ގެވެށި އަނިޔާގެ ޝިކާރައަށްވާ ފަރާތްތަކަށް ޚާއްޞަ ހިޔާތަކެއް

އައިޝަތު ހަނާ 16 ސެޕްޓެމްބަރު 2020 11:11
Flowers
ޖިންސީ އަނިޔާއާ ދެކޮޅަށް މާލޭގައި ޒުވާނުން ކުރި މުޒާހަރާގެ ތެރެއިން

ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް އަނބުރާ ދިރިއުޅުމަށް އައުމަށް އެހީތެރިވުމުގެ ގޮތުން އެ މީހުން ބައިތިއްބަންޖެހޭ ރައްކާތެރި ވަގުތީ މަރުކަޒުތަކެއް ކަނޑައަޅައި އެތަންތަނުން ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ޖެންޑަ މިނިސްޓްރީން ފަށައިފިއެވެ. 

މި މަރުކަޒުތަކަކީ ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުން އަނބުރާ ދިރިއުޅުމަށް ގެނައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ވަގުތީ ގޮތުން އެ މީހުން ބޭތިއްބުމަށް ބިނާކުރަންޖެހޭ މަރުކަޒުތަކެކެވެ. އެ މަރުކަޒުތައް ބިނާކުރުމާއެކު އެތަންތަނުގެ މިންގަނޑުތަކާއި އުޞޫލުތައް އެކަށައަޅައި އަމާޒުތައް ކަނޑައަޅައި މޮނީޓާކުރަންޖެހޭނެ ކަމަށް ޤާނޫނުގައި ބުނެފައިވެއެވެ. 

މިއަދު ޖެންޑާ މިނިސްޓްރީން ހާމަކުރި ގޮތުގައި ރައްކާތެރި މަރުކަޒުތަކުގެ ގޮތުގައި ފަސް މަރުކަޒެއް އެ މިނިސްޓްރީން މިހާރުވަނީ ކަނޑައަޅާފައެވެ. އެ ފަސް މަރުކަޒު ޤާއިމުކޮށްފައިވަނީ ވިލިމާލޭގައާއި، ހދ.ކުޅުދުއްފުއްޓާއި، ށ.ފުނަދޫއާއި، ތ.ވޭމަންޑޫއާއި، ގދ.ތިނަދޫގައެވެ. 

މި މަޒުރުކަޒުތަކުގައި ޤާއިމުކޮށްފައިވާ ރައްކާތެރި ހިޔާތަކަކީ ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ބޭނުންވާ ޚިދުމަތްތައް އެންމެ ފުރިހަމައަށް ލިބޭ ތަންތަންކަމުގައި ހެދުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރުަމށް ބޭނުންވާ ފައިސާ އޭޝިއަން ޑިވެލޮޕްމަންޓު ބޭންކުގެ "ކެއާ ޕްރޮޖެކްޓް"ގެ ތެރެއިން ލިބިފަިއވާކަމަށްވެސް ޖެންޑާ މިނިސްޓްރީން ބުނެފައިވެއެވެ.

ޖެންޑާ މިނިސްޓްރީން ޢާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ފާއިތުވި މަހުގައިވެސް ކުޑަކުދިންނާއި އަންހެނުންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް އިތުރުވެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު