ކްލައިމޭޓް ޗޭންޖް އެމްބެސަޑަރުގެ މަޤާމާ ރައީސް ނަޝީދު ހަވާލުވެވަޑައިގެންފި

އައިޝަތު ހަނާ 17 ސެޕްޓެމްބަރު 2020 11:31
Flowers
ރައްޔިތުން މަޖިލިހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު

މޫސުމަށް އަންނަ ބަދަލުތަކުން ކުރިމަތިވާ ގެއްލުންތައް ކުޑަކުރުމަށް މަސައްކަތްކުރާ ބައިނަލްއަޤުވާމީ ފޯރަމެއް ކަމުގައިވާ ކްލައިމެޓް ވަލްނަރަބަލް ފޯރަމުގެ "ތީމެޓިކް އެމެބެސެޑަރ"ގެ މަޤާމާ ރާއްޖޭގެ ރައްޔިތުން މަޖިލިހުގެ ރައީސް މުޙައްމަދު ނަޝީދު އިއްޔެ ހަވާލުވެވަޑައިގެން އެ މަޤާމުގެ މަސައްކަތް ފައްޓަވައިފިއެވެ. 

ރޭ ރައްޔިތުން މަޖިލިހުގެ އިދާރާއިން ބުނި ގޮތުގައި ތީމެޓިކް އެމްބެސެޑަރުކަމުގެ މަޤާމާ ރައީސް ނަޝީދު ހަވާލުވެވަޑައިގެން މަޤާމުގެ މަސައްކަތް ފެއްޓެވުމުގެ ގޮތުން ކްލައިމެޓް ވަލްނަރަބަލް ފޯރަމުގެ ރިޔާސަތާއި އެ ފޯރަމުގައި ހިމެނިވަޑައިގަންނަވާ ބަންގުލަދޭޝަގެ އިސް ބޭފުޅުންނާ ރައީސް ނަޝީދު ބައްދަލުކުރައްވައިފައިވެއެވެ. އެގޮތުން ރައީސް ނަޝީދު ބައްދަލުކުރެއްވި ބޭފުޅުންގެ ތެރޭގައި އެ ފޯރަމުގައި ރިޔާސަތު ބެލެހެއްޓެވި ޑރ.ޢަބްދުލްކަލާމް އާޒާދާއި ބަންގުލަދޭޝްގެ ތިމާވެއްޓާ ބެހޭ ވުޒާރާގެ އިސްވެރިން ހިމެނިވަޑައިގެންނެވިއެވެ. 

ކްލައިމެޓް ވަލްނަރަބަލް ފޯރަމް ވުޖޫދުކޮށްފައިވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން އެންމެ ބޮޑަށް ލިބޭ ޤައުމުތައް ގުޅިގެން 2009 ވަނަ އަހަރުގައެވެ. މި ފޯރަމް ވުޖޫދަށް ގެނައުމުގައި ރައީސް ނަޝީދު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން މަސައްކަތްޕުޅު ކުރައްވާފައިވެއެވެ. 

އަދި މަޖިލިހުގެ އިދާރާއިން މައުލޫމާތު ދީފައިވާ ގޮތުގައި ރައީސް ނަޝީދާ ފޯރަމުގެ ކުރީގެ ރައީސް ޑރ.ޢަބްދުލް ކަލާމުވަނީ މި ފޯރަމް އުފެއްދުވުމުގައި ނަޝީދު ކުރެއްވި މަސައްކަތްޕުޅު ފާހަގަކުރައްވާފައެވެ. 

ކްލައިމެޓް ވަލްނަރަބަލް ފޯރަމުގެ ތީމެޓިކް އެމްބެސަޑަރުގެ ހައިސިއްޔަތުން ރައީސް ނަޝީދުގެ މައިގަނޑު މަސައްކަތްޕުޅަކީ ޕެރިސް އެގްރިމެންޓުގައި ހިމެނޭ ކަންކަން މި އަހަރުގެ ނިޔަލަށް ތަންފީޒުކުރުމަށް ޤައުމުތަކަށް ބާރުއެޅުއްވުމަށެވެ. އޭގެ އިތުރަށް އެ އެއްބަސްވުމުގައި ބައިވެރިވާ ޤައުމުތަކުން ބޭނުންކުރާ ހަކަތައަކީ ސައްތައިން ސައްތަ އިއާދަކުރަނިވި ހަކަތައަށް ހަދަން މަސައްކަތް ކުރަން ބާރުއެޅުއްވުމަކީވެސް އެ މަޤާމުގެ ޒިންމާއެކެވެ. 

އަދި މި މަޤާމުގެ މަސައްކަތް ރައީސް ނަޝީދު ކުރައްވާނީ އަމިއްލަފުޅު ހައިސިއްޔަތުން ހިލޭ ސާބަހަކަށް ކަމުގައިވެސް ރައްޔިތުން މަޖިލިހުގެ އިދާރާއިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު
އިންޑިއާއައުޓް
ކެނެރީގެ ނަޝީދު އެކޮޅު ކޮޅުން ޖެހުނު ނަމަވެސް ޗައިނާ އިން ދޭ ލުއި ގޮތަށް ލޯން ވެސް އަދި ހިލޭ އެހީ ވެސް ނުދެވޭނެއޭ އިންޑިއާ އަށް ފުރަތަމަ ކަމަކީ އިންޑިއާ އިޓް ސެލްފް އެއުޅެނީ އެމެންގެ ހާލާއިގެން އެމެންނަށް ނޫޅެވިގެންނޭ އިންޑިއާގައި ބަނޑަށް ޖެހި މަރުވަނީ އެތައް މިލިއަން މީހުން ކޮވިޑް އާއި ގުޅިގެން އެކަމަކު ޗައިނާ ގައި އެންމެ މީހަކު ވެސް ބަނޑަށް މަރުނުވެއޭ މިހާރު ޗައިނާ އިން ވަނީ ކޮވިޑްގެ ސަބަބުން އިގްތިސާދު ވެއްޓުނު ތަން ރިކަވަރ ވެސް ކޮށްފައޭ އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް
ތަމެންދޯ
ދަރަނީގެ މަޅިއަކީ ޚިޔާލީ ވާހަކައެއް، ލޯނު ދެނީ ޝަރުތަކާ ނުލައި ކަމަށް ޗައިނާ ސަފީރު ވިދާޅުވުން އެއީ މަމެން އުފާ ކުރާ ކަމެކޭ ކެނެރީގެ ނަޝީދު ހީކުރަނީ އޭނާ 2008 ގައި ރައްޔިތުންނަށް އޮޅުވާލާ މަކަރާއި ހީލަތުން ކަޓް ޖައްސައިގެން އިންޑިއާގެ ބަންގުރޫޓް ވެފައިވާ ކުންފުންނަކަށް ވެލާނާ އެއާރޕޯރޓް ވިއްކާލައިގެން ދިވެހިންނަށް ފައިދާވާނެއޭ ބުނެ އޭނާ ދެއްކި ވާހަކަ ގޮތަށް މިހާރު ރާއްޖޭގެ ރައްޔިތުންނަށް އޮޅުވާލެވޭނެ ކަމަށް އިންޑިއާ ގެ އެމްބެސެޑަރު އަތުން ކަޓް ޖައްސައިގެން އުޅެނީދޯ...