Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

މާލެ ސަރަހައްދުގެ ގެސްޓު ހައުސްތައް ނޮވެންބަރު މަހު ކުރީ ކޮޅު ހުޅުވުމަށް އުންމީދުކުރަން: ޑރ.މަޢުޞޫމް

މާލެ ސަރަހައްދުގެ ގެސްޓު ހައުސްތައް ނޮވެންބަރު މަހު ކުރީ ކޮޅުގައި ހުޅުވުމަށް އުންމީދުކުރައްވާ ކަމުގައި ފަތުރުވެރިކަމާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މަޢުޞޫމު ވިދާޅުވެއްޖެއެވެ.
ޑރ.މަޢުޞޫލު މިފަދައިން ވިދާޅުވެފައިވަނީ އިއްޔެ ކުރެއްވި ޓުވީޓެއްގައެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ މާލެ، ހުޅުމާލެ އަދި ވިލިމާލެ ސަރަހައްދުގެ ހޮޓާތަކާއި ގެސްޓު ހައުސްތަކާއި ފަތުރުވެރިކަމުގެ ފެސިލިޓީތައް ނޮވެންބަރު މަހު ކުރީކޮޅު ހުޅުވޭވަރުވާނެ ކަމުގައި އުންމީދުކުރައްވާނެ ކަމުގައެވެ.
Male', HulhuMale', ViliMale' #GreaterMale' area ge hotel, guesthouse adhi tourist facility thah #November mahu kureekolhu hulhuveyvaru vaane kamah unmeedhu kuran. Beynun vanee #fassi % #fahakah naaruvaa vidhividhigen 2 hafuthaa. #TogetherWeCan— Abdulla Mausoom (@Mausoom_Maus) September 16, 2020

އެގޮތުން ނޮވެންބަރު މަހު ކުރީ ކޮޅުގައި ހޮޓާތަކާއި ގެސްޓު ހައުސްތަކާއި އިތުރު ފަތުރުވެރިކަމުގެ މަރުކަޒުތައް ހުޅުވުމަށްޓަކައި، ކޮވިޑް-19 ބައްޔަށް ފައްސިވާ މީހުންގެ ނިސްބަތް 5 އިންސައްތައަށްވުރެ ދަށަށް މަދުކުރަންޖެހޭ ކަމުގައިވެސް ޑރ. މައުޞޫމު ވިދާޅުވިއެވެ.
އެމަނިކުފާނު ފާހަގަކުރެއްވީ ވިދިވިދިގެން ދެ ހަފުތާގައި ހަދާ ހުރިހާ ޓެސްޓުތަކެއްގެ 5 އިންސައްތައަށްވުރެ ދަށުގައި ޕޮޒިޓިވްވާ މިންވަރު ހިފަހެއްޓުމުން މާލެ ސަރަހައްދުގެ ގެސްޓުހައުސްތައް ހުޅުވާނެ ކަމުގައި ޑރ.މައުޞޫމު ވިދާޅުވިއެވެ.
މިހާ ހަމައަށް ރިސޯޓުތަކާއި ގެސްޓު ހައުސްތައް ހުޅުވުމުގެ ހުއްދަ ސަރުކާރުން ދީފައިވީނަމަވެސް މާލެ ސަރަހައްދުގެ ގެސްޓު ހައުސްތައް މިހާތަނަށް ހުޅުވުމަށް ހުއްދަ ދީފައިނުވެއެވެ. ނަމަވެސް މާލެ ސަރަހައްދުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދުދަނީ މަދުވަމުންނެވެ.
މި ލިއުމާއި ގުޅޭ