ރާއްޖޭގެ ރައީސްކަން ކުރަން ބޭނުމެއް ނޫން، ވެރިކަމުގެ ނިޒާމު ބަދަލުކުރަން ބޭނުން: ރައީސް ނަޝީދު

އިބްރާހިމް އާދަމް 16 ސެޕްޓެމްބަރު 2020 10:53
Flowers
ރައީސް ޞާލިޙާއި ރައީސް ނަޝީދު

އިތުރަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމު އަދާކުރެއްވުމަށް އެދިވަޑައިނުގަންނަވާ ކަމަށާއި، ނަމަވެސް ވެރިކަމުގެ ނިޒާމު ބަދަލުކުރައްވަން އެދިވަޑައިގަންނަވާ ކަމުގައި ރައްޔިތުން މަޖިލިހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ އެމްޑީޕީން ނެރޭ ޚަބަރު ސިޓީގައި އެމަނިކުފާނު ލިޔުއްވި ލިޔުއްވުމެއްގައެވެ. އެމަނިކުފާނު ވިދާޅުވެފަިއވަނީ ސަރުކާރުގެ ވަޒީރަކާމެދު އެމަނިކުފާނު ނުރުހުން ފާޅުކުރައްވަނީ ވެރިކަމުގެ އުންމީދެއްގައި ނޫން ކަމަށެވެ. އަދި ރާއްޖޭގެ ރައީސަކަން ކުރައްވަން ބޭނުންފުޅުނުވާ ކަމުގައިވެސް ވިދާޅުވިއެވެ. އަދި އެމަނިކުފާނު އެދިވަޑައިގަންނަވަނީ އެމްޑީޕީން ދިވެހިރައްޔިތުންނަށްޓަކައި ހެޔޮ ގޮތުގައި ވެރިކަންކުރުން ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. 

އަދި އޭގެ އިތުރުން އެމަނިކުފާނު ރައީސް ޞާލިޙުގެ ވެރިކަމަށް ފުރިހަމައަށް ތާއީދުކުރައްވާ ކަމުގައާއި ރައީސް ޞާލިޙުގެ ސަރުކާރަށް ކުޑަވެސް ހީނަރުކަމެއް އައުމަށް އެދިވަޑައިނުގަންނަވާ ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެމްޑީޕީން އެމަނިކުފާނަށް ދިން އެންމެ މަތީ މަޤާމަކީ އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތަށް ވާހަކަދެއްކެވުމުގެ ފުރުޞަތު ކަމުގައި ވިދާޅުވިއެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ރައީސް ޞާލިޙުގެ ވަޒީރަކަށް ފާޑުވިދާޅުވުމަކީ އެމަނިކުފާނަށް ފަސޭހަ ކަމެއް ނޫނެވެ. އެކަން ރައީސަށްވެސް އެނގިވަޑައިގަންނަވާނެ ކަމުގައި ނަޝީދު ވިދާޅުވިއެވެ. 

ވެރިކަމުގެ ނިޒާމު ބަދަލުކުރައްވަން އެދިވަޑައިގަންނަވާ ކަމަށާއި އެއީ ދިވެހި ރައްޔިތުންނަށް އެންމެ ރަނގަޅު ނިޒާމު ކަމުގައި ނަޝީދު ލިޔުއްވާފައިވެއެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި އެމްޑީޕީއަށް ކުރިއަށް އޮތް 10 އަހަރު ރައްޔިތުންނަށް ޚިދުމަތްކޮށްދެވެން އޮތް ނިޒާމަކީވެސް ބަރުލަމާނީ ނިޒާމެވެ. އަދި ރައީސް ޞާލިޙަށް ދެވަނަ ދައުރެއް ލިބުމަށް އެންމެ ފަސޭހަވާނީވެސް ބަރުލަމާނީ ނިޒާމު ގެނައުމުން ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. 

އެހެންނަމަވެސް އެވާހަކައަކީ ފަހުގެ ވާހަކައެއް ކަމަށާއި، މިހާރު އެމަނިކުފާނު ފާހަގަކުރައްވާ ކޮރަޕްޝަނުގެ ވާހަކަތަކަކީ ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމާ ގުޅުންހުރި ވާހަކަތަކެއް ނޫން ކަމުގައިވެސް ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު
ދަވާލި19
ކަލޭ ކިތަމްމެ ވެރިކަން ކުރަން ބޭނުމަސް މިރާއްޖޭގެ ރައޔިތުން ކަލެއަށް ވެރިކަން ނުދޭނެކަން ކަލެއަށް ރަނގަޅައްއެނގޭވިއްޔާ އެހެންކަމުން ވެރިކަމާ އެމްކާރިއައް ރައޔިތުންނާ ނުލާ އާދެވޭތޯ ކުރެވެންހުރި ހުރިހާކަމެއް ކަލޭކުރާނެ އެކަން ރައްޔިތުންނަކަށް އޮޅިފަނެއް
އުމްބަ
މިހިޔަޅަށް މިރާއްޖޭގެ ވެރިކަމާ ނުތޮޅެ ނުހުރެވެނީތަ. ކޮންފަދަ ބޮޑު ބަލާވެރިކަމެއް މިދެން މި ދައްޖާލަކާހެދި. މި މުސީބާތް ފިއްލަވާތޯ ދުއާކުރަން. ނިކަމެތި ގޮތަކަށް މަރުގަންނަވާށި. ޔަހޫދީ އަކަށްވުރެ ނުބައިކަންބޮޑު ދައްޖާލެއް.
އިންޑިއާ އައުޓް
އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް