެ އިން ކަނޑައެޅުމުގެ އެއްބަސްވުމެއްގައި ފާއިތުވި ހަފުތާގައި މިޞްރާއެކު ގުރީކު ޤާނޫނު ހަދާ މަޖިލިހުން އެއްބަސްވުމެއް އެކުލަވައިލާ ސޮއިކޮށްފައިވެއެވެ. މިޞްރުން ގުރީސްއާއެކު އެއްބަސްވުމެއް އެކުލަވައިލި ނަމަވެސް ތުރުކީގެ ޚާރިޖީވަޒީރު ވިދާޅުވެފައިވަނީ މިޞްރުން ތުރުކީގެ ސިޔާދަތާއި ބެހިފައިނުވާ ކަމުގައެވެ.

ނަމަވެސް ތުރުކީން ނެރުނު ބަޔާނެއްގައި އެ ޤައުމުގެ ޚާރިޖީވުޒާރާއިން މިޞްރާއި ގުރީސް މެދުގައި ހެދި އެއްބަސްވުމަށް ރައްދު ދީފައިވެއެވެ. އެގޮތުން އެ ދެޤައުމުގެ މެދުގައި ހިއްސާވަނިވި ބޯޑަރެއް ނޯންނާނެކަމުގައާއި އެހެންކަމުން އެ އެއްބަސްވުމަކީ ފެށުމުގައިވެސް ބާޠިލު އެއްބަސްވުމެއް ކަމުގައެވެ. 

ތުރުކީންވަނީ އެ ޤައުމަށް ޙައްޤުވާ ކަނޑުގެ ސަރަހައްދުން އެކަހެރިކުރުމަށް ކުރާ މަސައްކަތްތަކާ ދެކޮޅަށް އަޑުއުފުލާފައެވެ. ތުރުކީއަކީ އިރުމަތީ މެޑިޓޭރިއަން ކަނޑުގެ އެންމެ ދިގު އައްސޭރިއެއް އޮންނަ ޤައުމެކެވެ. ނަމަވެސް ތުރުކީއަށް އެ ޤައުމުގެ ކަނޑުގެ ސަރަހައްދުން ލިބެންޖެހޭ ޠަބީޢީ ވަސީލަތްތައް ނުދިނުމަށް ބައެއް ޤައުމުތަކުން މަސައްކަތްކޮށްފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު