Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ރައީސް ސޯލިހްގެ މައްސަލައެއް އޭސީސީ އިން ތަހުގީގު ކުރަން ފަށައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގު ކުރަން ފަށައިފިއެވެ.
އޭސީސީ އިން ތަހުގީގު ކުރަން ފަށާފައިވަނީ 2019 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިންގައި ރައީސް ސޯލިހް ދައުލަތުގެ މުދަލާއި ވަސީލަތް ބޭނުންކުރެއްވި ކަމަށް ބުނެ އާންމު ފަރާތަކުން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅި މައްސަލައެެކެވެ.
އެ ފަރާތުން އެ މައްސަލަ ހުށަހަޅާފައިވަނީ 20019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. އެ މައްސަލަ ތަހުގީގު ކުރަން ނިންމި ކަމަށް އޭސީސީ އިން އެފަރާތަށް އަންގާފައިވަނީ 13 ސެޕްޓެމްބަރު 2020 ގައެވެ.
މީގެ ކުރިންވެސް ރައީސް ސޯލިހްގެ މައްސަލަތައް އޭސީސީ އިން ބަލަން ފަށާފައިވާ ކަމަށް ބުނެފައިވެއެވެ. ނަމަވެސް މިހާތަނަށް އެއިން އެއްވެސް މައްސަލައެއް ބަލާ ނިންމިކަން އެނގޭކަށް ނެތެވެ.
ރައީސް ސޯލިހް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބް އަތުން އެތައް މިލިއަން ރުފިޔާއެއް ރިޝްވަތުގެ ގޮތުގައި ނެންގެވި މައްސަލައެއްވެސް މިދިޔަ އަހަރުވަނީ އޭސީސީއަށް ހުށަހަޅާފައެވެ.
މި ލިއުމާއި ގުޅޭ