Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

އިންޑިއާ ސިފައިން 11 އަހަރުގެ ކުޑަކުއްޖަކު ބަޑިޖަހައި މަރާލައިފި

ކަޝްމީރުގެ ބޯޑަރު ސަރަހައްދުގައި އިންޑިއާ ސިފައިން ބަޑި ޖަހައި 11 އަަހަރުގެ އަންހެން ކުއްޖަކު މަރާލައިފިއެވެ.
މިކަމާ ގުޅިގެން އިންޑިއާ ގެ އިސް ޑިޕްލޮމެޓަކު ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން ވަނީ ހާޒިރުކޮށް ޝަކުވާކޮށްފައެވެ. އިންޑިއާ ސިފައިން ބަޑީގެ ހަމަލާތަކެެއް ކަޝްމީރުގެ ޕާކިސްތާނު ސަރަހައްދަށް ދިނީ 13 ސެޕްޓެމްބަރު ގައެވެ.
ޕާކިސްތާނު ސަރުކާރުން ހާމަކުރި ގޮތުގައި އިންޑިއާ ސިފައިންގެ ހަމަލާގައި 11 އަހަރުގެ އަންހެން ކުއްޖަކު މަރުވެފައިވާއިރު ކުޑަ ދެފިރިހެން ކުދިންނާއި 75 އަހަރުގެ އަންހެނަކު ވަނީ ޒަހަމްވެފައެވެ. އިންޑިއާ ސިފައިންގެ ހަމަލާތަކުގައި މިއަހަރު އެކަނިވެސް 18 މީހުން ޝަހީދުވެ 180 މީހުން ޒަހަމް ވެފައިވާ ކަމަށް ޕާކިސްތާނުން ބުނެފައިވެއެވެ.
ޕާކިސްތާނާއި އިންޑިއާގެ ގުޅުން އިތުރަށް ގޯސް ވެފައިވަނީ އިންޑިއާގެ ޤާނޫނު އަސާސީން ކަޝްމީރަށް ދީފައިވާ ހާއްސަ ހާލަތު އިންޑިއާ ސަރުކާރުން އުވާލައި އިންޑިއާގެ ސްޓޭޓަކަށް ކަޝްމީރު ހެދުމުގެ ސަބަބުންނެވެ. އެގޮތަށް ހެދުމަށް ފަހު އިންޑިއާގެ ސަރުކާރުން ވަނީ ކަޝްމީރުގައި ކާފިއު ހިންގާ އެތައް ބަޔަކު ހައްޔަރުކޮށްފައެވެ. އަދި އިންޓަނެޓުވެސް ކަނޑާލާ ކަޝްމީރުގެ މުސްލިމް ލީޑަރުންތައް އިންޑިއާ ސިފައިން ވަނީ ހައްޔަރުކޮށްފައެވެ.
މި ލިއުމާއި ގުޅޭ