Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ރަނގަޅަށް މެނޭޖުނުކުރެވި އިހުމާލުވުމުގެ ސަބަބުން ރައްޔިތުން ތިބީ ދަތި ހާލަތުގައި: ޣައްސާން

ކޮވިޑު-19 އާ ގުޅިގެން ސަރުކާރުން އިހުމާލުވެ، ފައިސާ ރަނގަޅަށް މެނޭޖުނުކުރުމުގެ ސަބަބުން ރައްޔިތުންނަށް ދަތި ޙާލަތެއް މެދުވެރިވެފައިވާ ކަމުގައި ކޮޅުމަނޑުލު ގުރައިދޫ ދާއިރާ މެންބަރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
މިފަދައިން ޣައްސާން ވިދާޅުވެފައިވަނީ ބޭންކް އޮފް މޯލްޑިވްސްއިން ދިވެހި ރުފިޔާ ކާޑުތަކުން ޑޮލަރުން މުއާމަލާތްކުރެވޭ މިންވަރު މަދުކޮށްފައިވުމަށް އިޝާރާތްކުރައްވައެވެ. އެގޮތުން މިހާރު ރާއްޖޭގައި ދިރިއުޅޭ މީހުންނަށް މިހާރު ކާޑުން ކުރެވެނީ 250 ޑޮލަރުގެ މުޢާމަލާތެވެ. ރާއްޖެއިން ބޭރުގައި އުޅޭ ފަރާތްތަކަށް ދިވެހިރުފިޔާ ކާޑުން މިހާރު މުއާމަލާތްކުރެވޭނީ 750 ޑޮލަރުގެ މުއާމަލާތެވެ.
NDMA audits should be followed by due process. Also proves BML forced to restrict USD due to economic mismanagement, Covid related misappropriation of public funds, GoM excesses and negligence => leaving the public in hardship. Inexcusable.— Mohamed Ghassan Maumoon (@mgmaumoon) September 16, 2020

އެކަމަށް އިޝާރާތްކުރައްވައި ޣައްސާން ވިދާޅުވެފައިވަނީ ބީއެމްއެލަށް އެ ބޭންކުގެ ކާޑުތަކުން ކުރާ މުއާމަލާތް ވަކި މިންވަރެއްގައި ހިފަހެއްޓުމަށް މަޖުބޫރުވީ އިޤުތިޞާދު ރަނގަޅަށް މެނޭޖުނުވުމުގެ ސަބަބުން ކަމުގައެވެ.
ހަމައެހެންމެ މީގެ ކުރިން ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓު އޮތޯރިޓީން ކޮވިޑް-19އާ ގުޅިގެން ޚަރަދުކޮށްފައިވަނީ ޤާނޫނާއި ޤަވާޢިދާ އެއްގޮތަށް ތޯ ބެލުމަށް އޮޑިޓާ ޖެނެރަލް އޮފީހުން ހެދި އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތަކާ ގުޅިގެންވެސް ޣައްސާން ވާހަކަދެއްކެވިއެވެ. އެގޮތުން ޣައްސާން ވިދާޅުވީ އެ އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާމެދު ފިޔަވަޅު އަޅަންޖެހޭ ކަމުގައެވެ.
އަދި ކޮވިޑާއި ގުޅިގެން ޢާންމު ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމާއި ސަރުކާރުން ބޭކާރު ޚަރަދުތައް ކުރުމާއި، އިހުމާލުވުމުގެ ސަބަބުން ޢާންމުން ތިބީ ވަރަށް ބޮޑު ދަތިކަމެއްގައެވެ. އަދި އެފަދަ ކަންކަމަކީ އެކަންކމަށް އެެއްވެސް ޢުޒުރެއް އޮތް ކަމެއް ނޫން ކަމުގައިވެސް ޣައްސާން ވިދާޅުވިއެވެ.
މި ލިއުމާއި ގުޅޭ