ކޮވިޑު-19 ގެ ސަބަބުން 160 މިލިއަނަށްވުރެ ގިނަ މީހުން އޭޝިއާ އިން ފަޤީރު ވެދާނެ: އޭޑީބީ

އިބްރާހިމް އާދަމް 16 ސެޕްޓެމްބަރު 2020 22:08
Flowers
އޭޑީބީގެ މައި އޮފީސް

 ކޮވިޑު-19 ފެތުރުން ހުއްޓުވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އިޤްތިސާދަށް ލިބެމުންދާ ގެއްލުންތަކުގެ ސަބަބުން އޭޝިއާ ސަރަހައްދުން 160 މިލިއަނަށްވުރެ ގިނަ މީހުން ފަގީރު ވެދާނެ ކަމަށް އޭޝިއަން ޑިވެލޮޕްމެންޓް ބޭންކުން ބުނެފިއެވެ.

ފާއިތުވި 15 އަހަރު ތެރޭގައި އޭޝިއާގެ ފަގީރުކަން ވަނީ ވަރަށް ބޮޑުތަން ކުޑަވެފައެވެ. އެހެން ނަމަވެސް ކޮވިޑު-19 ގެ ސަބަބުން އެތައް މިލިއަން ބައެއްގެ އާމްދަނީ ވަނީ ހުއްޓިފައި ކަމަށާއި ކުރިންވެސް މަދުން އާމްދަނީ ލިބެމުން އައި ފަރާތްތަށް އެއްކޮށް ފަގީރު ވެދާނެ ކަމަށް އޭޑީބީގެ ޗީފް އެކޮނޮމިސްޓު ޔަސުޔުކި ސަވާޑާ ވިދާޅުވެފައިވެއެވެ.

އަދި އެގޮތުން 160 މިލިއަނަށްވުރެ ގިނަ މީހުން އިންތިހާއަށް ފަގީރު ވެދާނެ ކަމަށް ސަވާޑާ ވިދާޅުވެފައިވެއެވެ.

ކޮވިޑު-19 ބަލިމަޑުކަން ނުފެތުރުނު ނަމަ މިއަހަރުވެސް އޭޝިއާ ބައްރުގައި ފަގީރުކަން ދަަށަށް ދާނެކަމަށް އޭޑީބީ އިން ބުނެފައިވެއެވެ. އަދި ކޮވިޑު-19 އާއި ގުޅިގެން މި އަހަރުގެ ނިޔަލަށް އޭޝިއާ ޕެސިފިކް ސަރަހައްދުގައި ޖުމްލަ 192 މިލިއަން މީހުން ފަގީރުކަން ތަހައްމަލު ކުރާނެ ކަމަށް އޭޑީބީ އިން ލަފާކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު