ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި އެކު 7 މީހުން ހައްޔަރުކޮށްފި

މަރިޔަމް ލީނާ 16 ސެޕްޓެމްބަރު 2020 12:49
Flowers
ފުލުހުންގެ ޑީއީޑީ ގެ ފުލުހުންތަކެއް

މާލެ ސިޓީ ގެއެއް ބަލައި ފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުން ހޯދައިފިއެވެ.

ފުލުހުން ހާމަކުރެއްވި ގޮތުގައި، ޑްރަގް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މިމަހުގެ 14 ވަނަ ދުވަހުގެ 21:38 އެހާކަށް ހާއިރު ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނަކާއި 27 އަހަރުގެ ފިރިހެނަކާއި 21 އަހަރުގެ ފިރިހެނަކާއި 26 އަހަރުގެ ފިރިހެނެއްގެ އިތުރުން 19 އަހަރުގެ ފިރިހެނެއް ކަމަށެވެ.

ކޯޓު އަމުރެއްގެ ދަށުން މި އޮޕަރޭޝަނުގައި ބަލައިފާސްކޮށްފައިވަނީ ހެންވޭރުގައި ހުރިގެއެކެވެ. އެ ގެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި 42 ދަޅާއި 28 ރަބަރު ޕެކެޓާއި 216 ސެލޯފިންކޮޅާއި ޖޫސް ޕެޓީ ކޮތަޅެއްގެ އިތުރުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗަކާއި ދުންފަތް އަޅާފައިވާ ބިޑިއަކާއި މަނާބޭހުގެ 255 ގުޅައާއި ބަނގުރާ ފުޅިއެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އަދި އޭގެ އިތުރުން 17،150 ރުފިޔާވެސް އެގެއިން ވަނީ ފެނިފައެވެ. 

މިމައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު