ކުރީ ސަރުކާރުން އައްޑޫގައި ތަރައްޤީކުރަން ފެށި ނަރުދަމާގެ މަސައްކަތް ނިމެނީ

މަރިޔަމް ލީނާ 16 ސެޕްޓެމްބަރު 2020 14:06
Flowers
އައްޑޫ ސިޓީ

އައްޑޫ ސިޓީގެ މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށާއި އެ މަޝްރޫއު އަންނަ ޑިސެމްބަރު މަހު އެއްކޮށް ނިންމާލެވޭނެ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ. 

އެމްޓީސީސީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މަރަދޫ އާއި މަރަދޫފޭދޫގެ ނަރުދަމާ ނިޒާމުގެ މަސައްކަތް ނިންމުމަށްފަހު ހިދުމަތްދިނުމަށް ފެނަކަ އާއި މިމަހުގެ 12 ވަނަ ދުވަހު ހަވާލުކޮށްފައިވާކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ ފޭދޫގެ ސީއައުޓްފޯލް ރެކްޓިފިކޭޝަންގެ މަސައްކަތް ކަމަށެވެ. 

އަދި އެމްޓީސީސީ އިން ބުނީ މަރަދޫ އާއި މަރަދޫފޭދޫގެ ނަރުދަމާ ނިޒާމުގެ މަސައްކަތް ނިންމައި ފެނަކައާއި ހަވާލު ކުރުމުގެ ކުރިން އެ އަވަށުގެ ޕަމްޕިން ސްޓޭޝަނާއި ޕެނަލް ބޯޑުތައް އަދި ޓްރާންސްފާ ސްޓޭޝަންތައް އެމްޓީސީސި އާއި ފެނަކަ ކޯޕަރޭޝަނާއި، މަޝްރޫއުގެ ކޮންސަލްޓޭންޓުންގެ ޓީމުން ބަލައި ފާސްކޮށްފައިވާ ކަމަށެވެ. 

މި މަޝްރޫއުގެ ޖުމްލަ އަގަކީ 124 މިލިއަން ރުފިޔާއެވެ. އަދި އެ މަސައްކަތް އެމްޓީސީސީއާއި ހަވާލު ކުރެވުނީ 2017 ވަނަ އަހަރުގައެވެ. 

ކިޔުންތެރިންގެ ހިޔާލު